މި ރާޅާއެކު އާ ވޭރިއެންޓެއް އުޅުން ވަރަށް ގާތް: އެޗްޕީއޭ

މާލޭގެ މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ: މިއަދު 601 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މާލޭގެ މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ: މިއަދު 601 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ-- ފޮޓޯ: ހުސެއިން ވަހީދު/އަދަދު

މިހާރު ދިވެހިރާއްޖެއަށް އައިސްގެން މި އުޅެނީ ކޮވިޑް-19 ގެ ރާޅެއް ކަމަށާއި މިވަގުތު ރާއްޖޭގައި އާ ވޭރިއަންޓެއް އުޅުން ވަރަށް ގާތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

މިއަދު ރާއްޖެއިން 601 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ. އަދި 181 މީހަކު އޮތީ ބަލިވެގެން އެނދުމަތިކޮށްފަ އެވެ. މިއީ މިހާތަނަށް އެއް ދުވަހަކު ބަލި ޖެހުނު ރިކޯޑު އަދަދެކެވެ.

އެޗްޕީއޭއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު އަލީ ވިދާޅުވީ ކޮވިޑް ޖެހި ބޮޑުވަރުވަމުންދާ މީހުންގެ އެކްސްރޭއަށް ބަލާއިރު ފުއްޕާ މޭގެ ދެ ފަޅިއަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފައިވާތަން ފެންނަ ކަމަށެވެ.

ބަލިޖެހިފައި ހުރި މީހުންނަށް ބަލާއިރު އަދި ބަލި ފެތުރޭ ގޮތަށް ބަލާއިރު ރާއްޖޭގައި ކޮވިޑް-19 ގެ އާ ވޭރިއަންޓެއް އުޅުން ވަރަށް ގާތް ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

ބަލި ޖެހިގެން މިހާރު ވެސް އައިސީޔޫގައި ނުވަ މީހަކު އެބަ އޮތް ކަމަށް ޑރ. މުހައްމަދު ވިދާޅުވި އެވެ. އޭގެ ތެރެއިން ހަ މީހަކު އޮތީ ވެންޓިލޭޓަރަށް ލާފައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަލިހާލަތު ވަރަށް ގޯސް މާބަނޑު މީހަކު ވެސް އައިސީޔޫގައި މިވަގުތު އޮތް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

އަދަދުތަކުން ބަލާއިރު ބަލި ޖެހިގެން އެނދުމަތި ކުރާ މީހުން ބަލިވާ މީހުންނަށްވުރެ މަދު ނަމަވެސް އެއީ ހަގީގަތުގައި އަސްލު މަންޒަރު ނޫން ކަމަށް ޑރ. މުހައްމަދު ވިދާޅުވި އެވެ. އެއީ ކުރިން ބަލި ފެތުރުން ގިނަވިއިރު އެނދުމަތި ކުރާ މީހުންގެ ކްރައިޓީރިއާ އަށްވުރެ މިހާރު އެނދުމަތި ކުރާ މީހުންގެ ކްރައިޓީރިއާ ދަށްކޮށްފައި އޮތުމެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލާފައި މި ވަނީ އެ ވެކްސިނުގެ ސްޓޮކް ހުސްވެފައިވާތީ ކަމަށެވެ. މަބްރޫކް ވިދާޅުވީ މިހާރު ކޮވިޝީލްޑް ހުރީ ރާއްޖޭގައި އެންމެ 1700 ޑޯޒް ކަމަށެވެ.

އިތުރަށް ކޮވިޝީލްޑްގެ ސްޓޮކެއް ރާއްޖެ ލިބެންދެން ބާކީ ހުރި 1700 ޑޯޒު ދޭނީ އިމަޖެންސީ ހާލަތްތަކުގައި ކަމަށް އޭނާ މަބްރޫކް އެވެ. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ކޮވިޝީލްޑްގެ "ކޮންމެވެސް އަދަދެއް" ރާއްޖެ އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އަސްޓްރާޒެނެކާ ފަރާތުން ގަންނަ 700،000 ޑޯޒުގެ ފުރަތަމަ ޝިޕްމަންޓު އަންނަ ޖޫން މަހު ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox