އަންނަ ސީޒަނުން ފެށިގެން ރޯމާ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި

May 4, 2021, 1:48 PM
އަންނަ ސީޒަނުން ފެށިގެން ރޯމާ ކޯޗަކަށް މޮރީނިއޯ ހަމަޖައްސައިފި

ރޯމް (މެއި 4) - އަންނަ ސީޒަނުން ފެށިގެން ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން އިޓަލީގެ އޭއެސް ރޯމާގެ ކޯޗުކަމާ ހަވާލުވާން މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ ނިންމައިފި އެވެ.

އުމުރުން 58 އަހަރުގެ މޮރީނިއޯ އެންމެ ފަހުން ހަވާލުވެ ހުރި ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން އޭނާ ވަކިކުރީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މޮރީނިއޯ ޓޮޓެންހަަމަށް ކޯޗުކޮށްދިނީ 17 މަސް ދުވަހެވެ.

މޮރީނިއޯ މިއަދު ރޯމާއާ ހަވާލުވާން ނިންމިއިރު، މި ވަގުތު އެ ޓީމުގެ ކޯޗަކަށް ހުރި ޕައޮލޯ ފޮންސޭކާ ވަނީ ދެ އަހަރަށް ފަހު މި ސީޒަން ނިމުމުން އެ ޓީމު ދޫކޮށްލަން ނިންމައިފަ އެވެ.

Advertisement

"ކްލަބްގެ ވެރިންނާ މަޝްވަރާ ކުރުމަށް ފަހު އަހަަންނަށް މި ލިބުނު ހުށަހެޅުން ގަބޫލުކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ރޯމާގެ ސަޕޯޓަރުން. އަންނަ ސީޒަނުގައި މަސައްކަތްކުރަން އަހަރެން މި ހުރީ ކެތްމަދުވެފައި،" ޖުލައި 1 ދުވަހުން ފެށިގެން ރޯމާއާ ހަވާލުވާން ނިންމި މޮރީނިއޯ ބުންޏެވެ.

ރޯމާ މި ވަގުތު އޮތީ އިޓާލިއަން ލީގުގެ ހަތް ވަނައިގަ އެވެ. ޔޫރޮޕާ ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުން މިދިޔަ ހަފްތާގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ވަނީ 6-2 އިން ބަލިވެފަ އެވެ. މި ބުރާސްފަތި ދުވަހުގެރޭ ދެ ވަނަ ލެގު ރޯމްގައި ކުޅޭނެ އެވެ.

މިއީ މޮރީނިއޯ އޭނާގެ ކޯޗިން ކެރިއަރުގައި އިޓަލީގެ ޓީމަކާ ހަވާލުވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން މޮރީނިއޯ ވަނީ 2008 އިން 2010 އަށް އިންޓަ މިލާނަށް ކޯޗުކޮށްދީފަ އެވެ. އެ ޓީމާ އެކު މޮރީނިއޯ ވަނީ އިޓާލިއަން ލީގު ދެ ފަހަރު، އިޓާލިއަން ކަޕާއި އިޓާލިއަން ސުޕަ ކަޕް އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ.

މޮރީނިއޯ އެންމެ ފަހުން ހަވާލުވެ ހުރި ތިން ޓީމުން ވެސް އޭނާ ވަކިކުރީ ސީޒަނެއްގެ މެދުތެރެއިންނެވެ. އެއީ ޓޮޓެންހަމްގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީންނެވެ.

ޖެހިލުންކުޑަ ކޯޗެއްގެ ގޮތުގައި ފާހަގަކުރެވޭ މޮރީނިއޯ ވަނީ ކޯޗިން ކެރިއަރުގައި މިހާތަނަށް 25 ތަށި އުފުލާލައިފަ އެވެ. އޭނާ އެންމެ ފުރަތަމަ ފާހަަގަކުރެވުނީ ޕޯޗުގަލްގެ ޕޯޓޯގެ ކޯޗެއްގެ ގޮތުގަ އެވެ. އެ ޓީމަށް 2004 ގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނެވެ. ފަހުން މޮރީނިއޯ ވަނީ ތިން ގައުމެއްގައި ލީގު ޗެމްޕިއަންކަން ހޯދި މަދު ކޯޗުންގެ ތެރޭގައި ހިމެނިފަ އެވެ. އޭނާ ސްޕެނިޝް ލީގުގެ ތަށި އުފުލާލީ ރެއާލްގައި ހުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox