އިންޑިއާގެ ހާލަތު ރަނގަޅެއް ނުވޭ، މަރުތައް ވަނީ އިތުރު!

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ.-- ފޮޓޯ: ތެލޫގޫ ބުލެޓިން

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު ގެންދަނީ.-- ފޮޓޯ: ތެލޫގޫ ބުލެޓިން

ކޮވިޑުގެ ދެ ވަނަ ރާޅެއްގައި ހާލަތު ގޯސްވެފައިވާ އިންޑިއާގެ ނަންބަރުތައް ދަށްވާ ކަމަށް ސަރުކާރު ބުނި ނަމަވެސް، އަނެއްކާވެސް ރިކޯޑް އަދަދަކަށް މީހުން މަރުވެއްޖެ އެވެ.

އެ ގައުމުގެ ހެލްތު މިނިސްޓްރީގެ ތަފާސްހިސާބު ދައްކާ ގޮތުގައި އިއްޔެ 4،187 މީހުން މަރުވި އެވެ. އެއާއެކު ޖުމްލަ މަރުގެ އަދަދު ވަނީ 238،270 އަށް އަރާފަ އެވެ.

އޭގެ އިތުރުން އިއްޔެ ޕޮޒިޓިވްވި 401،078 މީހުންނާއެކު ޖުމްލަ ކޭސްތަކުގެ އަދަދު ވަނީ 21،892،676 އަށް އަރާފަ އެވެ. މިއީ އެންމެ ގިނަ ޕޮޒިޓިވް ކޭސް ފެނިފައިވާ އެމެރިކާއަށް ވުރެ 11 މިލިއަން މަދު އަދަދެކެވެ.

ނަމަވެސް ޕޮޒިޓިވްވާ ރޭޓް ދަށަށް ނުދާ ނަމަ، އިންޑިއާގެ ކޭސްތައް އެމެރިކާގެ 32 މިލިއަނާ އަރާ ހަމަކުރުމުގެ ފުރުސަތު އެބަ އޮތެވެ.

ހާލަތު ގޯސްވީ "ޑަބަލް މިޔުޓެންޓް" ވޭރިއެންޓުގެ ސަބަބުން

ދެ ވަނަ ރާޅުގައި ހާލަތު ގޯސްވެފައި ވަނީ މިދިޔަ މާޗް މަހު ފެނުނު "ޑަބަލް މިޔުޓެންޓް" ވޭރިއެންޓުގެ ސަބަބުން ކަމަށް އިންޑިއާއިން ބުނެ އެވެ.

ބީ.617.1 ގެ ނަން ދީފައިވާ ވޭރިއެންޓު ވަނީ އިންޑިއާގައި އެންމެ ކޭސްތައް ގިނަ ސްޓޭޓުތަކުން ނެގި ސާމްޕަލްތަކުން ފެނިފަ އެވެ.

"ޑަބަލް މިޔުޓެންޓް" އަކީ ވައިރަހެއްގައި ދެ މިޔުޓޭޝަން އެކުވުމުން ކިޔާ ނަމެކެވެ. ނުވަތަ ބަދަލުވެފައިވާ ދެ ވޭރިއެންޓް އެކުވުމުން ކިޔާ ނަމަކެވެ.

އިންޑިއާ ސަރުކާރުގެ އެންމެ އިސް ސައިންޓިފިކް އެޑްވައިޒަރު ވަނީ ތިން ވަނަ ރާޅެއްގެ އިންޒާރު މިހާރު ވެސް ދީފަ އެވެ. އެކަމަށް ތައްޔާރު ވާން އޭނާ ވަނީ ގޮވާލާފަ އެވެ.

ދެ ވަނަ ރާޅުގައި އިންޑިއާގެ ސިއްހީ ނިޒާމު ހުއްޓުމަކަށް އައިސްފައި ވާއިރު، ހޮސްޕިޓަލު އެނދުތައް ފުރި، އޮކްސިޖަނާއި ބޭސް ހުސްވުން ފަދަ އެތައް ކަމެއް ވަނީ ދިމާވެފަ އެވެ. އޭގެ އިތުރުން ބަލީގައި މަރުވާ މީހުންގެ ހަށިތައް އަންދާނެ ޖާގައެއް ވެސް މިހާރަކު ނެތެވެ.

ބައެއް ސްޓޭޓުތަކުން އަމިއްލައަށް ލޮކްޑައުންކޮށްގެން އުޅުނު ނަމަވެސް، އިގްތިސާދަށް ކުރާނެ އަސަރާ ގުޅިގެން ގައުމީ ލޮކްޑައުނަކަށް ދާން އިންޑިއާގެ މައި ސަރުކާރުން ބޭނުމެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox