އިންޑިއާގެ ވެކްސިން އުފައްދާ ސިރަމް އިންސްޓިޓިއުޓުގެ ވެރިޔާއަށް އިންޒާރު

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެރިޔާ އާދަރް ޕޫނަވައްލާ.-- ފޮޓޯ: ރޮއިޓާޒް

ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެރިޔާ އާދަރް ޕޫނަވައްލާ.-- ފޮޓޯ: ރޮއިޓާޒް

ވެކްސިން އުފައްދާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާގެ ވެރިޔާ އާދަރް ޕޫނަވައްލާއަށް އިންޒާރުދެމުންދާ ކަމަށް އޭނާ ބުނެފި އެވެ.

އިނގިރޭސި ވިލާތުގެ ނޫހަކަށް ދިން އިންޓަވިއުގައި އޭނާ ބުނީ ވެކްސިން ޑެލިވާ ކުރުމާ ގުޅޭ ގޮތުން "ނުފޫޒު ގަދަ" ބައެއްގެ ފަރާތުން އިންޒާރު ލިބެމުންދާ ކަމަށެވެ. އެގޮތުން ފޯނުން ގުޅާ، ވަގުތުން ވެކްސިން ފޮނުވަން އަމުރު ކުރި ކަމަށް އޭނާ ބުނެފައި ވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންޑިއާއަށް ދޫކޮށް އަންހެނުންނާއި ދަރިން ކައިރިއަށް އުމުރުން 40 އަހަރުގެ ޕޫނަވައްލާ ލަންޑަނަށް ދިޔަ ސަބަބަކީ ވެސް އިންޒާރުތައް ލިބެމުން ދިޔުމެވެ.

Advertisement

"އަޅުގަނޑު މި ތަނުގައި [ލަންޑަނުގައި] ދިގު މުއްދަތަކަށް މި މަޑު ކުރަނީ އެ ހާލަތަށް އެނބުރި ދާން ބޭނުން ނުވާތީ. ހުރިހާ ކަމެއް އެޅެނީ އަޅުގަނޑުގެ ކޮނޑުގައި. އެކަމަކު އެކަންޏެއް މިކަމެއް ނުވާނެ،" އޭނާ ބުނި ކަމަށް އިންޑިއާ ޓުޑޭގައި ވެއެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާ ނޫހުން ބުނީ ސަރުކާރުން މިހާރު ވަނީ ޕޫނަވައްލާއަށް ސެކިއުރިޓީ ހަމަޖައްސާފައި ކަމަށެވެ. އެގޮތުން އޭނާ އިންޑިއާގައި އުޅޭ ހުރިހާ ވަގުތެއްގައި ހަތިޔާރު އެޅި ކޮމާންޑޯ ގާޑުން ކައިރީގައި ތިބޭނެ އެވެ.

ސިރަމް އިންސްޓިޓިއުޓުން ދަނީ އޮކްސްފޯޑް ޔުނިވާސިޓީގެ ކޮވިޑް ވެކްސިން ފޯމިއުލާއަށް ބިނާކޮށް ކޮވިޝީލްޑް ވެކްސިން އުފައްދަމުންނެވެ.

މި ވަގުތު އިނގިރޭސިވިލާތުގައި ހުރި ޕޫނަވައްލާ ބުނީ އެ ގައުމުގައި ވެކްސިން އުފައްދަން ހާއްސަ ސިރަމް އިންސްޓިޓިއުޓުގެ ޔުނިޓެއް ގާއިމް ކުރަން ވެސް ވިސްނަމުންދާ ކަމަށެވެ.

ވެކްސިން އުފައްދަން ބޭނުންވާ ސާމާނު އެކްސްޕޯޓް ކުރުން އެމެރިކާއިން މަނާ ކުރުމުން މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ވެކްސިނުގެ ސަޕްލައި ވަނީ ދަށްވެފަ އެވެ.

އިންޑިއާގެ ބައެއް ސްޓޭޓުތަކުން ވެކްސިން ހުސްވެފައި ވާއިރު، މޭ އެއް ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދެވޭނެ ކަމަށް ކަނޑައެޅި ނަމަވެސް، ވެކްސިން ނުލިބޭތީ އެކަން ބާރަށް ކުރިއަށް ނުދެ އެވެ.

ބެލެވޭ ގޮތުގައި އޭނާއަށް އިންޒާރު ދީފައީ މި ވަނީ މައްސަލައިގެ ތެރެއިންނެވެ. އިންޑިއާގައި ދިމާވެފައިވާ ކޮވިޑު ކާރިސާއާ ގުޅިގެން އެމެރިކާއިން މިހާރު ބުނެފައި ވަނީ ވެކްސިން ހަދާ ސާމާނު ފޯރުކޮށްދޭނެ ކަމަށެވެ.

ނަމަވެސް ޕޫނަވައްލާ ބުނީ އަދި ދެ ތިން މަހަށް ދަތިކަން ކުރިމަތިވެދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox