ހިޔާ ފްލެޓްތަކުގެ ގުރުނެގުން އަނެއްކާވެސް މެދުކަނޑާލައިފި

ހިޔާ ފުލެޓްގެ ގުރުއަތުލުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހިޔާ ފުލެޓްގެ ގުރުއަތުލުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފި -- ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ގުރުއަތުލުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެޗްޑީސީން ބުނީ ހައުސިން މިނިސްޓްރީން މިހާތަނަށް ފޮނުވި ލިސްޓުތަކުގެ ގުރު އެޕްރީލް، 25 އިން އިއްޔެގެ ނިޔަލަށް ނިންމާފައިވާ ކަމަށެވެ. ދެން ގުރު ނަގަން ޖެހޭ ކެޓަރީތަކުގައި ވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކެއް ތިބުމާއި އެހެން ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ފައިނަލް މި ކޯޕަރޭޝަނަށް ލިބުމުން އެ ފަރާތްތަކުގެ މެދުގައި ގުރު ނަގާނެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ހިޔާ މަޝްރޫއުގައި ފްލެޓް ދޫކުރަން ނިންމި ކެޓަގަރީތަކުގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީގެ ގުރުއަތު ނެގީ އޭޕްރީލް 8ގަ އެވެ. އަދި ހައުސިން މިނިސްޓްރީން ފޮނުވާފައިވާ އެހެނިހެން ކެޓަގަރީތަކުގެ ގުރުއަތު ވަނީ އޭޕްރީލް 25 އިން މެއި 4 އަށް ނާގާފައި ކަމަށް އެޗްޑީސީ އިން ބުންޏެވެ.

ޔެސް ޓީވީ މެދުވެރިކޮށް ލައިވްކޮށް ގުރުއަތު ނަގާއިރު އެ މީހަކަށް ފްލެޓް ލިބޭ ފްލޯ އާއި ޓަވަރު އެނގޭ ގޮތަށް ޓީވީ ސްކްރީނުން ދައްކަ އެވެ. އަދި އެސްއެމްއެސް މެދުވެރިކޮށް ފްލެޓްގެ ވެރި ފަރާތަށް އެ މައުލޫމާތު ދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

މި ފްލެޓްތަކަށް ވަދެވޭނީ ފިނިޝިން ނިންމައި ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގަ އެވެ. އެ މުއްދަތުގައި ކުލި ނުނަގާނެ ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox