ވިޔަރެއާލުން އާސެނަލް ކަޓުވާލައި ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް

May 6, 2021, 9:31 PM
ވިޔަރެއާލާއި އާސެނަލް ކުޅުނު މެޗުގެ ތެެރެއިން.-- ފޮޓޯ: އޭއެފްޕީ

ވިޔަރެއާލާއި އާސެނަލް ކުޅުނު މެޗުގެ ތެެރެއިން.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 6) - ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުން އާސެނަލް ކަޓުވާލުމަށް ފަހު އެ ޓީމުގެ ކުރީގެ ކޯޗު އުނާއި އެމެރީގެ ވިޔަރެއާލުން ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުމުގެ ފުރުސަތު ހޯދައިފި އެވެ.

ފުރަތަމަ ލެގުގައި މިދިޔަ ހަފްތާގައި ވިޔަރެއާލް ދަނޑުގައި އާސެނަލް ބަލިވީ 2-1 އިންނެވެ. މިރޭ އަމިއްލަ ދަނޑުގައި 1-0 އިން މޮޅުވެގެން ވެސް އާސެނަލް ފައިނަލަށް ދިއުމުގެ ފުރުސަތު އޮތެވެ. އެކަމަކު މެޗު 0-0 އިން ނިމުމުން ވިޔަރެއާލުން އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތެއްގެ ފައިނަލަކުން ފުރުސަތު ހޯދީ އެވެ.

މިދިޔަ ހަފްތާގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި 6-2 އިން ރޯމާ ބަލިކުރުމުން މިރޭގެ ދެ ވަނަ ލެގަށް ނުކުތްއިރު ވެސް ޔުނައިޓެޑަށް އޮތީ ފައިނަލުގެ ޖާގައެއް ގާތްގަނޑަކަށް ކަށަވަރުވެފަ އެވެ. ބޮޑު ތަފާތަކުން މޮޅުވެގެން ނޫނީ ރޯމާ އަށް ފައިނަލުގެ ޖާގައެއް ލިބެން ނެތްއިރު، އެ ޓީމު ވަނީ މިރޭ އަމިއްލަ ދަނޑުގައި 3-2 އިން ޔުނައިޓެޑް ބަލިކޮށްފަ އެވެ. ރޯމާ އަތުން ދެ ލެގަށް ބަލާއިރު އެގްރިގޭޓުން ޔުނައިޓެޑް މޮޅުވީ 8-5 އިންނެވެ.

Advertisement

ވިޔަރެއާލާއި ޔުނައިޓެޑް ކުޅޭ ފައިނަލް އޮންނާނީ މި މަހު 26 ވަނަ ދުވަހު ޕޮލެންޑްގެ ގަޑާންސްކްގަ އެވެ. ޔުނައިޓެޑް ވަނީ 2017 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.

ވިޔަރެއާލް ކޮޅަށް މިރޭ ގޯލު ޖެހުމާ އެންމެ ގާތަށް ޖެހިލީ އާސެނަލްގެ ކެޕްޓަން ޕިއޭ އެމެރިކް އޮބާމަޔަން އެވެ. ދެ ހާފުގައި އޭނާ ފޮނުވާލި ދެ ހަމަލާ ވެސް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. ޖުމްލަކޮށް ބަލާއިރު ވިޔަރެއާލްގެ ދެ ޑިފެންޑަރުން ކަމަށްވާ ޕައު ޓޮރޭޒާއި ތަޖުރިބާކާރު ޑިފެންޑަރު ރައުލް އަލްބިއޯލް ވަނީ އާސެނަލްގެ އެޓޭކްތައް ހުއްޓުވުމުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.

މިއީ ސެވިއްޔާ ގޮވައިގެން ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދި އެމެރީ ޔޫރޮޕާ ލީގުގެ ފައިނަލަށް ގެންދިޔަ ތަފާތު ތިން ވަނަ ޓީމެވެ. އެމެރީ ވަނީ 2019 ވަނަ އަހަރުގެ ފައިނަލުގައި އާސެނަލް ގޮވައިގެން ވާދަކޮށް ޗެލްސީ އަތުން ބަލިވެފަ އެވެ. އެމެރީ، އާސެނަލް ކޯޗުކަމުން ވަކިކުރީ 2019 ވަނަ އަހަރު ފަހުކޮޅުގަ އެވެ.

ރޯމާ ކޮޅަށް ގޯލު ޖެހުމަށް ފަހު ކަވާނީ އުފާފާޅުކުރަނީ: ކަވާނީ އަކީ ފާއިތުވި 35 އަހަރު ތެރޭ ޔޫރަޕްގެ މުބާރާތެއްގެ ސެމީ ފައިނަލް ދެ ލެގުގައި ދެ ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ.-- ފޮޓޯ: އޭއެފްޕީ

ރޯމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ފްރެޑް ދިން ބޯޅައަކުން އެޑިންސަން ކަވާނީ ޔުނައިޓެޑަށް ލީޑުނަގައިދިނެވެ. އެކަމަކު ދެ ވަނަ ހާފްގައި ގާތްގާތުގައި އެޑިން ޖެކޯ އާއި ބްރަޔާން ކްރިސްޓަންޓޭ ޖެހި ގޯލުތަކުން ރޯމާ އިން ނަތީޖާ އަނބުރާލި އެވެ. އިތުރު ގޯލެއް ޖަހަން ހެންރިކް މިކިތާރްޔަން އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ބްރޫނޯ ފެނާންޑޭސް ދިން ބޯޅައަކުން ކަވާނީ އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒުވާން ކުޅުންތެރިޔާ ނިކޮލަ ޒަލިއޫސްކީ ރޯމާ މޮޅުކޮށްދިން ގޯލު ޖެހީ މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށެވެ. ޒަލިއޫސްކީ ޖެހި ބޯޅަ ގޯލަށް ވަނީ ޔުނައިޓެޑްގެ އަލެކްސް ޓެލޭސް ފައިގައި ޖެހިފަ އެވެ.

މި ފަހަރުގެ ޔޫރޮޕާ ލީގު ފައިނަލަކީ 2018 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވި އޮލެ ގުނަ ސޯލްޝެއާ އެ ޓީމު ގޮވައިގެން ނުކުންނާނެ ފުރަތަމަ ފައިނަލެވެ. މިދިޔަ ސީޒަނުގައި ތިން މުބާރާތުގެ ސެމީ ފައިނަލުން ވަނީ ބަލިވެފަ އެވެ. އަދި މި ފަހަރުގެ ލީގު ކަޕްގެ ސެމީ ފައިނަލުން ވެސް ވަނީ ކަޓައިފަ އެވެ. ޔޫރޮޕާ ލީގުގެ ސެމީގައި މިދިޔަ ފަހަރު ޔުނައިޓެޑް ބަލިވީ ޗެމްޕިއަންކަން ހޯދި ސެވިއްޔާ އަތުންނެވެ.

އިންގްލެންޑްގެ ޓީމުތަކުގެ ތެރެއިން ޔޫރަޕްގެ މުބާރާތްތަކުގައި ދެ ވަނަ އަށް އެންމެ ގިނަ ފައިނަލުގައި ކުޅެފައިވަނީ ޔުނައިޓެޑް އެވެ. މިއީ ޔޫރަޕްގެ މުބާރާތްތަކުގައި ޔުނައިޓެޑް ކުޅޭނެ އަށް ވަނަ ފައިނަލެވެ. އެއް ވަނައިގައި އޮތީ 14 ފައިނަލުގައި ކުޅެފައިވާ ލިވަޕޫލް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox