ބަލިމަޑުކަމުގައި ކޮންމެ ދެ މީހަކުން އެކެއްގެ އާމްދަނީ ދަށްވި: ދިރާސާ

އެފްރިކާގެ ގައުމެއްގައި އަމިއްލަ ވިޔަފާރިކޮށްގެން އާމްދަނީ ހޯދާ އަންހެނުންތަކެއް.-- ފޮޓޯ: އައިއެލްއޯ

އެފްރިކާގެ ގައުމެއްގައި އަމިއްލަ ވިޔަފާރިކޮށްގެން އާމްދަނީ ހޯދާ އަންހެނުންތަކެއް.-- ފޮޓޯ: އައިއެލްއޯ

ކޮވިޑް ބަލިމަޑުކަމާ ގުޅިގެން ދުނިޔޭގައި ކޮންމެ ދެ މީހަކު އެކެއްގެ އާމްދަނީއަށް އަސަރު ކުރި ކަމަށް އެމެރިކާގެ ޕޯލިން ކުންފުނި ގޮލަޕުން ކުރި ދިރާސާއިން ދައްކައިފި އެވެ.

އެ ދިރާސާއިން ދެއްކި ގޮތުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވަނީ ފަގީރު ގައުމުތަކުގެ މީހުންނަށެވެ. އެގޮތުން ވަފީޒާ ގެއްލުމާއި، ވަފީޒާގެ ވަގުތު ކުޑަ ކުރުން ފަދަ ކަންކަން ދިމާވި އެވެ.

އެ ސާވޭގައި ދުނިޔޭގެ 117 ގައުމަކުން ތިން ލައްކައަށް ވުރެ ގިނަ މީހުން ބައިވެރިވި އެވެ. ދިރާސާއިން އެނގުނު ގޮތުގައި ވަޒީފާގައި އުޅޭ މީހުންގެ ދެބައި ކުޅަ އެއްބައި މީހުންގެ އާމްދަނީ ވަނީ ކޮވިޑާ ގުޅިގެން ދަށްވެފަ އެވެ. އެހެންކަމުން ދުނިޔޭގައި މަސައްކަތް ކުރާ 1.6 ބިލިއަން މީހުންގެ އާމްދަނީއަށް އަސަރުކޮށްފައިވާ ކަމަށް ބެލެވެ އެވެ.

އާމްދަނީ އެންމެ ބޮޑަށް ދަށްވެފައިވާ ކަމަށް ފާހަގަކޮށްފައި ވަނީ ބޮލީވިއާ، ކެންޔާ، މިޔަންމާ، އިންޑޮނީޝިއާ، ޔުގެންޑާ، ހިންޑިއުރަސް އަދި އިކުއެޑޯގަ އެވެ. އެ ގައުމުތަކުގެ 70 ޕަސެންޓު މީހުންގެ އާމްދަނީ ދަށްވި އެވެ. އެމެރިކާގައި އާމްދަނީއަށް އަސަރު ކުރި ކަމަށް ބެލެވެނީ 34 ޕަސެންޓު މީހުންނަށެވެ.

މަސައްކަތްތެރިންގެ ތެރެއިން ވެސް އެންމެ ބޮޑު އަސަރެއް ކުރީ އަންހެނުންނަށެވެ. ބައިނަލްއަގްވާމީ ޗެރިޓީ ގްރޫޕު، އޮކްސްފާމުން ހެދި ދިރާސާއިން އެނގުނު ގޮތުގައި ބަލިމަޑުކަމުގެ ސަބަބުން އަންހެނުންނަށް 800 ބިލިއަން ޑޮލަރުގެ ގެއްލުމެއް ވަނީ ވެފަ އެވެ.

އޭގެ އިތުރުން ބަލިމަޑުކަމުގެ ސަބަބުން ކޮންމެ ތިން މީހަކުން އެކެއްގެ ވަޒީފާ ގެއްލުނު ކަމަށް ދިރާސާއިން ދެއްކި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox