ބްރޯޑްކޮމަށް ކުރިމަތިލީ ހުސް އަތަކާ ނޫން، އިތުބާރު އޮތް: ޝިފްލާ

ބްރޯޑްކޮމަށް ކުރިމަތިލީ ހުސް އަތަކާ ނޫން، އިތުބާރު އޮތް: ޝިފްލާ

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް އައްޔަންކުރެއްވުމަށް 2019 ވަނަ އަހަރުގެ ފަހުކޮޅު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުށަހެޅުއްވި ނަންތަކުގެ ލިސްޓުގެ ކުރީގައި އޮތް އެއް ނަމަކީ، މީޑިއާ ދާއިރާގެ ތަޖުރިބާކާރު ޝިފްލާ އިބްރާހީމްގެ ނަމެވެ. އެކަމަކު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން އެ ފަހަރު ޝިފްލާ އަށް ވުރެ އިސްކުރީ، ދާއިރާގެ ތަޖުރިބާއެއް ނެތް އެމްޑީޕީގެ އިސް ހަރަކާތްތެރިޔާ އަހުމަދު ގައިސް އެވެ.

ތަޖުރިބާކާރުންގެ ބަދަލުގައި ސިޔާސީ މީހުން އެ ކޮމިޝަނަށް އައްޔަންކުރާތީ ކުރީ ސަރުކާރަށް އެމްޑީޕީން ފާޑުކިޔުމަށް ފަހު، އެގޮތަށް އަމަލުކުރުމުން އެ ޕާޓީ އަށް ފާޑުކިޔުން އަމާޒުވި އެވެ. އެމްޑީޕީން އެގޮތަށް އަމަލުކުރުމުން ބެލެވުނީ ޝިފްލާ ދެން ކުރިމަތިނުލައްވާނެ ކަމަށެވެ. އެކަމަކު ދެ ވަނަ ފަހަރަށް ފުރުސަތު ހުޅުވާލުމުން ވެސް އޭނާ ކުރިމަތިލެއްވި އެވެ. މި ފަހަރު ވެސް ރައީސްގެ ލިސްޓުގެ ކުރިން ޖާގަ ލިބުނު ނަމަވެސް މަޖިލީހުގެ ކޮމިޓީން ރުހުމެއް ނުދިނެވެ.

އެހެންވިޔަސް ޝިފްލާގެ އަޒުމަށް ބަދަލެއް ނަ އެވެ؛ މެމްބަރުގެ މަގާމެއް ހުސްވެގެން ތިން ވަނަ ފަހަރަށް ހުޅުވާލުމުން ވެސް ޝިފްލާ ކުރިމަތިލެއްވި އެވެ. އަދި އެ މަސައްކަތް އެންމެ ފަހުން މިއަދު އެ ވަނީ ކާމިޔާބުކުރައްވައިފަ އެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އިއްތިފާގުން އޭނާ އަށް މި ފަހަރު ރުހުން ދިންއިރު މަޖިލީހުގެ ތަޅަމުން އޭނާގެ ނަން ފާސްކުރީ ބައިވެރިވި 71 މެމްބަރުންގެ އިއްތިފާގުންނެވެ.

މިއަދުގެ ވޯޓަށް ފަހު "އަދަދު" އާ ވާހަކަދައްކަމުން ޝިފްލާ ވިދާޅުވީ ތިން ވަނަ ފަހަރަށް ކުރިމަތިލީ ވެސް މީޑިއާގެ ދާއިރާއިން ތަޖުރިބާ އާއި ތައުލީމު ލިބިފައިވާތީ، ރަނގަޅަށް މަސައްކަތް ކުރެވޭނެ ކަމުގެ އިތުބާރު އޮތުމުން ކަމަށެވެ.

"އަބަދުވެސް ގަބޫލު ކުރަނީ އެއީ އަހަރެންގެ ދާއިރާކަން. ހުސް އަތަކާ ނޫން ކުރިމަތިލީ. ތަޖުރިބާ އާއި ތައުލީމާއެކު ކުރިމަތިލީ. މާސްޓާސް ހަދަން ގަލަން ހިއްލާލީވެސް ބްރޯޑްކޮމް ބޮލުގައި އިނދެގެން،" ޝިފްލާ ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ ޔުނިވާސިޓީން ބެޗެލާސް ޑިގްރީއެއް އަދި އިސްލާމީ ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލުކޮށްފައިވާ ޝިފްލާ ވިދާޅުވީ އޭނާގެ ދިރިއުޅުމުގައި ގިނަ ކަންކަން ވެފައި ހުރީ ފަސޭހައިން ނޫން ކަމަށާއި އެހެންވެ މިކަމުގައި ވެސް ދޫދޭ ބޭނުން ނުވީ ކަމަށެވެ.

"އަޅުގަނޑު ލަދެއް ނުގަނޭ (ތިން ވަނަ ފަހަރަށް ކުރިމަތިލާކަށް ވެސް). ދެރައެއް ވެސް ނުވޭ. ޖެހިލުމެއް ވެސް ނުވޭ،" ޝިފްލާ ވިދާޅުވި އެވެ.

ނިއުސް ޕްރެޒެންޓަރެއްގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ޓީވީއެމްގައި ގިނަ ދުވަސްތަކެއް ވަންދެއް މަސައްކަތްކުރައްވާފައިވާ ޝިފްލާ މިހާރު މަސައްކަތްކުރައްވަނީ ސަންގު ޓީވީގަ އެވެ. ގިނަ އަހަރުތަކެއްގެ ތަޖުރިބާއާއެކު ތަފާތެއް ދައްކަން ޝިފްލާ ބޭނުންވެ އެވެ.

ޝިފްލާ ވިދާޅުވިގޮތުގައި އޭނާ އެންމެ އިސްކަމެއް ދޭނެ އެއްކަމަކީ ނޫސްވެރިކަމަކީ ވަކި ކޮލިފިކޭޝަނެއް އޮވެގެން ކުރެވޭ މަސައްކަތަކަށް ހެދުމަށް ކަމަސެވެ. އެތިކްސްއާއެކު މަސައްކަތް ކުރާ ބަޔަކު އުފެއްދޭނީ އޭރަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއްޗެއް އެނގުމާއި ނޭނގުމާ ވަރަށް ތަފާތު. (ނޫސްވެރިންނަކީ) އެކްރިޓެޑް ކޮށްފައި ތިބޭ ބަޔަކަށް ވާން ވާނެ،" ޝިފްލާ ވިދާޅުވި އެވެ.

އެ ކޮމިޝަން އެކުލަވާލައިފައި ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. ރައީސްގެ މަގާމުގައި ހުންނެވީ މަޝްހޫރު ޕްރެޒެންޓަރު މަރިޔަމް ވަހީދާ އެވެ. ނައިބު ރައީސަކީ އަހުމަދު ގައިސެވެ. މެމްބަރުންގެ ގޮތުގައި ތިއްބެވީ "ހަވީރު" އާއި "ރާއްޖެޓީވީ" ގެ ކުރީގެ ނޫސްވެރިޔާ އަލީ ޔޫސުފާއި ވީޓީވީގެ ކުރީގެ ނޫސްވެރިޔާ އައިމިނަތު އަމީނާ (އަނާ) އިތުރުން އައިމިނަތު ސަހާރަތު އިއްޒަތާއި "ދިޓީވީ" ގެ ކުރީގެ ނޫސްވެރިޔާ އަމްޖަދު ވަހީދު އަދި "ރާއްޖެޓީވީ" ގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ފަޒީނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ރަސްމާލެ މެނިފެސްޓޯގައި ލިޔުނީ ޔަހޫދީން އާބާދުކުރާކަށް ނޫން"

ރަސްމާލެ މަޝްރޫއަކީ 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމަށް އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނުއްވި ކަމެއް ކަމަށާއި، އެއީ ރައީސް މުއިއްޒުގެ އަމިއްލަ މަޝްރޫއެއް ނޫން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ މަޝްރޫއުގެ ބޭނުމަކީ ބޭރުގެ ފަރާތްތަކަށް ނުވަތަ ޔަހޫދީންނަށް އާބާދުވުމުގެ ފުރުސަތު ދިނުން ނޫން ކަމަށާއި، އެފަދަ ކަމަކަށް ގާނޫނު ބަދަލުކުރުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މަދުރުސާ ގޮއްވާލަން އުޅުނު މައްސަލަ: 3 މީހަކަށް މޮނިކޮން އަމުރު

ތ. ތިމަރަފުށީ މަދުރަސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ހިމެނޭ ތިން މީހަކު މޮނިޓާކޮށް ކޮންޓްރޯލްކުރުމަށް ހައިކޯޓުން މޮނިކޮން އަމުރެއް ވަނީ ނެރެފައި. މި އަމުރު ނެރެފައިވަނީ ހޯމް މިނިސްޓްރީން އެދިގެން، ޓެރަރިޒަމްގެ އެކި ތުހުމަތުތައް ކުރެވުނު މުހައްމަދު އާސިރު، އަހްސަން މުހައްމަދު އަދި އަބްދުﷲ ޝަރީފްގެ މައްޗަށް.

ކައުންސިލުގެ އިހުތިސާސުން މުހިންމު 14 ބިމެއް ވަކިކޮށްފި

އެ ބިންތައް ކައުންސިލުގެ އިހްތިސާސުން ވަކި ކުރިކަން އަންގައި ހައުސިން މިނިސްޓްރީ އިން ވަނީ އިއުލާނެއް ގެޒެޓުކޮށްފަ އެވެ. އެ އިއުލާނުގައި ބުނެފައި ވަނީ އެ ބިންތައް ވަކި ކުރީ ލާމަރުކަޒީ ގާނޫނަށް ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެންމެ ފަހުން ގެނައި އިސްލާހުގެ ދަށުން ކަމަށެވެ.

ޔޫއޭއީގެ އިސް އޮފިޝަލަކާ ދިވެހި ސަފީރު ބައްދަލުކޮށްފި

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ތޯރިގު ވިދާޅުވީ ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ސައީދް އަލް ހަޖޭރީއާ އޭނާ ބައްދަލު ކުރެއްވީ "ދެގައުމުގެ މެދުގައިވާ ބައެއް ކަންކަމާމެދު" މަޝްވަރާ ކުރަން ކަމަށެވެ.

ބޭނުންކުރެވޭ ރިޒާވު 200 މިލިއަން ޑޮލަރުން ދަށަށް

ބޭނުންކުރެވޭ ރިޒާވުގައި މިދިޔަ މަސް ނިމުނުއިރު ހުރީ 169.7 މިލިއަން ޑޮލަރު. ސަރުކާރުން ބުނަނީ މި ވަރަށް ރިޒާވު ދަށްވީ ގިނަ ދަރަނިތަކެއް ދައްކަން ޖެހުނު އަހަރެއްގައި ތެޔޮ އިމްޕޯޓު ކުރުމުގެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން.

350 ކިލޯއަށްވުރެ ބަރު އުޅަނދުތަކަށް ނުދުއްވޭ ގަޑިތަކެއް

މާލެ ސަރަހައްދުގެ މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށްޓަކައި، 350 ކިލޯއަށްވުރެ ބަރު އުޅަނދުތައް ދުއްވުން މަނާ ވަގުތުތަކެއް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައި. މިގޮތުން ހެނދުނު 06:00 އިން 08:30 އަށް އަދި 11:30 އިން 01:30 އަށް ބޮޑުތަކުރުފާނު މަގު ފިޔަވައި އެހެން މަގުތަކާއި ބްރިޖުގައި މިފަދަ އުޅަނދުތައް ދުއްވުމަކީ މަނާކަމެއް.

2028 މުއިއްޒަށް ލިބޭނެ ގޮތެއް ނެތް: މަތީން

ރައީސް މުއިއްޒު އަމަލުކުރައްވާ ގޮތާއި ސަރުކާރުގެ ސިޔާސަތުތަކަށް ބަލާއިރު، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމަނިކުފާނަށް ކާމިޔާބު ނުކުރެއްވޭނެ ކަމަށް އެމްޑަބްލިއުއެސްސީގެ ކުރީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox