މާލޭގައި ކޮވިޝީލްޑް ވެކްސިން ދިނުން ހުއްޓާލައިފި

މާލޭގައި ކޮވިޝީލްޑް ވެކްސިން ދިނުން ހުއްޓާލައިފި

މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ދިނުން ހުއްޓާލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފި އެވެ.

ކޮވިޝީލްޑް ވެކްސިން ހުސްވެފައިވާކަމަށް އަޑުތައް ފެތުރިފައިވަނިކޮށް، އެޗްޕީއޭ އިން ބުނީ މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިން ދިނުން ހުއްޓާލާފައިވަނީ ވަގުތީ ގޮތުން ކަމަށެވެ.

"އަލުން ޖަހަން ފެށޭނެ ތާރީހެއް ފަހުން އިއުލާން ކުރެވޭނެ،" އެޗްޕީއޭއިން ބުންޏެވެ.

ނަމަވެސް، ރާއްޖޭގައި އެންމެ ފުރަތަމަ ދޭން ފެށި، އަދި އެންމެ ގިނަ ބަޔަކު ފުރަތަމަ ޑޯޒް ޖެހި ކޮވިޝީލްޑް ވެކްސިން ހުއްޓާލި ސީދާ ސަބަބެއް އެޗްޕީއޭ އިން އަދި ނުބުނެ އެވެ. ކޮވިޑުން އަރައިގަތުމަށް މިދިޔަ ފެބުރުއަރީ މަހު ރާއްޖޭގައި ވެކްސިނޭޝަން ޕްރޮގްރާމް ފަށައި މާލެ އާއި އަތޮޅުތަކުގައި ވެސް މިހާރު ވަނީ ދެ ވަނަ ޑޯޒު ޖަހަން ފަށައިފަ އެވެ.

އިންޑިއާ އާއި ޗައިނާ އަދި އެހެން ގައުމުތަކުން ހަދިޔާކުރި ވެކްސިން ރާއްޖޭގައި ދެމުން އަންނައިރު، ވެކްސިންގެ ދަތިކަން ކުރިމަތިވެ މެދުނުކެނޑި ވެކްސިން ޕްރޮގްރާމް ކުރިއަށް ނުގެންދެވޭނެ ކަމުގެ އަޑު ވަނީ ގަދަވެފަ އެވެ.

ނަމަވެސް، ދެ ވަނަ ޑޯޒުގައި މެދުކެނޑުމެއް ނެތި ދެވޭވަރަށް ރާއްޖޭގައި ވެކްސިން އެބަހުރި ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ދާދި ފަހުން ވަނީ ދެއްވައިފަ އެވެ.

އަދި ސިންގަޕޫރުގެ އެސްޓްރާޒެނެކާ ކުންފުނިން ގަންނަ 700،000 ޑޯޒް ވެސް އަންނަ މަހު ލިބެން ފަށާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ރާއްޖެ އިން ވަނީ މި ފަހުން ކޮވިޝީލްޑުގެ 300،000 ޑޯޒު އިންޑިއާއިން ގަތުމަށް ފައިސާ ދައްކައިފަ އެވެ. އޭގެތެރެއިން މިހާތަނަށް ލިބުނީ 100،000 ޑޯޒެވެ. ރާއްޖެ އިން ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އިން ހަދިޔާކުރި ވެކްސިނުންނެވެ.

މާލޭގައި ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލާފައިވާއިރު، ފަހަކަށް އައިސް އެ ވެކްސިން ދެމުން އައިސްފައިވަނީ ހަމައެކަނި މިދިޔަ ފެބްރުއަރީ މަހު ފުރަތަމަ ޑޯޒް ޖެހި މީހުންނަށެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު، އަށް ހަފްތާގެ ތެރޭގައި ދެ ވަނަ ޑޯޒް ފުރިހަމަ ކުރަންޖެހޭކަމަށް ވަނީ ބުނެފަ އެވެ. އަދި އެއަށްވުރެ ފަސްވެއްޖެނަމަ އަނެއްކާވެސް ދެ ޑޯޒް ޖަހަންޖެހޭނެ ކަމަށް ވެސް ޑޮކްޓަރުން ލަފާ ދެއްވަ އެވެ.

ނަމަވެސް، ފެބްރުއަރީ މަހު ފުރަތަމަ ޑޯޒް ޖެހި ހުރިހާ މީހުން އަދި ދެވަނަ ޑޯޒް ޖަހާފައިނުވާއިރު، ވެކްސިން ދިނުން ހުއްޓާލުމުން، ވެކްސިން ފުރިހަމަ ކުރަންޖެހޭ މުއްދަތު ފާއިތުވާ މީހުންނަށް ހަމަޖައްސާފައި އޮތް އިންތިޒާމެއް އަދި އެޗްޕީއޭއިން ސާފުކޮށްދީފައެއް ނުވެ އެވެ.

އިއްޔެއާ ހަމައަށް ރާއްޖޭގައި 297،639 މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، 108،494 މީހުން ވަނީ ވެކްސިން ފުރިހަމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox