ލީގު ހޯދަން އެތުލެޓިކޯގެ ފަހަތުގައި ރެއާލް ވިއްދާފައި

May 1, 2021, 9:39 PM
ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކަސެމީރޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކަސެމީރޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (މެއި 1) - ސްޕެނިޝް ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑުން ރަށުންބޭރުގައި 1-0 އިން އެލްޗޭ ބަލިކޮށް އެއް ވަނައިގައި މަގާމް ދެމެހެއްޓިއިރު، ރެއާލް މެޑްރިޑުން އޮސަސޫނާގެ މައްޗަށް 2-0 އިން ކުރިހޯދައި ލީގު ޗެމްޕިއަންކަން ހޯދުމުގެ ރޭހުގައި މުހިއްމު މޮޅެއް ހޯދައިފި އެވެ.

އެތުލެޓިކޯ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑަކާ އެކު އޮތީ 34 މެޗުން 76 ޕޮއިންޓާ އެކު އެވެ. ރެއާލް ދެ ވަނައިގައި އޮތީ 34 މެޗުން 74 ޕޮއިންޓާ އެކު އެވެ. ތިން ވަަނައިގައި ބާސެލޯނާ އޮތީ 33 މެޗުން 71 ޕޮއިންޓް ހޯދައިގެންނެވެ. ހަތަރެއްގައި އޮތް ސެވިއްޔާ އަށް ވަނީ 33 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ.

އެލްޗޭ ދަނޑުގައި ކުޅުނު މެޗުގައި އެތުލެޓިކޯގެ ލުއިސް ސުއަރޭޒް ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. އެތުލެޓިކޯގެ ހަމައެކަނި ގޯލު މެޗުގެ 23 ވަނަ މިނިޓްގައި ޖެހީ ކުރިން ރެއާލަށް ކުޅުނު މާކޯސް ލޮރެންޓޭ އެވެ. އޭނާ މި ގޯލު ޖެހީ ޔަނިކް ކަރާސްކޯ ދިން ބޯޅައަކުންނެވެ. މެޗުގެ އިތުރު ވަގުތުގައި އެލްޗޭ އަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. ލޮރެންޓޭ ދިން ޕެނަލްޓީ އަކުން އެލްޗޭގެ ފިޑެލް ޗާވޭސް ފޮނުވާލި ބޯޅަ ބޭރުވީ ގޯލުގެ ދަނޑީގައި ޖެހިފަ އެވެ.

މި މެޗާ އެކު އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ ލަލީގާގައި އެންމެ ގިނަ މެޗުގައި ކޯޗުކޮށްދިން އާޖެންޓީނާގެ ކޯޗުގެ ޝަރަފް ހޯދައިފަ އެވެ. މިއީ ސިމިއޯނީ ލީގުގައި ކޯޗުކޮށްދިން 360 ވަނަ މެޗެވެ.

ޖެނުއަރީ މަހުގެ ފަހުން ރެއާލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން އެޑެން ހަޒާޑް ކުޅުނު ފުރަތަމަ މެޗުގައި އޭނާ ވަނީ ލަނޑެއް ޖެހުމާ ގާތަށް ޖެހިލައިފަ އެވެ. އޭނަ ފޮނުވާލި ބޯޅަ އޮސަސޫނާ ކީޕަރު ސާޖިއޯ ހެރޭރާ ވަނީ މަތަކޮށްފަ އެވެ.

ރެއާލުން ދެ ގޯލު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގެ 76 ވަނަ މިނިޓްގައި އިސްކޯ ނެގި ކޯނަރަކުން ރެއާލަށް ލީޑުނަގައިދިނީ ފަހަކަށް އައިސް ރެއާލް ފަހަތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ބްރެޒިލްގެ ޑިފެންޑަރު އެޑާ މިލިޓާއޯ އެވެ. އޭގެ ހަތަރު މިނިޓް ފަހުން ކަރިމް ބެންޒެމާ ދިން ބޯޅައަކުން ކަސެމީރޯ ވަނީ ރެއާލަށް ދެ ވަނަ ގޯލެއް ޖަހައިދީފަ އެވެ.

ލީގުގައި މާދަމާރޭ ވެލެންސިއާގެ މައްޗަށް ކުރިހޯދައިގެން ބާސެލޯނާ އަށް ރެއާލާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox