ކޮވިޝީލްޑް ހުއްޓާލީ ވެކްސިން ލިބުން ދަތިވެގެންކަން ހާމަކޮށްފި

ފުލޫ ކްލިނިކް: ކޮވިޝީލްޑް ވެކްސިން ހުއްޓާލީ ލިބުން ދަތިވެފައިވާތީ ކަމަށް ބުނި - ފޮޓޯ: ހުަސެއިން ވަހީދު \ އަދަދު

ފުލޫ ކްލިނިކް: ކޮވިޝީލްޑް ވެކްސިން ހުއްޓާލީ ލިބުން ދަތިވެފައިވާތީ ކަމަށް ބުނި - ފޮޓޯ: ހުަސެއިން ވަހީދު \ އަދަދު

ކޮވިޝީލްޑް ވެކްސިން އާންމުކޮށް ހުޅުވާލައިގެން މާލޭގައި ޖެހުން ހުއްޓާލީ އިތުރު ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާތީ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފި އެވެ.

މާލޭގައި އާއްމުކޮށް ވެކްސިން ޖެހުން ހުއްޓާލީ ދެ ވަނަ ޑޯޒުގައި މެދުކެނޑުމެއް ނެތި ދެވޭވަރަށް ރާއްޖޭގައި ވެކްސިން އެބަހުރި ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ދާދި ފަހުން ދެއްވާފައި ވަނިކޮށެވެ. ވެކްސިން ހުރި މިންވަރު ހާމަކުރުން މުހިންމު ނޫން ކަމަށާއި ވެކްސިން ހުއްޓާނުލައި ގެންދެވޭ ވަރަށް ވެކްސިން އެބަހުރި ކަމުގެ ޔަގީންކަން ހެލްތުގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު ވެސް ދެއްވި އެވެ.

އެކަމަކު ކޮވިޑު ކޮންޓްރޯލްކުރަން އެޅި ފިޔަވަޅުތައް އާއްމުކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވަނީ ރާއްޖޭގައި ވެކްސިން މަދުވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މިކަން އިއުލާންކުރުމަށް ފަހު، ވެކްސިން ހުއްޓާލީ ކަމަށް އެޗްޕީއޭ އިން އެންގިއިރު ވެކްސިން ޖަހަން ގިނަ ބަޔަކު ތިބީ ކިޔޫއަށް އަރަ އެވެ.

ރާއްޖޭގައި އާއްމުކޮށް ބޭނުންކުރަނީ ކޮވިޝީލްޑެވެ. މި ވެކްސިންގެ ފުރަތަމަ ޑޯޒު ފުރިހަމަކުރާތާ 12 ހަފުތާ ތެރޭގައި ދެ ވަނަ ޑޯޒު ޖަހަން ޖެހެ އެވެ. އެއަށް ވުރެން ފަސްވެއްޖެ ނަމަ އަނެއްކާވެސް ދެ ޑޯޒް ޖަހަންޖެހޭނެ ކަމަށް ޑޮކްޓަރުން ލަފާ ދެއްވަ އެވެ.

ވެކްސިން މެދުކެނޑުނު ސަބަބު ތަފްސީލްކޮށްދެމުން އެޗްޕީއޭގެ ބަޔާނުގައި ބުނީ ކޮވިޑްގެ ހާލަތު ދުނިޔޭގައި އިތުރަށް ގޯސްވުމާ ގުޅިގެން ވެކްސިން އުފެއްދުމާއި، ވެކްސިން ފޯރުކޮށްދިނުމަށް ހުރިހާ ގައުމަކަށް ވެސް މިއީ ހުރަސްތަކަކާއި ލަސްތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް ކަމަށެވެ. ހާއްސަކޮށް އެންމެ ގިނަ އަދަދަކަށް ވެކްސިން އުފައްދާ އިންޑިއާގެ އެކި ސަރަޙައްދުތަކުގައި ކޭސްތައް ހަލުވިކަމާ އެކު ފެތުރެން ފަށާފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެހެން ގައުމުތަކެކޭ އެއް ފަދައިން، ރާއްޖެއަށް ވެސް ވެކްސިން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

އެހެންކަމުން، މި ކަންކަން ހައްލުކުރެވި، ވެކްސިންގެ އިތުރު ޑޯޒްތައް ރާއްޖެއަށް ލިބެންދެން، އާއްމުކޮށް ހުޅުވާލައިގެން ކޮވިޝީލްޑް ވެކްސިން ޖަހައިދިނުމަށް މި ވަގުތަށް މެދުކަނޑައިލީ. ކަން މިހެން އޮތް ނަމަވެސް، އެމާޖެންސީ ހާލަތްތަކާއި، ބަލި ހާލަތު ހުރިގޮތުން ވެކްސިން ޖަހައިދޭން ޖެހޭ ފަރާތްތަކަށް ވެކްސިން ޖަހައިދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. -- އެޗްޕީއޭ

ވެކްސިންގެ ދަތިކަން މިވަގުތަށް ކުރިމަތިވެފައި އޮތް ނަމަވެސް ވީއެންމެ އަވަސް ފުރުސަތެއްގައި ވެކްސިންގެ އިތުރު ބެޗުތަކެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ކޮވިޝީލްޑުގެ އިތުރު ޝިޕްމަންޓެއް ހޯދުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް އެތަނުން ބުންޏެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެށި، ބައްޔަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ފެށުނު ހިސާބުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދުމަށް ކުރި މަސައްކަތުގެ ތެރެއިން އެސްޓްރާޒެނެކާ ކުންފުންޏާއެކު 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު އެއްބަސްވުމެއް ހެދި އެވެ. އޭގެ ދަށުން "އެސްޓްރާޒެނެކާ" ވެކްސިންގެ 700,000 ޑޯޒްއަށް ފައިސާ ދައްކާފައިވާ އިރު ކުރިއަށް އޮތް ޖޫން މަހުން ފެށިގެން ވެކްސިން ލިބޭނެކަން އަންގާފައިވާ ކަމަށް ހެލްތު މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކޮވިޝީލްޑް ބްރޭންޑްގެ 300,000 ޑޯޒް ހޯދުމަށް ފައިސާ ދައްކައި، އެއްބަސްވުމުގެ ދަށުން މިހާތަނަށް 100,000 ޑޯޒް ފޯރުކޮށްދީފައިވެ އެވެ. މިދިޔަ މަހުގެ ތެރޭގައި އިތުރު ޝިޕްމަންޓްތައް ލިބުމަށް ތާވަލުކުރެވިފައިވީ ނަމަވެސް، އެ ޝިޕްމަންޓްތައް އަދި ނުލިބެ އެވެ.

މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ރާއްޖޭގައި ފެށި ވެކްސިނޭޝަން ޕްރޮގްރާމްގެ ދަށުން މިހާތަނަށް ޖުމްލަ 297,639 މީހުންނަށް ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިފަ އެވެ. އަދި، ވެކްސިންގެ ދެވަނަ ޑޯޒް ޖަހާދީފައިވާ މީހުންގެ އަދަދު 108,494 އަށް އަރަ އެވެ. މިއާއެކު، ރާއްޖޭގެ ވެކްސިން ޖެހުމަށް "އެލިޖިބަލް" އާބާދީގެ 67.69 ޕަސެންޓަށް ފުރަތަމަ ޑޯޒް ޖަހައިދީފައިވާއިރު، ދެވަނަ ޑޯޒް ވަނީ "އެލިޖިބަލް" އާބާދީގެ 24.6 ޕަސެންޓަށް ޖަހައިފަ އެވެ.

ކޮވިޝީލްޑް ވެކްސިންގެ އިތުރުން ސިނަފާމް އަދި ފައިޒާ ވެކްސިން ވެސް އަންނަނީ ދެމުންނެވެ. ސިނަފާމް ވެކްސިންގެ ފުރަތަމަ ޑޯޒާއި ދެވަނަ ޑޯޒް ވެސް ދަނީ ޖަހައިދެމުންނެވެ. އެއީ، ރާއްޖެއަށް ޗައިނާއިން ހަދިޔާކުރި ވެކްސިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox