އަލީ ވަހީދުގެ ޣައިރު ހާޒިރު: ޕީޖީން އެދެނީ ހައްގުތައް "ބެލެންސް"ކޮށް، މާނަކޮށްދޭން!

އަލީ ވަހީދު: ޕީޖީން އެދެނީ އަސާސީ ހައްގުތައް ބެލެންސްވާނެ ގޮތަކަށް މާނަކޮށްދޭން

އަލީ ވަހީދު: ޕީޖީން އެދެނީ އަސާސީ ހައްގުތައް ބެލެންސްވާނެ ގޮތަކަށް މާނަކޮށްދޭން

ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތަކަކީ ވަކި މީހަކަށް ލިބިދޭ ހައްގުތަކެއް ގޮތުގައި މާނަކުރުމުގެ ބަދަލުގައި އެއީ، އެންމެންނަށް އެއް ހަމައެއްގައި "ބެލެންސް"ކޮށް ލިބިންޖެހޭ ހައްގުތަކެއް ކަމުގައި މާނަކޮށް ދިނުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.

ޕީޖީން މިގޮތަށް އެދުނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ އިސްތިއުނާފު އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމި ނިންމުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފަށް ހުށަހެޅުމަށް ފަހު އެވެ.

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައި އޮތުމުން އެ ކޯޓުން ވެސް އަލީ ވަހީދު ހާޒިރުކުރުމަށް މަސައްކަތް ކުރި ނަމަވެސް، އެކަން ކުރެވިފައިނުވާތީ މިއަދު ބޭއްވީ އިޖުރާއީ އަޑުއެހުމެކެވެ. އެ އަޑުއެހުމަކީ މައްސަލަ އިސްތިއުނާފު ކުރުމަށް ޕީޖީން އެދިފައިވާ ކަންކަމާ މެދު ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ.

ލައިވްކޮށް ކުރިއަށް ގެންދިޔަ އިޖުރާއީ އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި، އަލީ ވަހީދުގެ މައްސަލާގައި ދަށު ކޯޓުން އަމަލުކޮށްފައިވަނީ އާންމުކޮށް އަމަލުކުރާ އުސޫލާ އެއްގޮތަކަށް ނޫނެވެ. އެގޮތުން، އަލީ ވަހީދުގެ މެޑިކަލް ޗެކަޕެއް އަމިއްލަ އިސްނެގުމަށް ކޯޓުން ހަދައި، ޑޮކްޓަރު ހާޒިރުކުރި ކަމާއި އެއީ އެހެން އެއްވެސް މައްސަލައެއްގައި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމެވެ.

"އަލީ ވަހީދުގެ ބަލި ހާލަތާ ގުޅޭ ގޮތުން ޑރ. ޝާން ހާޒިރުކޮށް، ޑރ. ޝާން ރިއާޔަތްކޮށް ކޯޓުގައި ވާހަކަ ދެއްކެވި ލިޔެކިޔުންތައް މިއަދާ ހަމައަށް ވެސް ދައުލަތަށް ލިބިފައެއް ނުވޭ،" ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަލީ ވަހީދުގެ ބަލި ހާލަތާ ގުޅޭ ގޮތުން ޑރ. ޝާން ކޯޓުގައި ވާހަކަ ދެއްކެވުމުން، އަލީ ވަހީދަށް ބޭސްފަރުވާގެ ފުރުސަތު ދިނުމަށް ދައުލަތުން އިއުތިރާޒު ނުކުރާ ކަމާއި ދައުލަތުން އެދުނީ ޕާސްޕޯޓް ދޫކުރުމުގެ ބަދަލުގައި ވަކި ގައުމަކަށް އެކަނި ދެވޭ ގޮތަކަށް ޓްރެވެލް ޑޮކިއުމެންޓެއް ދިނުމަށެވެ. އަދި، އަލީ ވަހީދު ފުރަނީ ކޮން ގައުމަކަށްތޯ ދައުލަތުން އޭނާއާ ސުވާލު ކުރުމުން ވެސް ވަކި ގައުމެއް މިހާތަނަށް ޔަގީންވެފައި ނުވާ ކަމަށް ވިދާޅުވެ، ފުރަން ހަމަޖެހިފައިވާ ގައުމެއް އަދި ދުވަހެއްގެ މައުލޫމާތު ނުދިން ކަމަށެވެ.

"ނަމަވެސް، އަމުރު ނެރުނު ދުވަހު އެންމެ ފުރަތަމަ ފުރަން އޮތް ޓާކިޝް އެއާލައިންގައި އޭނާ ފުރީ، މީގެން ވެސް މިކަމުގައި ބޭޑްފެއިތެއް އޮތްކަން އެބަ އެނގޭ،" ވަކީލް ވިދާޅުވި އެވެ.

އަލީ ވަހީދު ފުރައިގެންދިޔައީ ފޯމްގައި ފުރިހަމަ ކުރަން ޖެހޭ ބައެއް މައުލޫމާތުތައް ވެސް ހުށަނާޅާ ކަމަށާއި ދައުލަތަށް އަމުރު އިސްތިއުނާފު ކުރުމުގެ ހައްގު ވެސް ގެއްލިގެންދާ އުސޫލުންކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

އެހެންވެ، ވަކީލް ފާހަގަ ކުރައްވަނީ މިއީ ކުރިން އެހެން މައްސަލައެއްގައި ދިމާވެފައި ނެތް ހާލަތެއް ކަމުން މިކަމުގައި ހާއްސަ އުސޫލަކުން އަމަލު ކުރަން ޖެހޭ ކަމެވެ. ވަކީލް ގަބޫލު ކުރައްވާ ގޮތުގައި، މި ހާލަތަކީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި ޕާސްޕޯޓްގެ މައްސަލަ ކުރިއަށް ގެންދެވޭނެ ހާލަތެކެވެ.

އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހައްގަކަށްވާއިރު، ޖިނާއީ މައްސަލަތަކުގައި ޣައިރު ހާޒިރުގައި ޝަރީއަތް ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ވެސް މީގެކުރިން ނިންމާފައިވެ އެވެ.

ނަމަވެސް، ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ޕާސްޕޯޓް މައްސަލައަކީ ދަށުގެ ކޯޓުގެ ޝަރީއަތުގައި އޮތް އަލީ ވަހީދުގެ ޖިންސީ ފުރައްސާރައިގެ ދައުވާތަކާ ސީދާ ގުޅުން އޮތް މައްސަލައަކަށް ނުވާތީ، މި މައްސަލަ ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އޭނާގެ ޝަރީއަތް ކުރިއަށް ގެންދިޔުމަށް މި މައްސަލަ ޣައިރު ހާޒިރުގައި ވެސް ކުރިއަށް ގެންދިޔުން ވަރަށް މުހިންމު ކަމަށެވެ.

"މިއީ އަވަސްކޮށް ހިންގަން ޖެހޭ މައްސަލައެއް، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މި މައްސަލަ ކުރިއަށް ގެންދިޔުމަށް ނެސެސިޓީއެއް އެބަ އޮތް،" ވަކީލް ވިދާޅުވި އެވެ.

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން
މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން

މިއަދު ކުރިއަށް ދިޔަ އަޑުއެހުމުގެ ތެރެއިން

އެއް ހައްގަށްޓަކައި އެހެން ހައްގުތައް ދޫކޮށްލެވިގެން ނުވާނެ

އޭނާ ދެން ފާހަގަ ކުރެއްވީ، ހާޒިރުގައި ޝަރީއަތް ހިންގުމުގެ ހައްގުގެ އިތުރުން އެހެން ހައްގުތައް ވެސް ކަށަވަރުވުން މުހިންމު ކަމެވެ.

އެގޮތުން، އަދުލުއިންސާފު ގާއިމުވުމުގެ ހައްގަކީ ކޮންމެ މީހަކަށް ވެސް ލިބިދޭން ޖެހޭނެ ހައްގެއް ކަމާއި އެއީ ހަމައެކަނި ދައުވާ ލިބޭ މީހާއަށް އޮތް ހައްގެއް ނޫން ކަމެވެ. އޭގެ ބަދަލުގައި އާއްމު ރައްޔިތުންނާއި އަނިޔާ ލިބޭ މީހުންނަށް އެ ހައްގު ކަށަވަރުވާން ޖެހޭނެ ކަމަށެވެ.

"މި މައްސަލާގައި އަނިޔާ ލިބިފައި މިވަނީ ވަރަށް ވަލްނަރަބަލް ބަޔަކަށް، ފެށުނީންސުރެ މި މައްސަލާގައި ހެއްކަށް ނުފޫޒު ފޯރުވަމުންދޭ، ގިނަ ދުވަސްވެގެން ދިޔަ މިންވަރަކަށް ހެކި ނައްތާލުމުގެ އިހްތިމާލު އެބަ އޮތް، އެހެންވެއްޖެނަމަ މި މައްސަލާގައި އިންސާފު ލިބިގެނެއް ނުދާނެ،" ވަކީލް ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ވަކީލް ދެން ފާހަގަ ކުރެއްވީ ފޯރުކޮށްދޭން ޖެހޭ ހައްގާއި، ލިބިގަންނަން ޖެހޭ ހައްގުގެ ވާހަކަ އެވެ. އެގޮތުން ހާޒިރުގައި ޝަރީއަތް ހިންގުމަކީ އެ ކަމަށް ވެސް ފެތޭ ހައްގެއްކަން ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހާޒިރުގައި ޝަރީއަތް ހިންގުމުގެ ހައްގު ކަށަވަރުކޮށް ދިނުމަށްޓަކައި ކޯޓުތަކުން އެމީހަކަށް ނޯޓިސް ފޮނުވައި، އަންގަން ޖެހޭނެ ކަމެވެ. އެގޮތުން ހާޒިރު ނުވެއްޖެނަމަ ބަންދުގައި ހާޒިރު ކުރެވޭނެ ނަމަ އެކަން ވެސް ކުރެވިދާނެ ކަމެވެ. ނަމަވެސް، ކޯޓުން ޗިޓް ފޮނުވައި ނޯޓިސް ލިބުމުން ވެސް ހާޒިރު ނުވުމަކީ އޭނާ އެ ހައްގު އަމިއްލައަށް ދޫކޮށްލުން ކަމުގައި ބެލެވިދާނެ ކަމެވެ. އެއީ ލިބިގަންނަން ޖެހޭ ހައްގެއް ކަމެއް ހާޒިރު ނުވުމަކީ ހައްގަށް އިންކާރު ކުރުން ކަމުގައި މާނަ ކުރެވިދާނެކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

"ޗިޓް ލިބުމުން ވެސް ހާޒިރު ނުވުމުން އެ ހައްގު އޭނާއަށް ލިބެންޖެހޭތޯ ސުވާލު އުފެދޭ،" ވަކީލް ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލް އެހެން މިސާލެއް ދައްކަވައި، އެ ނުކުތާ ވަރުގަދަ ކުރެއްވި އެވެ. އެގޮތުން ވަކީލަކު އައްޔަން ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ނަމަވެސް، ކޯޓުތަކުން ނޫނީ ތަހުގީގީ އިދާރާތަކުން ހަމައެކަނި ހޯދައިދެނީ އެ ފުރުސަތު ކަމާއި އޭނާ އެ ހައްގު ބޭނުންނަމަ އަމިއްލައަށް ދޫކޮށްލެވޭ ކަމެވެ. ހާޒިރުވުމަށް އިންކާރު ކުރުމަކީ ހަމަ އެގޮތަށް ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ދޫކޮށްލުން ކަމުގައި މާނަ ކުރެވިދާނެ ކަމެވެ.

"މިއީ ހައްގު ހަނި ކުރުމެއް ނޫން، އެންމެންނަށް ހަމަހަމަވާ ގޮތަށް ހައްގު މާނަކުރުން،" ވަކީލް ފާހަގަ ކުރެއްވި އެވެ.

ޑރ. އަޒްމިރަލްދާގެ ގިނަ ސުވާލުތަކެއް؛ "ދައުލަތުގެ އޮތީ ތިއަރީއެއް"

"ތިއީ ތިއަރީއެއް،" މައްސަލާގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ޑރ. އަޒްމިރަލްދާ ޒާހިރުގެ ގިނަ ސުވާލުތަކެއް އެހާ ހިސާބުން ދައުލަތާ އަމާޒު ކުރެއްވި އެވެ. ފަނޑިޔާރު އެއްސެވީ ޖިނާއީ މައްސަލަތަކުގައި ޣައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދެވިދާނެ ކަމަށް ބަޔާން ކުރާ ގާނޫނީ އެއްވެސް މާއްދާއެއް އޮތްތޯ އެވެ.

ޖަވާބުގައި ވަކީލް ވިދާޅުވީ ޣައިރު ހާޒިރުގައި ދަށު ކޯޓުގައި ޝަރީއަތް ކުރިއަށް ގެންދިޔުމަށް ދައުލަތުން ވެސް ނޭދޭ ކަމާއި ނަމަވެސް، އިސްތިއުނާފީ މިފަދަ މައްސަލަތަކުގައި ކުރިއަށް ގެންދެވޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެގޮތުން، ސަބަބެއްގެ ގޮތުގައި ވިދާޅުވީ ހާޒިރުގައި ނޫން ގޮތަކަށް ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ޖިނާއީ އިޖުރާއަތުގައި ގާނޫނުން ބެލިޔަސް އެއީ ދަށު ކޯޓުތަކުގައި ޝަރީއަތް ހިންގުމުގެ އިޖުރާއަތްތައް އޮތް ގާނޫނެއް ކަމަށެވެ. އެ ގާނޫނުގެ އިޖުރާއަތްތައް އިސްތިއުނާފީ މަރުހަލާގައި ނުހިނގާ ކަމުން ކޯޓުތަކަށް އަމިއްލަ އުސޫލުތަކުން، އިސްތިއުނާފީ މައްސަލަތަކުގައި އަމަލު ކުރެވިދާނެ ކަމެވެ.

ފަނޑިޔާރު އަޒްމިރަލްދާ ދެން އެއްސެވީ، ހާޒިރުގައި ޝަރީއަތް ހިންގުމަކީ އަސާސީ ހައްގަކަށްވާއިރު، ގާނޫނު އަސާސީގެ އެ ހައްގު ހަނިވާ ގޮތަށް ކޯޓުތަކަށް އުސޫލު ހެދިދާނެތޯ އާއި އެ ހެދި ނަމަވެސް ސައްހަވާނެތޯ އެވެ.

ވަކީލް ވިދާޅުވީ، ދައުލަތުން އެދެނީ ހައްގު ހަނިކުރުމަށް ނޫން ކަމާއި ހައްގުތައް އެންމެންނަށް ބެލެންސްވާ ގޮތެއްގައި މާނަކޮށްދީ، އެ އުސޫލުން އަމަލުކޮށްދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އަދުލުއިންސާފު ލިބިގަތުމުގެ ހައްގު އެހެން އެންމެންނަށް، އަލީ ވަހީދުގެ ސަބަބުން ގެއްލުމަކީ ހަމަހަމަ އުސޫލަކަށް ނުވާނެ ކަމެވެ.

"ގާނޫނު އަސާސީން ލިބޭ އެހެން ހައްގުތައް އެއް ފަރާތް ކުރަންވީތޯ، އެއް ހައްގެއްގެ ސަބަބުން އެހެން މީހުންގެ ހައްގު ގެއްލިގެން ނުވާނެ،" ޕީޖީން ނެރޭ ޕޮއިންޓަކީ މިއީ އެވެ.

ނަމަވެސް، ޑރ. އަޒްމިރަލްދާ ވިދާޅުވީ އެއީ ޕީޖީން ނެރޭ ތިއަރީއެއް ކަމާއި އެކަން އެހެން ކުރެވޭނެ ގާނޫނީ ސަބަބުތަކެއް ދައްކަން ޖެހޭނެ ކަމަށެވެ. އަދި، އެފަދަ އުސޫލެއް މި މައްސަލާގައި ކޯޓުން ކަނޑައަޅައިފިނަމަ އެ މިސްޔޫސް ބަޔަކު ކުރުމުގެ ފުރުސަތު ނޯންނާނެތޯ ވެސް އެއްސެވި އެވެ.

