އިންޑިއާގެ ކޮވިޑް ކޭސްތައް ދުވާލަކު ހަތަރު ލައްކައާ ގާތަށް

ދިއްލީގެ އެމްބިއުލާންސެއްގައި ކޮވިޑަށް ފަރުވާ ދެނިކޮށް ފިރިމީހާ މަރުވުމުން އަންހެނަކު ރޮނީ.-- ފޮޓޯ: ރޮއިޓާޒް

ދިއްލީގެ އެމްބިއުލާންސެއްގައި ކޮވިޑަށް ފަރުވާ ދެނިކޮށް ފިރިމީހާ މަރުވުމުން އަންހެނަކު ރޮނީ.-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގައި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ހަތަރު ލައްކައާ ގާތްކޮށްފައި ވަނިކޮށް ގިނަ ސްޓޭޓުތަކުން ވެކްސިން ހުސްވެއްޖެ އެވެ.

ސްޓޭޓުތަކުން ވެކްސިން ހުސްވީ، ކޮވިޑާ ދެކޮޅަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމް މާދަމާ ފުޅާކުރަން ރާވާފައި ވަނިކޮށެވެ. ސަރުކާރުން ބުނެފައި ވަނީ އުމުރުން 18 އަހަރުގެ އެންމެންނަށް މާދަމާއިން ފެށިގެން ވެކްސިން ދޭނެ ކަމަށެވެ.

ނަމަވެސް އެންމެ ބޮޑަށް އަސަރުކޮށްފައިވާ މަހަރާޝްތްރަ، ކަރްނާޓަކާ، މަދްޔަ ޕްރަދޭޝް އަދި ދިއްލީ އިން ވެކްސިން ހުސްވެފައި ވާއިރު، މާދަމާ އިތުރު ސަޕްލައި ލިބޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ނެތެވެ.

މުމްބާއީއިން ވެސް ނިންމީ ވެކްސިން ހުސްވުމުގެ ސަބަބުން މިއަދުން ފެށިގެން ކުރިއަށް އޮތް ތިން ދުވަހަށް ވެކްސިން ދޭ މަރުކަޒުތައް ބަންދު ކުރާށެވެ.

އެންޑީޓީވީން ރިޕޯޓުކުރި ގޮތުގައި ބުރާސްފަތި ދުވަހު މުޅި އިންޑިއާގައި ވެކްސިން ޖެހީ އެންމެ 2.2 މިލިއަން މީހުންނެވެ. އެއީ ވެކްސިން ޕްރޮގްރާމް ފެށި ފަހުން އެއް ދުވަހެއްގައި އެންމެ މަދު އަދަދެއްގެ މީހުން ވެކްސިން ޖެހި ދުވަހެވެ.

މިހާތަނަށް ވެކްސިން ޖަހާފައިވަނީ އިންޑިއާގެ އާބާދީގެ 1.35 ބިލިއަން މީހުންގެ ތެރެއިން އެންމެ 10 ޕަސެންޓު މީހުންނެވެ.

ދެކުނު ކަރްނާޓަކާ ސްޓޭޓުން ބުނީ ވެކްސިން ސަޕްލައި ލިބޭނެ ވަގުތެއްގެ މައުލޫމާތު ނޭނގޭ ކަމަށާއި އެހެންކަމުން މާދަމާ ވެކްސިން ނުދެވޭނެ ކަމަށެވެ.

އިންޑިއާއަކީ ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ގައުމު ނަމަވެސް އެމެރިކާއިން ބައެއް ތަކެތި އެކްސްޕޯޓް ކުރުން މަނާ ކުރުމާއެކު މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ކޮވިޑް ވެކްސިން އުފެއްދުމަށް ވަނީ އަސަރުކޮށްފަ އެވެ.

ވެކްސިން ޕްރޮގްރާމް ފުޅާކުރުމުގެ މަސައްކަތަށް ބުރޫ އަރާފައި ވާއިރު، ކޭސްތައް ދަނީ އަދިވެސް ހިފެހެއްޓުމެއް ނެތި އިތުރުވަމުންނެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރު ތެރޭގައި 386،452 މީހުން ޕޮޒިޓިވްވެ، 3،498 މީހުން މަރުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox