ކޮވިޑު މަރުތަކަށް ބެލުމެއް ނެތި އިންޑިއާގެ އިންތިހާބު ކުރިއަށް!

ވޯޓުލާ މަރުކަޒެއްގައި މީހެއްގެ ހުން ޗެކް ކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ވޯޓުލާ މަރުކަޒެއްގައި މީހެއްގެ ހުން ޗެކް ކުރަނީ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑުގެ ދެ ވަނަ ރާޅެއްގައި އިންތިހާއަށް ހާލަތު ގޯސްވެފައިވާ އިންޑިއާގެ ސްޓޭޓް އިންތިހާބުގެ ވޯޓުލުން ފަށައިފި އެވެ.

ވެސްޓް ބެންގޯލް ސްޓޭޓުގެ ވޯޓުލާ މަރުކަޒުތަކުގެ ބޭރުގައި ބޮޑެތި ކިޔު ދަމާލާފައި ވާއިރު، މި ބަލި އިތުރަށް ފެތުރިދާނެ ކަމުގެ ބިރު ވަރަށް ބޮޑެވެ.

ތަޖުރިބާކާރުން އިންޒާރު ދީފައިވާ ގޮތުގައި ބަލީގެ "އެޕިސެންޓަރަކީ" ވެސްޓް ބެންގޯލްއަށް ވުމުގެ ފުރުސަތު އެބަ އޮތެވެ. އެއީ ވޯޓުލުމުގެ ކުރިން ބޮޑެތި ކެމްޕެއިން އެއްވުންތައް ވެސް ބާއްވާފައި ވާތީ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސްޓޭޓުން 17،000 މީހުން ޕޮޒިޓިވްވި އެވެ. މިއީ އެ ސްޓޭޓުގެ ރިކޯޑު އަދަދެކެވެ.

ވެސްޓް ބެންގޯލްގެ ސްޓޭޓް ސަރުކާރު އިންތިހާބު ކުރަން މީގެ ކުރިން ވެސް ވޯޓުލުގެ ހަތް މަރުހަލާ ބާއްވާފައި ވެއެވެ. އިންޑިއާގެ އިރުމަތީގައިވާ މި ސްޓޭޓަކީ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް މެޖޯރިޓީ ލިބިފައި ނުވާ މަދު ސްޓޭޓުތަކުގެ ތެރެއިން ތަނެކެވެ.

މޯދީއަކީ ކޮވިޑުގެ "ސުޕަ ސްޕްރެޑާ" އެއް

ބަލިމަޑުކަމުގައި މީހުންގެ ފުރާނަ ހިފެހެއްޓުމެއް ނެތި ގެއްލެމުން ދާއިރު، ކެމްޕެއިން އެއްވުންތައް ބާއްވަމުން ދިޔުމާ ގުޅިގެން މޯދީއަށް ފާޑުކިޔުން އަމާޒުވެފައި ވެއެވެ.

ބީބީސީން ރިޕޯޓުކޮށްފައިވާ ގޮތުގައި މޯދީ ބައިވެރިވެ ވަޑައިގެންނެވި ބައެއް އެއްވުންތަކުގައި މިލިއަނުން މީހުން ބައިވެރިވިއިރު، ގައިދުރުކަމެއް އަދި މާސްކު އެޅުމެއް ވެސް ނެތެވެ.

މޯދީއަކީ ކޮވިޑު ބަލީގެ "ސުޕަ ސްޕްރެޑާ" އެއް ގޮތުގައި އިންޑިއަން މެޑިކަލް އެސޯސިއޭޝަނުގެ ނައިބު ރައީސް ވެސް ވަނީ ސިފަކުރައްވާފަ އެވެ.

ކެމްޕެއިން އެއްވުމެއްގައި މޯދީ ވާހަކަފުޅު ދައްކަވަނީ.--
ކެމްޕެއިން އެއްވުމެއްގައި މޯދީ ވާހަކަފުޅު ދައްކަވަނީ.--

ކެމްޕެއިން އެއްވުމެއްގައި މޯދީ ވާހަކަފުޅު ދައްކަވަނީ.--

ޑރ. ނަވްޖޯތު ދަހިޔާ ވިދާޅުވީ މޯދީއަކީ "ސުޕަ ސްޕްރެޑާ" އެއް ނުވަތަ ހަލުވިކަމާ އެކު މި ބަލި ފެތުރުމަށް މެދުވެރިވި ސަބަބެއް ކަމަށެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މޯދީ ވަނީ ސައިންޓިފިކް އިންޒާރުތަކަށް ބީރު ކަންފަތެއް ދެއްވައި، ކެމްޕޭން އެއްވުންތައް ކުރިއަށް ގެންދިޔުމަށާއި، ހިންދޫ ދީނުގެ އެންމެ ބޮޑު ފެސްޓިވަލް ބޭއްވުމަށް ހުއްދަ ދެއްވާފަ އެވެ.

އޭގެ އިތުރުން ހާލަތު ގޯސްވެ، އޮކްސިޖަނާއި ބޭސް އަދި ވެކްސިން ހުސްވާ ކަމަށް ހޮސްޕިޓަލްތަކުން ބުނުމުން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ބުނެ ވެސް މޯދީއަށް ފާޑުކިޔުން އަމާޒުވެ އެވެ.

އިންޑިއާއަކީ "ފުރިހަމަ ތޫފާނެއްގެ" ނަތީޖާ

އިންޑިއާއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ދެ ވަނަ ރާޅަކީ ބޮޑެތި އެއްވުންތައް ބޭއްވުމާއި، ނުރައްކާތެރި ވޭރިއެންޓުތައް އެކުވުމާއި، ވެކްސިން ޖެހުން ލަސްވުމުގެ "ފުރިހަމަ ތޫފާނެއްގެ" ނަތީޖާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން އިއްޔެ ބުންޏެވެ.

އިއްޔެ އިންޑިއާގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހުރީ ޖެހިޖެހިގެން ހަ ވަނަ ދުވަހަކަށް ތިން ލައްކައިން މަތީގަ އެވެ. ހޮސްޕިޓަލްތަކާއި ސިއްހީ މަސައްކަތްތެރިން ވަރުބަލިވެ، ހަށިތައް އަންދާނެ ޖާގަ ނެތުން ފަދަ މައްސަލަތައް ދިމާވުމާއެކު ސިފައިން އިއްޔެ ވަނީ އެހީވާން ނުކުމެފަ އެވެ.

ކކ
ކކ

ކޮވިޑުގައި މަރުވި މީހުންގެ ހަށިތައް އަންދަނީ.--

މި ބަލީގައި އިންޑިއާއިން ދެ ލައްކަ މީހުން މަރުވެފައި ވާއިރު، ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދޭނެ އޮކްސިޖަނާއި އިތުރު ސާމާނު ނެތުމުން ގިނަ ހޮސްޕިޓަލްތަކުން ވަނީ މީހުން އެޑްމިޓު ކުރުން ހުއްޓާލާފަ އެވެ.

އިންޑިއާގެ ހާލަތު އޮތް ގޮތުގެ ސަބަބުން ގިނަ ގައުމުތަކަކުން ވަނީ އެ ގައުމަށް ކުރާ ދަތުރުތައް ހުއްޓާލާފަ އެވެ. ގިނަ ގައުމުތަކުން އެހީ ފޮނުވަން ފަށާފައިވީ ނަމަވެސް، ހާލަތު ރަނގަޅުވުމުގެ ނިޝާނެއް އަދި ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox