ރެއާލް ކަޓުވާލުމަށް ފަހު ޗެލްސީ ފައިނަލަށް

May 5, 2021, 9:18 PM
ލަނޑު ޖެހުމަށް ފަހު ޗެލްސީގެ މައުންޓް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ޗެލްސީގެ މައުންޓް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަންޑަން (މެއި 5) - ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑް ކަޓުވާލުމަށް ފަހު ޗެލްސީން ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

މިދިޔަ ހަފްތާގައި ރެއާލް ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މިރޭ ޗެލްސީ ދަނޑުގައި އެ ޓީމުން ވަނީ 2-0 އިން ރެއާލް މެޑްރިޑް ބަލިކޮށް އެގްރިގޭޓަށް ބަލާއިރު 3-1 އިން ކުރިހޯދައިފަ އެވެ.

މިއީ 2012 ވަނަ އަހަރަށް ފަހު ޗެލްސީން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭ ފުރަތަަމަ ފަހަރެވެ. ފައިނަލުގައި ޗެލްސީ ނުކުންނާނީ ރޭ ޕީއެސްޖީ ކަޓުވާލުމަށް ފަހު ފައިނަލުން ފުރުސަތު ހޯދި މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

މިއީ ފާއިތުވި ތިން ސީޒަންގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިނގިރޭސި ދެ ޓީމު ކުރިމަތިލާނެ ދެ ވަނަ ފަހަރެވެ. މީގެ އެއް ސީޒަން ކުރިން ފައިނަލުގައި ކުޅުނީ ލިވަޕޫލާއި ޓޮޓެންހަމް އެވެ. ތުރުކީގެ އިސްތަންބޫލުގައި ސިޓީ އާއި ޗެލްސީ ކުޅޭ މި ފަހަރުގެ ފައިނަލް އޮންނާނީ މި މަހު 29 ގަ އެވެ.

ޗެލްސީން ވަނީ މި ފަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލުގައި ސިޓީ ކަޓުވާލައިފަ އެވެ. އަންނަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އަމިއްލަ ދަނޑުގައި ޗެލްސީއާ ބައްދަލުކުރާނެ އެވެ. އެ މެޗުން މޮޅުވެގެން ސިޓީ އަށް ހަތަރު އަހަރު ތެރޭ ތިން ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ.

ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. ރެއާލުން ބޯޅަ ހިފަހައްޓައިގެން ކުޅެން އުޅުނު ނަމަވެސް ގޯލާ އަމާޒުކޮށް އެ ޓީމަށް ފޮނުވާލެވުނީ މަދު ހަމަލާއެކެވެ. ފުރަތަމަ ހާފުގައި ކަރިމް ބެންޒެމާ ޖެހި ދެ ބޯޅަ ވެސް ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ ވަނީ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ޗެލްސީ އަށް ލީޑުނަގައިދިނީ 28 ވަނަ މިނިޓްގައި ޓިމޯ ވާނާ އެވެ. މެދުތެރެއިން އެންގޯލޯ ކާންޓޭ ހޯދި ބޯޅައެއްގައި ކައި ހަވާޓްޒް އޭރިއާތެރެއިން ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ވާނާ އަށް ލިބުނު ބޯޅަ އޭނާ ވަނީ ބޮލުން ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ކުރިން ވާނާ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ހަތް ހަފްތާ ތެރޭގައި އަނިޔާއިން ރަނގަޅުވެ ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސް ފުރަތަމަ އެގާރައިގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމަށް ޗެލްސީގެ އެޓޭކްތައް ހުއްޓުވުމުގައި މާ ބޮޑު ތަފާތެއް ނުދެއްކުނެވެ. ދެ ވަނަ ހާފްގައި ފުލުފުލުގައި ޗެލްސީން ލަނޑު ޖަހާނެ ފުރުސަތުތަައް ތަނަވަސްކުރި އެވެ. ކާންޓޭ އާއި ހަވާޓްޒް މުޅިން ހުސްކޮށް ވަދެ ޖެހި ބޯޅަތައް ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އާއި ފެޑެރީކޯ ވަލްވޭޑޭ ވަނީ ހުއްޓުވައިފަ އެވެ. އަދި އޭރިއާތެރެއިން މޭސަން މައުޓް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ޗެލްސީ އަށް ފައިނަލުގެ ޖާގަ ކަށަވަރުކޮށްދިން ގޯލު ޖެހީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ވަނިކޮށް މައުންޓް އެވެ. މި ގޯލުގައި ވެސް ކާންޓޭ މުހިއްމު ދައުރެއް އަދާކުރި އެވެ. ކާންޓޭ ދިން ބޯޅަ އޭރިއާތެރެއިން ހިފަހައްޓައި ކްރިސްޓިއަން ޕުލިސިޗް ރަނގަޅު ވަގުތުގައި މައުންޓަށް ޖައްސާލި ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

މިއީ ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ދެ ވަނަ ސީޒަނެވެ. މިދިޔަ އަހަރުގެ ފައިނަލުގައި ޓުޗެލްގެ ޕީއެސްޖީ ބަލިވީ ބަޔާން އަތުންނެވެ. ޓުޗެލް އަށް ޕީއެސްޖީގެ ވަޒީފާ ގެއްލުނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އޭނާ ޗެލްސީއާ ހަވާލުވީ ޖެނުއަރީ މަހުގެ ފަހުކޮޅުގަ އެވެ. އެއީ އޭރު ޗެލްސީގެ ކޯޗަކަށް ހުރި އެ ކްލަބްގެ ލެޖެންޑް ފްރޭންކް ލަމްޕާޑް ވަކިކުރުމުންނެވެ.

ޗެލްސީން މިހާތަނަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލި ހަމައެކަނި ފަހަރު ކަމަށްވާ 2012 ވަނަ އަހަރު އެ ޓީމުގެ ކޯޗަކަށް ހުރީ ސީޒަންގެ މެދުތެރެއިން ހަވާލުވި ރޮބާޓޯ ޑި މަޓެއޯ އެވެ. ޑި މަޓެއޯ ޗެލްސީ ގޮވައިގެން ޗެމްޕިއަންސް ލީގު ކާމިޔާބުކުރީ ފައިނަލުގައި ބަޔާން ބަލިކޮށްފަ އެވެ.

ސީޒަނުގެ މެދުތެރެއިން ޗެލްސީއާ ހަވާލުވެ ޓުޗެލް ވަނީ މިހާތަނަށް ރަނގަޅު މަސައްކަތްތަކެއް ކޮށްފަ އެވެ. ގަދަ ހަތަރަކުން ޗެލްސީ އަށް އަލުން ފުރުސަތު ހޯދައިދީ އެ ޓީމަށް އެފްއޭ ކަޕް ފައިނަލުން ފުރުސަތު ހޯދައިދިނެވެ. ފައިނަލުގައި ޗެލްސީ ކުޅޭނީ ލެސްޓާ ސިޓީއާ ދެކޮޅަށެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އެ ޓީމާ އެކު ޖެހިޖެހިގެން ތިން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ނަމަވެސް އެންމެ ފަހުން ދެ ފަހަރު ވެސް ކެޓީ އިނގިރޭސި ޓީމުތައް އަތުންނެވެ. މިދިޔަ ސީޒަނުގައި ސިޓީ އަތުން ބަލިވިއިރު، މި ފަހަރު ޗެލްސީ އަތުން ވެސް މި ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox