އިންޑިއާއިން ބުނީ ހާލަތު ގޯސްވީ "ޑަބަލް މިޔުޓެންޓް" ވޭރިއެންޓާ ހެދި ކަމަށް

އިންޑިއާއިން ބުނީ ހާލަތު ގޯސްވީ "ޑަބަލް މިޔުޓެންޓް" ވޭރިއެންޓާ ހެދި ކަމަށް

ކޮވިޑުގެ ދެ ވަނަ ރާޅެއްގައި ހާލަތު ގޯސްވެފައި ވަނީ މިދިޔަ މާޗް މަހު އިންޑިއާއިން ފެނުނު "ޑަބަލް މިޔުޓެންޓް" ވޭރިއެންޓުގެ ސަބަބުން ކަމަށް އެ ގައުމުން ބުނެފި އެވެ.

ބީ.617.1 ގެ ނަން ދީފައިވާ ވޭރިއެންޓު ވަނީ އިންޑިއާގައި އެންމެ ކޭސްތައް ގިނަ ސްޓޭޓުތަކުން ނެގި ސާމްޕަލްތަކުން ފެނިފަ އެވެ.

ނޭޝަނަލް ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލުގެ އޮފިޝަލަކު ބުނީ ކޭސްތައް އިތުރުވުމާއި އާ ވޭރިއެންޓާ ގުޅުމެއްވާ ކަން ސީދާ ޔަގީން ކުރެވިފައި ނުވާ ކަމަށެވެ.

"ޑަބަލް މިޔުޓެންޓް" އަކީ ވައިރަހެއްގައި ދެ މިޔުޓޭޝަން އެކުވުމުން ކިޔާ ނަމެކެވެ. ނުވަތަ ބަދަލުވެފައިވާ ދެ ވޭރިއެންޓް އެކުވުމުން ކިޔާ ނަމަކެވެ.

ކޭސްތައް ގިނަވީ އެ ވޭރިއެންޓުގެ ސަބަބުން ކަމަށް އިންޑިއާއިން ބުނެފައި ވާއިރު، އިއްޔެ ވެސް 412،000 މީހުން ޕޮޒިޓިވްވެ، 3،980 މީހުން މަރުވި އެވެ.

އިންޑިއާ ސަރުކާރުގެ އެންމެ އިސް ސައިންޓިފިކް އެޑްވައިޒަރު ވަނީ ތިން ވަނަ ރާޅެއްގެ އިންޒާރު މިހާރު ވެސް ދީފަ އެވެ. އެކަމަށް ތައްޔާރު ވާން އޭނާ ވަނީ ގޮވާލާފަ އެވެ.

ދެ ވަނަ ރާޅުގައި އިންޑިއާގެ ސިއްހީ ނިޒާމު ހުއްޓުމަކަށް އައިސްފައި ވާއިރު، ހޮސްޕިޓަލު އެނދުތައް ފުރި، އޮކްސިޖަނާއި ބޭސް ހުސްވުން ފަދަ އެތައް ކަމެއް ވަނީ ދިމާވެފަ އެވެ. އޭގެ އިތުރުން ބަލީގައި މަރުވާ މީހުންގެ ހަށިތައް އަންދާނެ ޖާގައެއް ވެސް މިހާރަކު ނެތެވެ.

ބައެއް ސްޓޭޓުތަކުން އަމިއްލައަށް ލޮކްޑައުންކޮށްގެން އުޅުނު ނަމަވެސް، އިގްތިސާދަށް ކުރާނެ އަސަރާ ގުޅިގެން ގައުމީ ލޮކްޑައުނަކަށް ދާން އިންޑިއާގެ މައި ސަރުކާރުން ބޭނުމެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox