އާސެނަލް އަތުން ވިޔަރެއާލަށް މޮޅެއް, ޔުނައިޓެޑް ފައިނަލާ ފިޔަވަޅަކާ ގާތަށް

Apr 29, 2021, 9:23 PM
ލަނޑު ޖެހުމަށް ފަހު ފެނާންޑޭސް (ކ) އާއި ޕޮގްބާ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ފެނާންޑޭސް (ކ) އާއި ޕޮގްބާ އުފާފާޅުކުރަނީ.

މެންޗެސްޓާ (އޭޕްރީލް 30) - ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ވިޔަރެއާލުން 2-1 އިން އާސެނަލް ބަލިކުރިއިރު، އަމިއްލަ ދަނޑުގައި 6-2 އިން ރޯމާ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ފައިނަލާ ފިޔަވަޅަކާ ގާތަށް ޖެހިލައިފި އެވެ.

އަންނަ ހަފްތާގައި އާސެނަލް ދަނޑުގައި ކުޅޭ މެޗުން ވިޔަރެއާލް ބަލިކޮށްގެން އާސެނަލަށް ފައިނަލުން ފުރުސަތު ހޯދޭނެ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން 2017 ވަނަ އަހަރު ހޯދި ޔުނައިޓެޑުން ރަށުންބޭރުގައި ރޯމާ އަތުން ތަފާތު ބޮޑުކޮށް ބަލިވެގެން ނޫން ގޮތަކަށް ނުކަޓާނެ އެވެ.

އާސެނަލްގެ ކުރީގެ ކޯޗު އުނާއި އެމެރީގެ ކޯޗުކަމުގައި ކުޅުނު ވިޔަރެއާލުން ވަނީ ފުރަތަަމަ 29 މިނިޓް ތެރޭ އާސެނަލް ކޮޅަށް ދެ ގޯލުގެ ލީޑެއް ނަަގައިފަ އެވެ. ވިޔަރެއާލަށް ލީޑުނަގައިދިނީ ތިން ވަނަ މިނިޓްގައި މަނޫ ޓްރިގޭރޯސް އެވެ. މެޗުގެ 29 ވަނަ މިނިޓްގައި ޖެރާޑް މޮރޭނޯ ދިން ބޯޅައަކުން ރައުލް އަލްބިއޯލް ވަނީ ވިޔަރެއާލްގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

Advertisement

މެޗުގެ 59 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު އާސެނަލްގެ ޑެނީ ސެބާޔޯސް އަށް ރަތް ކާޑެއް ދެއްކި އެވެ. އާސެނަލްގެ ކުޅުންތެރިއަކު މަދުވެފައިވަނިކޮށް ވިޔަރެއާލުން ތިން ވަނަ ގޯލެއް ޖެހިޔަނުދީ ހިފެހެއްޓީ އާސެނަލްގެ ކީޕަރު ބާން ލޭނޯ އެވެ.

އާސެނަލަށް ލިބުނު ޕެނަލްޓީ އަކުން ގޯލު ޖަހައިދިނީ ނިކޮލަސް ޕެޕޭ އެވެ. އޭގެ ފަހުން ވިޔަރެއާލްގެ އެޓިއެން ކަޕޫ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކި އެވެ. ދެ ޓީމުގެ ކުޅުންތެރިން ހަމަވި ފަހުން އާސެނަލްގެ ޕިއޭ އެމެރިކް އޮބާމަޔަން އަށް މެޗުގެ ފަހު ވަގުތުގައި ލަނޑުޖަހަން ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.

ރޯމާ އިން ފުރަތަމަ ހާފުގައި އަނިޔާގެ ސަބަބުން ތިން ކުޅުންތެރިން ބަދަލުކުރަން ޖެހުނު ނަމަވެސް ނިންމާލީ ލީޑުގައި އޮވެ އެވެ. ބްރޫނޯ ފެނާންޑޭސް ޔުނައިޓެޑަށް ލީޑުނަގައިދީފައިވަނިކޮށް ރޯމާ އިން އެއްވަރުކުރީ ޕައުލް ޕޮގްބާ އަތުގައި ޖެހުުމުން ދިން ޕެނަލްޓީ އަކުން ލޮރެންޒޯ ޕެލެގްރީނީ ޖެހި ގޯލުންނެވެ. ރޯމާ ލީޑުނެގީ ޕެލެގްރީނީ ދިން ބޯޅައަކުން ކުރިން މެންޗެސްޓާ ސިޓީ އަށް ކުޅުނު އެޑިން ޒެކޯ ޖެހި ގޯލުންނެވެ.

ތަފާތު ރޫހެއްގައި ނުކުމެ ޔުނައިޓެޑުން ވަނީ ދެ ވަނަ ހާފުގައި ފަސް ގޯލު ޖަހައިފަ އެވެ. ޔުނައިޓެޑަށް އެއްވަރުކޮށްދިނީ ފެނާންޑޭސް ދިން ބޯޅައަކުން ކަވާނީ އެވެ. ޔުނައިޓެޑަށް ލީޑުނަގައިދިނީ ކަވާނީ އެވެ. މިއީ އާރޮން ވަން ބިސާކާ ޖެހި ޝޮޓެއް ރޯމާގެ ކީޕަރު މިރަންޓޭ އަތުގައި ޖެހިފައި ނުކުތް ވަގުތު ކަވާނީ ޖެހި ގޯލެކެވެ. ކަވާނީ އަށް ކްރިސް ސްމޯލިން ކުރި ފައުލަކަށް ދިން ޕެނަލްޓީއެއް ކާމިޔާބުކޮށް ފެނާންޑޭސް ޔުނައިޓެޑަށް ހަތަރު ވަނަ ގޯލެއް ޖަހައިދިނެވެ. އެ ޕެނަލްޓީ ދިނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަަލައި ޔަގީންކޮށްފަ އެވެ.

އޭގެ ފަހުން ފެނާންޑޭސް ނެގި ހުރަހަކުން ޕޮގްބާ ބޮލުން ގޯލެއް ޖަހައި ޔުނައިޓެޑަށް ފަސް ވަނަ ގޯލެއް ކާމިޔާބުކޮށްދިނެވެ. ކަވާނީ ދިން ބޯޅައެއް ހިފައިގެން ވަދެ، ޔުނައިޓެޑްގެ ހަ ވަނަ ގޯލު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޒުވާން ފޯވާޑް މޭސަން ގްރީންވުޑް އެވެ.

މިދިޔަ އަހަރުގެ ޔޫރޮޕާ ލީގުގެ ސެމީން ޔުނައިޓެޑް ކެޓީ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ސެވިއްޔާ އަތުންނެވެ. މި ފަހަރުގެ ފައިނަލުގެ ފުރުސަތު ޔުނައިޓެޑަށް ބޮޑުވެފައިވާއިރު، ފައިނަލަށް ގޮސްފިނަމަ އެ ވެގެންދާނީ އެ ޓީމުގެ ކޯޗުކަމާ ކުރީގެ ފޯވާޑް އޮލެ ގުނަ ސޯލްޝެއާ ހަވާލުވި ފަހުން އެ ޓީމު ކުޅޭނެ ފުރަތަމަ ފައިނަލަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox