އަމިއްލަ އޮފީސްތަކަށް ވެސް މުވައްޒަފުން ނުނެރެން އަންގައިފި

އަމިއްލަ އޮފީހެއްގެ ބޭރުގައި ދެ މުވައްޒަފަކު މަޑުކޮށްލައިގެން - ފޮޓޯ: ހުސައިން ވަހީދު/އަދަދު

އަމިއްލަ އޮފީހެއްގެ ބޭރުގައި ދެ މުވައްޒަފަކު މަޑުކޮށްލައިގެން - ފޮޓޯ: ހުސައިން ވަހީދު/އަދަދު

ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ނުރައްކާވުމާ ގުޅިގެން އަމިއްލަ އޮފީސްތަކަށް މުވައްޒަފުން ނެރެގެން މަސައްކަތް ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ އަންގައިފި އެވެ.

އެޗްޕީއޭ އިން މިރޭ ބުނީ، ވަކި ގޮތެއް އަންގަންދެން މާލެ، ހުޅުމާލެ، ވިލިނގިލި، ތިލަފުށި، އަދި ގުޅީފަޅު ގައި ހުރި ސަރުކާރާއި އަމިއްލަ ވިޔަފާރި ކުންފުނި އަދި އޮފީސްތަކަށް މުވައްޒަފުން ނެރެގެން މަސައްކަތް ކުރުން ހުއްޓާލުމަށެވެ.

އަދި ބާއްވަން ޖެހޭ ބައްދަލުވުންތައް އޮންލައިން ކޮށް ބޭއްވުމަށް ވެސް ނިންމުމުގައި އެދިފައިވެ އެވެ.

ފާއިތުވި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، ކޮންމެ ދުވަހަކު އަލަށް ބަލިޖެހޭ މީހުންގެ އަންނަނީ ރެކޯޑް އަދަދުތަކުން އިތުރުވަމުންނެވެ.

މިއަދު ވެސް 703 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 526 މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަހައްދުންނެވެ.

އެއާއެކު ހޮސްޕިޓަލުތައް ފުރި، ސިއްހީ ނިޒާމަށް ނުކަތާވަރަށް ކޭސްތައް އިތުރުވަމުންދިޔުމާ ގުޅިގެން ބަލި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭއިން މިހާރު ވަނީ ހަރުކަށި ފިޔަވަޅުތައް އަޅައިފަ އެވެ.

މިގޮތުން، ސްކޫލްތަކާއި އޮފީސްތަކުގެ އިތުރުން، ޕާކުތަކާއި ކުޅިވަރު ދަނޑުތަކާއި ޖިމް އަދި ސިނަމާތައް ވެސް ވަގުތޫ ގޮތުން ބަންދުކުރަން ވަނީ އަންގައިފަ އެވެ.

އޭގެ އިތުރުން، މާލެ ސަރަހައްދުގައި ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ވެސް މިހާރު އަންނަނީ ހިންގަމުންނެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑްގައި 77 މީހުން މަރުވެފައިވާއިރު، މިއަދު އެކަނިވެސް ފަސް މީހަކު ވަނީ އެ ބަލީގެ ޝިކާރައަކަށްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމީ ރުކުނަކަށް އުނިކަން އަންނަ އެއްވެސް ކަމެއް ނުކުރާނަން"

ރާއްޖޭގެ އިސްލާމްވަންތަކަމާއި، މިނިވަންކަމާއި، އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް އުނިކަން އަންނާނެ ފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން މުއިއްޒު ދެއްވި. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ނިންމަވާ ކޮންމެ ނިންމެވުމެއް ނިންމަވާނީ ގައުމީ ބަހާތަކަށް ރައްކާތެރިކަން ދީގެން ކަމަށް.

"ރަސްމާލެ ޔަހޫދީންނަށް ދޭން މުއިއްޒަށް އެއްވެސް ހައްގެއް ނެތް"

ރަސްމާލެ މަޝްރޫއު ޔަހޫދީންނާ ގުޅުންހުރި ފަރާތްތަކަށް ދިނުމަށް ރައީސް މުއިއްޒު ނިންމެވި ނިންމެވުމަކީ ރައްޔިތުންގެ ބަހެއް ނެތި ނިންމޭނެ ކަމެއް ނޫން ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ. މި މަޝްރޫއު ހުއްޓުވުމަށް ނޮވެމްބަރު 6 ގައި ބާއްވާ އެއްވުމަށް ހުރަސްނޭޅުމަށް އޭނާ ވަނީ ސަލާމަތީ ބާރުތަކަށް ގޮވާލައްވާފަ.

ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާއަށް އެޖެންޑާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ބުނެ އެމްޑީޕީން ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލަ މާދަމާގެ މަޖިލީހަށް ވަނީ އެޖެންޑާކޮށްފައި. މި މައްސަލަ ހުށަހެޅީ ޑޮލަރުގެ ރޭޓު ދަށްކުރުމަށް ވީ ވައުދާ ހިލާފުވުމާއި، ޑިވެލޮޕްމަންޓް ބޭންކުގެ މަސައްކަތް ނުފެށި ދައުލަތުގެ ފައިސާ އިސްރާފުވާ ކަމަށް ބުނޭ.

"ގައުމުގެ ސިޔާދަތަށް އުނިކަން އަންނަ ހިއްސާތަކަށް ޖާގަ ނުދީ"

ގައުމުގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން އަތުވެދާނެ އެއްވެސް އިންވެސްޓްމަންޓަކަށް ޖާގަ ނުދިނުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ސަރުކާރަށް ގޮވާލައްވައިފި. މިގޮތުން ރަސްމާލެ މަޝްރޫއު ފަދަ ކަންކަމުގައި ދެފުށް ފެންނަ އުސޫލަކުން މައުލޫމާތު ހާމަކުރުމަށާއި، އިގްތިސާދީ މަންފާއަށްވުރެ ގައުމުގެ މިނިވަންކަން އިސްކުރުމަށް ފައިސަލް ބާރުއެޅުއްވި.

ޖިންސީގޯނާގެ މައްސަލައެއްގައި ކުރީގެ ކައުންސިލަރު ހައްޔަރުކޮށްފި

ޖިންސީ ގޯނާގެ ތުހުމަތުގައި މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއިލް ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. އޭނާ ހައްޔަރުކޮށްފައިވަނީ މި މައްސަލައިގެ ތަހުގީގު ލަސްވާތީ އޭނާގެ ކުރީގެ އަނބިމީހާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށް ކަމަށާއި، މިހާރު މައްސަލައިގެ ބޮޑުބައެއް ތަހުގީގުކޮށް ނިމިފައިވާ ކަމަށް ފުލުހުން ބުނޭ.

ސަރުކާރުން މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް އުފައްދައިފި

ސަރުކާރުގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއް އެއް ފުރާޅެއްގެ ދަށުން ހިންގުމަށް "މޯލްޑިވްސް ޓާޝަރީ ހޮސްޕިޓަލްސް ގްރޫޕް" (އެމްޓީއެޗްޖީ) އުފައްދައިފި. މި ބަދަލާއެކު ކުރިން ހޮސްޕިޓަލްތަކުގައި އޮތް ވަކިވަކި ބޯޑުތައް އުވާލައި، 10 ހޮސްޕިޓަލާއި ތެލެސީމިއާ ސެންޓަރު ހިންގާނީ މި ބޯޑުން.

ރިވެލި ބީޗު އަތުލުން މަޑުޖައްސާލަން ކޯޓުން އަމުރުކޮށްފި

ހުޅުމާލޭ ރިވެލި ބީޗް ރެސްޓޯރަންޓް ހިންގުން ހުއްޓުވޭނެ ފަދަ އެއްވެސް އަމަލެއް ނުކުރުމަށް ސިވިލް ކޯޓުން އެޗްޑީސީގެ މައްޗަށް ވަގުތީ އަމުރެއް ނެރެފައި. ނަމަވެސް، ކުލި ނުދައްކާ އޮތް މައްސަލައިގައި އެޗްޑީސީން ވަނީ އެ ރެސްޓޯރަންޓާއެކު ވެފައިވާ އެއްބަސްވުން ބާތިލުކޮށް، އެ ބިން ނަގަން ނިންމާފައިވާކަން އިއްޔެ އިއުލާންކޮށްފައި.

Newsletter

Get the latest news delivered straight to your inbox