ވަކީލް ވިދާޅުވީ މިފަދަ ހާއްސަ ހާލަތުގައި ޣައިރު ހާޒިރުގައި ކުރިއަށް ގެންދެވިދާނެ ކަމަށް ކޯޓުން އުސޫލެއް ހެދިޔަސް ހަދަން ވާނީ ވަރަށް ހަރުކަށި، ހަރުދަނާ އުސޫލުތަކެއްގެ މަތިން ކަމަށެވެ. ނޫންނަމަ، އުސޫލުގެ ނާޖައިޒު ފައިދާ ބަޔަކު ނެގުމުގެ ފުރުސަތު އޮންނާނެކަން ވަކީލް ވެސް ގަބޫލު ކުރެއްވި އެވެ.

"ކޮބައިތޯ މިކަމުން ނުކުންނާނެ ނަތީޖާއަކީ؟،" ފަނޑިޔާރު އެހެން ސުވާލެއް އަމާޒު ކުރެއްވި އެވެ.

ވަކީލް ވިދާޅުވީ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންދެވޭނެ އުސޫލެއް އޮތުމުގެ ވަރަށް މުހިންމު ސަބަބެއް ވެސް އެބަ އޮތް ކަމަށެވެ. އެގޮތުން، މާލީ ތަނަވަސްކަން ހުރި މީހުން ކޮންމެ ވެސް ގޮތަކުން އަމުރެއް ހޯދައިގެން ރާއްޖެއިން ބޭރަށް ގޮސް ޝަރީއަތަށް ފިލައިގެން ތިބޭނީ ކަމާއި ޝަރީއަތް ކުރިއަށް ނުގެންދެވި އެންމެފަހުން ހެކިތައް ވެސް ގެއްލިގެންދާނީ ކަމަށެވެ. އޭނާ އެނބުރި އަޔަސް އަންނާނީ އޭގެ ފަހުން ކަމާއި އޭގެ ކުރިން ދައުލަތަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

"މުތުލަގު ގޮތެއްގައި ޣައިރު ހާޒިރުގައި ޝަރީއަތް ނުހިންގޭނެ ކަމަށް އޮތުމުން މި ނަތީޖާ ނުކުންނާނެ،" ވަކީލް ވިދާޅުވި އެވެ.

އަލީ ވަހީދުގެ މައްސަލައަށް ބަލާނަމަ، ވަކީލް ވިދާޅުވި ގޮތުގައި ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސް ޕާސްޕޯޓް ހިފަހައްޓައިފި ނަމަ، ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން އޭނާ ރާއްޖެ ގެނައުމަށް ފަސޭހަވެގެން ދާނެ ކަމަށެވެ. މިހާރު އޭނާގެ އަތުގައި ޕާސްޕޯޓް އޮތުމުން އެކަމަށް އުނދަގޫތަކެއް ކުރިމަތިވެފައިވާ ކަމަށް ވަކީލް ވިދާޅުވި އެވެ.

މިހާރު ވެސް އަލީ ވަހީދު ގެނައުމަށް ފުލުހުން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރައްވަމުން ވަކީލް ވިދާޅުވީ އޭނާގެ ޕާސްޕޯޓް ދޫކޮށްފައި އޮތް އަމުރުގައި ވަކި މުއްދަތެއް ނެތްއިރު، ޕާސްޕޯޓް އެހެން ދޫކޮށްފައި އޮވެއްޖެ ނަމަ، ޝަރީއަތަށް ހާޒިރުކުރަން އުނދަގޫވާނެ ކަމަށެވެ. އޭގެ ސަބަބުން، އަނިޔާ ލިބުނު މީހުންގެ ހައްގުތައް ގެއްލިގެންދިޔައީ ކަމަށެވެ.

އެހެންވެ، މައްސަލާގައި ދައުލަތުގެ ވަކީލް އެދިފައިވަނީ އަސާސީ ހައްގުތައް "ބެލެންސް"ވާނެ ގޮތް ހަދައިދީ، އެ މަގުން ހުކުމެއް ނެރެދިނުމަށެވެ.

އިޖުރާއީ އަޑުއެހުމަށްފަހު ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މަހާޒު އަލީ ވިދާޅުވީ، މައްސަލަ ނިންމުމަށް ވަކި އަޑުއެހުމެއް ނުބާއްވާނެ ކަމާއި ނަމަވެސް، ނިންމި ގޮތް ދައުލަތަށާއި ކަމާބެހޭ ފަރާތްތަކަށް އަންގައި، ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާންމު ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox