ކޮވިޑް މަރުތަކުގެ އަސްލު އަދަދު ހަތް މިލިއަނަށް އަރާނެކަމަށް އަންދާޒާކޮށްފި

އިންޑިއާގައި ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް އަންދަނީ. -- ފޮޓޯ: ރޮއިޓާޒް

އިންޑިއާގައި ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް އަންދަނީ. -- ފޮޓޯ: ރޮއިޓާޒް

ކޮވިޑު ޖެހިގެން ދުނިޔެއިން މަރުވި މީހުންގެ އަސްލު އަދަދު 6.9 މިލިއަނަށް އަރާނެ ކަމަށް ވޮޝިންޓަން ޔުނިވާސިޓީގެ އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަނުން އަންދާޒާކޮށްފި އެވެ.

އެ އަދަދަކީ ރަސްމީ ތަފާސްހިސާބާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެކެވެ. އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަނުގެ ރިޕޯޓުގައި ބުނީ ގިނަ މަރުތައް ގައުމުތަކުގައި ރިކޯޑު ނުކުރާ ކަމަށެވެ.

ގައުމުތަކުން ކޮވިޑު މަރުގެ ގޮތުގައި ރިކޯޑު ކުރަނީ ހޮސްޕިޓަލުގައި ފަރުވާ ދެނިކޮށް ނުވަތަ ޕޮޒިޓިވް ކަމަށް ދައްކާ ފަހުން މަރުވާ މީހުން އެކަންޏެވެ. އެހެންކަމުން ކޮވިޑަށް ޕޮޒިޓިވްކަން ނޭނގި ތިބެ ބަލީގައި މަރުވާ މީހުން ރަސްމީ ތަފާސްހިސާބަކުން ނުފެންނާނެ އެވެ.

ޖޯން ހޮޕްކިންސް ޔުނިވާސިޓީގެ ރަސްމީ ތަފާސްހިސާބު ރައްކާ ގޮތުގައި މިހާތަނަށް 155 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައި ވާއިރު، އޭގެ ތެރެއިން 3.25 މިލިއަން މީހުން ވަނީ މަރުވެފަ އެވެ.

އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަނުން ބުނީ ގައުމުތަކުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދުތައް ބިނާވަނީ އެ ގައުމެއްގައި މި ބައްޔަށް ޓެސްޓު ކުރާ މިންވަރާ ކަމަށެވެ.

ކޮވިޑުގައި މަރުވި މީހުންގެ އަސްލު އަދަދާ ގުޅޭ ގޮތުން ރިޕޯޓެއް ނެރެފައި ވާއިރު، ދެ ވަނަ ރާޅެއްގައި ހާލަު ގޯސްވެފައިވާ އިންޑިއާގެ ރަސްމީ ތަފާސްހިސާބުތަކަށް ވުރެ އިތުރަށް މި ބަލި އެބަ އޮތް ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އިއްޔެ ވެސް ހަތަރު ލައްކައަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެ، ހަތަރު ހާހެއްހާ މީހުން މަރުވި އެވެ. އެ ގައުމުގެ ޖުމްލަ ކޭސްތަކުގެ އަދަދަކީ 21 މިލިއަނެވެ. އަދި މަރުވެފައި ވަނީ 230،168 މީހުންނެވެ. ނަމަވެސް ޓެސްޓު ކުރުމާއި ފަރުވާ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން އެތައް ބައެއްގެ މަރު ރަސްމީ ހިސާބުތަކުގައި ނުހިމެނޭނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox