މާލޭގައި ބަލި ފެތުރޭ މިންވަރު ބޮޑު އެކަމަކު ވެކްސިންގެ ރަނގަޅު ނަތީޖާ ފެންނަން ފަށައިފި: އެޗްޕީއޭ

އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު (މ) ވާހަކަދައްކަވަނީ. --ފޮޓޯ: އެޗްއީއޯސީ

އެޗްޕީއޭ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތުގެ ސްޓޭޓް މިނިސްޓަރު ޝާހު މާހިރު (މ) ވާހަކަދައްކަވަނީ. --ފޮޓޯ: އެޗްއީއޯސީ

ވެރިރަށް މާލޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ގިނަ ކަމަށާއި ނަމަވެސް ވެކްސިންގެ ސަބަބުން ބަލިން ބޮޑުވަރުވާ މީހުން ނިސްބަތުން މަދު ކަމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ "މާލޭގައި ފުދޭވަރެއްގެ ބޮޑު އައުޓްބްރޭކެއް އުޅޭ" ކަމަށެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ މާލޭގައި މީގެ ކުރީ ދެ ހަފްތާއަށް ބަލާއިރުގައި ވެސް އެންމެ ފަހު ހަފްތާގައި ފްލޫ ޕޮޒިޓިވިޓީ ވަނީ ވަރަށް މަތިވެފައި. އޭގެ މާނައަކީ މާލޭގައި ފުދޭވަރަކަށް ބޮޑު އައުޓްބްރޭކެއް އެބަ އުޅެޔޭ،" ޓެކްނިކަލް އެޑްވައިޒަރީ ޓީމުގެ ހިމެނޭ ޑރ. ނަޒްލާ ވިދާޅުވި އެވެ.

ބަލިޖެހޭ މީހުންގެ އަދަދު އިތުރުވާތީވެ ހޮސްޕިޓަލުގައި ބާއްވާންޖެހޭ މީހުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން ހޮސްޕިޓަލައިޒޭޝަން ރޭޓް ބަލާއިރު ވެސް ނަންބާސް މަތިވާ ވަރަކަށް އެޑްމިޓްވާ މީހުން އެބަ އިތުރުވޭ،" އޭނާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ވެކްސިން ޖަހަން ފެށުމުގެ ކުރިން، ބާރު މިނެއްގައި ބަލި ފެތުރެން ފެށުމުން ހިދުމަތް ދިނުމަށް ވަރަށް ބޮޑަށް ދަތިވި ކަމަށެވެ. ނަމަވެސް މިހާރު ވެކްސިނާއެކު ބަލިން ބޮޑުވަރުވާ މީހުން މަދުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ތަންކޮޅެއް ކުރިން ކްރިޓިކަލްވިއިރު އަޅުގަނޑުމެންގެ ބެޑް ކެޕޭސިޓީ 80 ޕަސެންޓަށް އެރި. އެކަމަކު މިހާރު ވެކްސިންޖަހަން ފެށިފަހުން ކޮންމެވެސް ވަރަކަށް ސިވިއަރިޓީ މަދުވެއްޖެ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

ވެކްސިންޖެހޭނެ އާބާދީގެ 67 ޕަސެންޓު މީހުންނަށް ވެކްސިންގެ ކޮންމެވެސް އެއް ޑޯޒު ލިބިފައިވާ ކަމަށް މިއަދު އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

އިއްޔެ ރާއްޖޭގައި 464 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެ އަދަދު އައީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox