ކޮވިޑްގައި މަރުވާ މީހުން އިތުރުވަނީ، ދެ ދުވަސް ތެރޭ 8 މަރު

ސިއްހީ މަސައްކަތްތެރިއަކު ހޮސްޕިޓަލެއް ސެނިޓައިޒް ކުރަނީ: ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 82 -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ސިއްހީ މަސައްކަތްތެރިއަކު ހޮސްޕިޓަލެއް ސެނިޓައިޒް ކުރަނީ: ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ 82 -- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

ދެ ދުވަސް ތެރޭ ރާއްޖޭން ކޮވިޑް ބަލީގައި އަށް މީހުން މަރުވެފައިވާކަން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ން ހާމަކޮށްފި އެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް އިތުރުވެފައިމިވަނީ ރެކޯޑް އަދަދަކަށް ކޭސްތައް ފެންނަމުންދާ ދަނޑިވަޅެއްގަ އެވެ.

ކޮވިޑްގެ ކޭސްތައް މާލޭން ބޭރުން ވެސް ފެންނަ މިންވަރު އިތުރުވެފައިވާއިރު، 29 ރަށެއް އޮތީ މޮނީޓަރިންގެ ހާލަތުގަ އެވެ.

ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި އެޗްޕީއޭން ރިޕޯޓް ކުރި މަރުތައް:

  • 75 ވަނަ މަރު: އިއްޔެ މެންދަމު 03:18 ގައި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް 77 އަހަރުގެ ދިވެހި އަންހެނެއް
  • 76 ވަނަ މަރު: އިއްޔެ މެންދުރު 12:30 ގައި ޅ. ނައިފަރު ހޮސްޕިޓަލުގައި އޮތް 83 އަހަރުގެ ދިވެހި ފިރިހެނެއް
  • 77 ވަނަ މަރު: އިއްޔެ ފަތިހު 03:45 ގައި އއ. ރަސްދޫ އައިސޮލޭޝަންގައި ހުރި 61 އަހަރުގެ އިންޑިއާ ފިރިހެނެއް
  • 78 ވަނަ މަރު: އިއްޔެ ރޭ 07:50 ގައި ޅ. ނައިފަރު ހޮސްޕިޓަލުގައި އޮތް 97 އަހަރުގެ ދިވެހި އަންހެނެއް
  • 79 ވަނަ މަރު: އިއްޔެ ރޭ 21:35 ގައި ހުޅުމާލެ ކޮވިޑް ފެސިލިޓީގައި އޮތް 88 އަހަރުގެ ދިވެހި ފިރިހެނެއް
  • 80 ވަނަ މަރު: އިއްޔެ ރޭ މެންދަމު 03:47 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތް 60 އަހަރުގެ އިންޑިއާ ފިރިހެނެއް
  • 81 ވަނަ މަރު: މިއަދު ހެނދުނު 07:50 ގައި ކ. މާފުށި އައިސޮލޭޝަނުގައި ހުރި 37 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް
  • 82 ވަނަ މަރު: މިއަދު މެނދުރު 2:46 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އޮތް 81 އަހަރުގެ ދިވެހި އަންހެނެއް

މިއީ ކޮވިޑް ފެތުރެން ފެށިފަހުން ރާއްޖޭގައި އެންމެ ގިނަ މީހުން ކައިރިކައިރީގައި މަރުވި ފަހަރެވެ.

ރާއްޖޭގައި ކޮވިޑް ކޭސްތައް އިންތިހާއަށް ފެނުމާ ގުޅިގެން މާލެ ސަރަހައްދު އަދި ބައެއް ރަށްރަށުގައި ކާފިއު ވެސް ދަނީ ހިންގަމުންނެވެ. އޭގެއިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް އަޅައި، ކަންކަން ވަނީ ހަރުކަށިކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox