ރައީސް ޔާމީން މިރޭ ގެއަށް ބަދަލު ކުރަނީ

ކަރެކްޝަނަލް ސާވިސް ގެ ބެލުމުގެ ދަށުގައި ރައީސް ޔާމީން މާލެ ގެނެސްފައި: މިރޭ އެމަނިކުފާނު ގެއަށް ބަދަލުކުރާނެ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކަރެކްޝަނަލް ސާވިސް ގެ ބެލުމުގެ ދަށުގައި ރައީސް ޔާމީން މާލެ ގެނެސްފައި: މިރޭ އެމަނިކުފާނު ގެއަށް ބަދަލުކުރާނެ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެއަށް ބަދަލުކޮށްދޭން ސަރުކާރުން ނިންމައިފި އެވެ.

ރޯދަ މަހަށް ރައީސް ޔާމީނަށް ލުއި ދިނުމުގެ ގޮތުން އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށް ދިނުމަށް އާއިލާއިންނާއި ޕީޕީއެމްއިން ވަނީ އެދިފަ އެވެ.

މި ހިނގާ ރޯދަ މަސް ފެށުމުގެ އެއް ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ ސިޓީފުޅެއް އެމަނިކުފާނަށް ލިބިފައިވާ ކަމަށެވެ.

އެ ސިޓީފުޅުގައި ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށް ދިނުމަށް ފާތިމަތު އެދިވަޑައިގެންފައިވަނީ ރައީސް ޔާމީންގެ ސިއްހީ ހާލުކޮޅަށް ރިއާޔަތްކުރައްވާ ކަމަށެވެ.

ރައީސް ސޯލިހު އެ ދުވަހު ވިދާޅުވެފައިވަނީ، ރައީސް ޔާމީނަށް ދެރަ ގޮތެއް ނުވާނެ ކަމަށާއި، އެމަނިކުފާނު ގެކޮޅަށް ބަދަލުކުރުމަށް، މަޝްވަރާ ކުރަން ޖެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

ނަމަވެސް، އެ މަޝްވަރާތައް ދިގުލައި، ގޮތެއް ނުނިމި ލަސްވަމުންދާތީ އިދިކޮޅުން ވަނީ ކަންބޮޑުވުންފާޅުކޮށް، މުޒާހަރާ ވެސް ކުރަން ފަށައިފަ އެވެ.

ކަރެކްޝަނަލް ސާވިސްގެ އިސް އޮފިޝަލަކު ނަން ނުޖެހުމަށް އެދި "އަދަދު" އަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ތެރޭގައި އެ މަޝްވަރާތައް ކުރުމަށްފަހު، ރައީސް ޔާމީން ގެއަށް ބަދަލުކޮށް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މިރޭގެ ވަގުތެއްގައި އެމަނިކުފާނު ގެއަށް ބަދަލުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ޔާމީން ގޭބަންދަށް ބަދަލުކުރަނީ ރޯދަ މަސް ނިމެންދެންކަމެއް އޮފިޝަލު ވިދާޅެއްނުވެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ޖަލުގައި ހުންނެވިއިރު އިތުރު ޝަރީއަތެއް ވެސް މިހާރު ހިންގަ އެވެ. އެ ޝަރީއަތުގެ މަޖިލީހުގައި ވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ ސިއްހީ ހާލުކޮޅާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފަ އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ބައެއް ސިޔާސީ ބޭފުޅުންނަށް ރޯދަ މަހު ލުއި ދެއްވާފައިވެ އެވެ. އެގޮތުން ޓެރަރިޒަމްގެ ކުށުގައި ޖަލުގައި ހުންނެވި މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް އެ ފުރުސަތު ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox