އިންޑިއާގެ ކޮވިޑް ކޭސްތައް 20 މިލިއަނަށް، ސަރުކާރުން ބުނީ ފެތުރުން މަދުވެއްޖެ ކަމަށް

އިންޑިއާގެ ހޮސްޕިޓަލެއްގައި ކޮވިޑ ބަލި މީހުންނަށް ފަރުވާ ދެނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ ހޮސްޕިޓަލެއްގައި ކޮވިޑ ބަލި މީހުންނަށް ފަރުވާ ދެނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގައި ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 20 މިލިއަނަށް ވުރެ މަތިވި ކަމަށް ތަފާސްހިސާބުން ދެއްކި ނަމަވެސް، ބަލި ފެތުރުން ކުޑަވެއްޖެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެފި އެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރުން ބުނީ އޭޕްރިލް 30 ވަނަ ދުވަހުން ފެށިގެން ކޭސްތައް މަދުވެއްޖެ ކަމަށެވެ. އެ ދުވަހު ހަތަރު ލައްކައަށް ވުރެ ގިނަ ކޭސް ފެނުނެވެ. މިއަދު ފެނިފައިވަނީ 355،832 ކޭސް އެވެ.

ނަމަވެސް ތަޖުރިބާކާރުން ބުނީ ކޭސްތަކުގެ އަދަދާއި މަރުވާ މީހުންގެ އަދަދުތައް ރަސްމީކޮށް ރަނގަޅަށް ނުބެލެހެއްޓޭ ކަމަށެވެ. އެހެންކަމުން އަސްލު އަދަދުތައް އެއަށް ވުރެ މާ މަތިވާނެ ކަމަށް ބެލެވެ އެވެ.

ވެރިރަށް ނިއު ދިއްލީއަށް ދިމާވެފައިވާ އޮކްސިޖަނުގެ ދަތިކަން ހައްލުވުމުގެ ނިޝާނެއް އަދިވެސް ނުފެނެ އެވެ. މީހުންތައް އުޅެނީ ފަރުވާ ދެވޭނެ ގޮތެއް ނެތިގެންނެވެ.

އެ ސިޓީގައި އިއްޔެ 448 މީހުން މަރުވި އެވެ. އެއީ އަނެއްކާވެސް ދިއްލީއަށް ރިކޯޑް އަދަދެކެވެ.

ދިއްލީގެ ސަރުކާރުން ބުނީ ކޮވިޑަށް ފަރުވާ ދޭ ފެސިލިޓީތަކާއި އައިސީޔޫ ފަރުވާ ދޭން ތަންތަން ސިފައިންގެ ބެލުމުގެ ދަށުން ހިންގަން ބޭނުންވާ ކަމަށެވެ.

ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވިދާޅުވީ ސްޓޭޓުތަކަށް އޮކްސިޖަން ފޮނުވާނެ މިންވަރު ކަނޑައަޅަނީ މައި ސަރުކާރުން ކަމަށެވެ. އަދި ދިއްލީއަށް ފޯރުކޮށްދެނީ ބޭނުންވާ މިންވަރަށް ވުރެ މާ މަދުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މައި ސަރުކާރުގެ އޮފިޝަލުން ވަނީ އޮކްސިޖަނުގެ ދަތިކަން އޮތް ކަމަށް ބުނާ ވާހަކަ ދޮގުކޮށްފަ އެވެ. އެ މީހުން ބުނަނީ އޮކްސިޖަން އެބަ ހުރި ކަމަށާއި ނަމަވެސް ސްޓޭޓްތަކަށް އެ ސަޕްލައި ކުރަން ދަތި ކަމަށެވެ.

އިންޑިއާގައި ކޮންމެ ދުވަހަކު ވެސް އެތައް ހާސް ޓަނުގެ އޮކްސިޖަން އުފައްދަ އެވެ. އެކަމަކު އެ ސަޕްލައި ކުރާނެ ޑިސްޓްރިބިއުޝަން ނެޓްވޯކުތަކަށް އެކަށީގެންވާ ވަރަށް އިންވެސްޓުކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox