ކޮވިޑްގައި 51 އަހަރުގެ އަންހެނަކު މަރުވެއްޖެ

ފްލޫ ކްލިނިކް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: ބަލީގައި އިތުރު މީހަކު ވަނީ މަރުވެފައި -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ފްލޫ ކްލިނިކް ކައިރީގައި ބަޔަކު މަޑުކޮށްލައިގެން: ބަލީގައި އިތުރު މީހަކު ވަނީ މަރުވެފައި -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކޮވިޑް ބަލީގައި އިތުރު މީހަކު މަރުވެއްޖެ އެވެ.

އެޗްޕީއޭން އާންމުކުރި ގޮތުގައި، އެ ބަލީގައި މަރުވެފައިވަނީ މިއަދު ފަތިހު 04:45 ހާއިރު އައިޖީއެމްއެޗް އެމެޖެންސީއަށް ގެންދިޔަ އުމުރުން 51 އަހަރުގެ އަންހެނެއް ކަމަށެވެ.

މިއީ މި ބަލީގައި މަރުވި 84 ވަނަ މީހާ އެވެ.

މެއި ހަވަނަ ދުވަހު ކޮވިޑް ބަލީގައި ހަ މީހަކު މަރުވެފައިވެ އެވެ. އެއީ ކޮވިޑް ފެތުރެން ފެށިފަހުން ރާއްޖޭގައި އެންމެ ގިނަ މީހުން އެއް ދުވަހެއްގައި މަރުވި ދުވަހެވެ.

ކޮވިޑްގެ ހާލަތު ރާއްޖޭގައި މީގެކުރިން ގޯސް ނުވާ މިންވަރަށް ގޮސްފައިވާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި ވެސް 590 މީހުންނަށް ބަލި ޖެހިފައިވެ އެވެ. މި ރޭޓްގައި ބަލި ޖެހޭތާ ހަފްތާއެއްހާ ދުވަސް ވަނީ ވެފަ އެވެ.

މާލޭގެ އިތުރުން ރަށްރަށުގައި ވެސް ބަލި ފެތުރެމުންދާއިރު، ޖުމްލަ 29 ރަށެއް މިހާރު ވެސް އޮތީ އަރާފޭބުން މަނާކޮށް މޮނީޓަރިންގެ ހާލަތުގަ އެވެ. އަދި މާލެ ސަރަހައްދުގެ އިތުރުން ބައެއް ރަށްރަށުގައި ކޮންމެ ރެއަކު ނުވައަކުން ފަތިހު ހަތަރަކަށް ކާފިއު ދަނީ ހިނގަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނާޒިމްގެ ތުހުމަތާ ގުޅިގެން ޖަވާބުދާރީވާން އިންޑިއާއިން އަންގައިފި

މިކަމާ ގުޅިގެން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ރާއްޖޭގެ ހައިކޮމިޝަނަށް ސިޓީއެއް ފޮނުވައިފައެވެ. ނާޒިމްގެ މި ވާހަކަތައް ހާމަވީ ދީނީ އިލްމުވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގެ އޯޑިއޯ ލީކުވުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓަށް ސަމީރު އައްޔަނުކުރަން މަޖިލީހުގެ ރުހުން

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހައިކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު އިއްތިފާގުން ފާސްކޮށްފިއެވެ. ސަމީރު މި މަގާމަށް އައްޔަނުކުރަން ނިންމީ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ރިޓަޔާ ކުރައްވާތީ ހުސްވާ މަގާމަށެވެ.

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދިން މައްސަލައެއް

ގދ. ވާދޫގައި ހުންނަ އޭޓީއެމްއަށް ގެއްލުންދީ، އެ ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. ލަފާކުރެވޭ ގޮތުގައި މިއީ އޭޓީއެމް ފަޅާލައިގެން ފައިސާ ނަގަން ކުރި މަސައްކަތެއް ނަމަވެސް، އެއްވެސް ފައިސާއެއް ގެއްލިފައި ނުވާކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.

"މުއިއްޒު ސަރުކާރުން ދަނީ ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން

ރައީސް މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސީދާކޮށްނާއި ނުސީދާކޮށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް މެންބަރު ހުސައިން ޒިޔާދު ތުހުމަތުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ ވެމްކޯ އާއި ފެނަކަ ފަދަ ކުންފުނިތަކުގެ މުވައްޒަފުންގެ އިތުރުން، މަޖިލިސް މެންބަރުންވެސް މިއަދު ތިއްބެވީ ސަރުކާރުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ.

ސީއެސްސީގެ އަށްވަނަ ބައްދަލުވުން ރާއްޖޭގައި ބާއްވައިފި

ރާއްޖެއާއި އިންޑިއާ ހިމެނޭހެން މެންބަރު ގައުމުތަކުގެ އިސްވެރިން ބައިވެރިވި މި ބައްދަލުވުމުގައި، ކަނޑުގެ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މަޖިލީހުގެ ތިންވަނަ ދައުަރު ދަންމާލަން ފާސްކޮށްފި

ރަސްމާލެ މަޝްރޫއާ ގުޅޭ ބިލުތަކާއި އެހެނިހެން މުހިންމު ބިލުތަކުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު ޑިސެމްބަރު 15 ގެ ނިޔަލަށް ދަންމާލަން މިއަދު ފާސްކޮށްފި އެވެ.

10 އަހަރު ތެރޭ ދުވަސްނުފުރާ އުފަންވި 41 ކުދިން ސަލާމަތްކޮށްފި

ވޭތުވެދިޔަ 10 އަހަރު ތެރޭގައި މާބަނޑުވިތާ 23 ހަފުތާއާއި 26 ހަފުތާއާ ދެމެދު ދުވަސްނުފުރާ އުފަންވި 41 ކުދިންގެ ފުރާނަ އައިޖީއެމްއެޗްގެ އެންއައިސީޔޫއިން ވަނީ ސަލާމަތްކޮށްފައެވެ. މީގެ ތެރޭގައި އެންމެ 500 ގްރާމްގެ ބަރުދަނުގައި އުފަންވި ކުދިން ހިމެނޭއިރު، މިއީ އެ ހޮސްޕިޓަލުގެ ފަރުވާގެ ފެންވަރު ރަނގަޅުވަމުންދާކަން ހާމަކޮށްދޭ ތަފާސްހިސާބުތަކެކެވެ. އައިޖީއެމްއެޗުން ބުނިގޮތުގައި މިފަދަ ކުދިން ސަލާމަތްކުރުމުގައި އިންފެކްޝަނުން ރައްކާތެރިކުރުމާއި، ރަނގަޅު ކާނާ އަދި ގަވާއިދުން ފޮލޯއަޕް ހެދުން ނުހަނު މުހިންމެވެ.

Newsletter

Get the latest news delivered straight to your inbox