އިންޑިއާ އާއި އީޔޫ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކާ ދިމާލަށް

އީޔޫ އާއި އިންޑިއާގެ މަޝްވަރާތަކަށް މިދިޔަ އަހަރު ބޭއްވި އޮންލައިން ކޮންފަރެންސްގައި އީޔޫ ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލެޔެން.-- ފޮޓޯ: ރޮއިޓާޒް

އީޔޫ އާއި އިންޑިއާގެ މަޝްވަރާތަކަށް މިދިޔަ އަހަރު ބޭއްވި އޮންލައިން ކޮންފަރެންސްގައި އީޔޫ ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލެޔެން.-- ފޮޓޯ: ރޮއިޓާޒް

ޔޫއަޕިއަން ޔޫނިއަން (އީޔޫ) އާއި އިންޑިއާއާ ދެމެދު މިނިވަން ވިޔަފާރީ އެއްބަސްވުމެއް ގާއިމް ކުރުމުގެ މަޝްވަރާތައް އަލުން ފަށަން ނިންމައިފި އެވެ.

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި އީޔޫގެ 27 ގައުމުގެ ލީޑަރުން އިއްޔެ ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބައްދަލުކުރައްވާފަ އެވެ.

މީގެ ކުރިން އިންޑިއާ އާއި އީޔޫއާ ދެމެދު އޮންނަ ބައްދަވުންތަކުގައި ބައިވެރިވަނީ ހަމައެކަނި އިންޑިއާގެ ބޮޑު ވަޒީރާއި އީޔޫގެ ޗީފް އެގްޒެކްޓިވް އަދި ޗެއާމަނެވެ.

Advertisement

އެހެންކަމުން މި ފަހަރުގެ ބައްދަލުވުމުގައި ހުރިހާ ގައުމެއްގެ ލީޑަރުން ބައިވެރިވެ ވަޑައިގަތުން ރަމްޒުކޮށްދެނީ އީޔޫއިން އިންޑިއާއާ އެކު ވިޔަފާރީގެ ގުޅުން ފުޅާކުރަން ބޭނުންވާ މިންވަރެވެ.

"އަޅުގަނޑުމެން އެއްބަސްވީ މިނިވަން ވިޔަފާރީ އެއްބަސްވުމުގެ މަޝްވަރާތައް އަލުން ފަށަން،" މަޝްވަރާއަށް ފަހު ނެރުނު ޖޮއިންޓް ބަޔާނުގައި ވެއެވެ.

އޭގެ އިތުރުން އިންވެސްޓްމަންޓް ރައްކާތެރި ކުރާނެ އެއްބަސްވުމެއްގައި ސޮއިކުރަން ވެސް ނިންމި އެވެ.

އީޔޫ ކޮމިޝަނުގެ ރައީސް އުރްސުލާ ވޮން ޑެ ލެޔެން ވިދާޅުވީ އީޔޫ އާއި އިންޑިއާގެ ގުޅުން ގާތް ނަމަވެސް ދެ ފަރާތަށް ފައިދާވާނެ އެތައް ކަމެއްގައި އަދި އަތް ނުލާ ވާ ކަމަށެވެ. އެގޮތުން ގުޅުން ރަނގަޅު ކުރަން ޖެހޭ އެންމެ ބޮޑު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ވިޔަފާރި އާއި އިންވެސްޓްމަންޓްގެ ދާއިރާ އެވެ.

އީޔޫ އާއި އިންޑިއާގެ މަޝްވަރާތައް 2013 ވަނަ އަހަރު ހުއްޓުމަކަށް އައީ ޓެރިފް ކުޑަކުރުމާއި، ޕޭޓެންޓް ރައްކާތެރި ކުރުމާއި، ޑޭޓާ ސެކިއުރިޓީ އަދި އިންޑިއާ މީހުންނަށް ޔޫރަޕުގައި މަސައްކަތް ކުރުމުގެ ހައްގު ދިނުމާ މެދު އޮތް ހިޔާލު ތަފާތުފުންތަކުގެ ސަބަބުންނެވެ.

އީޔޫ އާއި އިންޑިއާގެ ވިޔަފާރި ވަރުގަދަ ކުރުމުގެ މަޝްވަރަތައް އަލުން ފެށިއިރު، އިންޑިއާގެ ބޮޑު ވަޒީރު މޯދީ ދާދި ފަހުން ވަނީ އީޔޫއާ ވަކިވި އިނގިރޭސި ވިލާތާއެކު ވެސް މިފަދަ މަޝްވަރާތައް ބާއްވާފަ އެވެ.

މިދިޔަ ހަފްތާގެ އެ މަޝްވަރާގައި ނިންމީ އިންޑިއާ އާއި އިނގިރޭސި ވިލާތުން ޕްރައިވެޓް ސެކްޓާ އިންވެސްޓްމަންޓަށް 1.4 ބިލިއަން ޑޮލަރު ހޭދަކުރުމަށާއި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށެވެ.

އިނގިރޭސި ވިލާތުން އީޔޫ އާ ވަކިވުމަށް ފަހު މިހާރު މަސައްކަތް ކުރަމުން ދަނީ ވިޔަފާރީގެ ބައިވެރިން ހޯދުމަށެވެ. އެގޮތުން އިންޑިއާގެ ގިނަ އަމިއްލަ ކުންފުނިތަކަށް ފުރުސަތުތައް ފަހިވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox