ގަރާޖު ސިޓީ އުވާލުމާ ދެކޮޅަށް އީވާ އާއި އާޒިމް ވެސް ތެދުވެވަޑައިގެންފި

ގަރާޖު ސިޓީ އުވާލުމާ ދެކޮޅަށް އީވާ އާއި އާޒިމް ވެސް ތެދުވެވަޑައިގެންފި

ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކުރަން ގަރާޖެއް ބޭނުން ނުވާ ގޮތަށް ގާނޫނު އިސްލާހު ކުރުމާ ދެކޮޅަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އާއެކު ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲގެ އިތުރުން ހެންވޭރު މެދު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ތެދުވެވަޑައިގެންފި އެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތައް ރަޖިސްޓްރީކުރަން ގަރާޖެއް ބޭނުން ނުވާ ގޮތަށް އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީން ނިންމާފައިވާއިރު، އިއްޔެ ބަހުސްގެ ތެރެއިން ވެސް ބޮންޑޭގެ ނުރުހުން އެންމެ ބޮޑަށް އަމާޒުވީ އެމްޑީޕީގެ އެހެން މެމްބަރުންނަށެވެ.

އެކަމަކު މިހާރު ގެންނަން އުޅޭ ބަދަލު ބޮންޑޭ އެ ވިދާޅުވާހާ ގޯސް ކަމަަކަށް އެމްޑީޕީގެ އެހެން މެމްބަރުން ގަބޫލެއް ނުކުރައްވަ އެވެ.

ބޮންޑޭ ދެކެވަޑައިގަންނަވާ ގޮތުގައި، އިސްލާހު ހުށަހަޅާފައިވާ ގޮތަށް ފާސްވެއްޖެ ނަމަ "އެމްޑީޕީގެ މެމްބަރުން ގެއަށް ދާންވީ" އެވެ.

އުޅަނދުތައް ގަރާޖެއްގައި ރަޖިސްޓްރީ ކުރުން ލާޒިމު ނުވާ ގޮތަށް ހެދުމަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ.

އެ އިސްލާހުގެ މަގުސަދަކީ ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ގަރާޖު ފީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާ މައްސަލަ ހައްލު ކުރުން ކަމަށް ބުނެފައިވެ އެވެ.

އެ ބިލު ދިރާސާ ކުރިއިރު މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ކަމާގުޅޭ އިދާރާތަކުގެ ލަފަޔާ އެކު ނިންމާފައި ވަނީ އިންޖީނުލީ އެއްގަމު އުޅަނދު ރަޖިސްޓަރީ ކުރަން ހުށަހަޅާއިރު ގަރާޖެއްގައި އެ އުޅަނދެއް ބާއްވާނެ ކަމުގެ ލިޔުން ހުށަހަޅަން ލާޒިމްނުވާ ގޮތަށެވެ.

މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ބޮންޑޭގެ ކަންބޮޑުވުންތައް ތަކުރާރުކުރައްވަމުން އީވާ ވިދާޅުވީ ކޮރަޕްޝަން ހުއްޓުވުމަކަށް ބުނެ ގަވައިދު އުވާލައިގެން އެކަމެއްގެ އަސާސެއް ފިލައިގެންނުދާނެ ކަމަށެވެ.

އަދި އެކަމުގައި ހިނގަމުންދާ ކޮރަޕްޝަން ހުއްޓުވާނީ އެކަމަށް އޮންނަ ގަވައިދު އުވާލުމުގެ ބަދަލުގައި އެ ގާނޫނު ތަންފީޒުކޮށްގެން ކަމަށް މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރައްވާ އީވާ ވިދާޅުވި އެވެ.

ދދ
ދދ

މަޖިލީހުގެ ޖަލްސާއެއްގައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވާހަކަ ދައްކަވަނީ. -ފޮޓޯ: މަޖިލިސް

އެހެންވީމަ، އަޅުގަނޑު ހުށަހަޅަނީ މި ބިލު އަނބުރާ ކޮމިޓީއަށް ގެންގޮސް މިކަމާމެދު އިތުރަށް ވިސްނައި މަޝްވަރާކުރުން. -- އީވާ

އަދި ގަރާޖު ސިޓީ އުވާލައިގެން މާލޭގެ ޓްރެފިކް މައްސަލައަށް ވެސް އަދި ތޮއްޖެހުމަށް ވެސް ހައްލެއް ނާންނާނެކަން އޭނާ ފާހަގަކުރެއްވި އެވެ.

އީވާގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވައި، އަލީ އާޒިމް ވެސް ވިދާޅުވީ ކަމެއް ގޯސްކޮށް ހިނގާކަމަށް ބުނެ އެކަން ހުއްޓުވަން އޮންނަ ގަވައިދެއް ނޫނީ ގާނޫނެއް އުވާލުމަކީ އޭގެ ހައްލެއް ނޫން ކަމަށެވެ.

"ފިހާރައަކަށް ވަދެ ކޮންމެ ދުވަހަކު ދެ މީހަކު ވައްކަން ކުރާތީ، އެ ފިހާރަ ތަޅާލުމަކީ އޭގެ ވަށައިގެން ވާ މީހުންނަށް ފައިދާއެއް ކުރާނެ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ،" އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރުކަން ވެސް ކުރައްވާ އާޒިމް މިސާލެއް ނަންގަވައި ވިދާޅުވި އެވެ.

އެ ބަހުސްގެ ތެރެއިން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާ ތަމްސީލު ކުރައްވާ މުހައްމަދު ނަޝީދު ވެސް ވިދާޅުވީ ގަރާޖު ސިޓީއަކީ ޕާކިންގެ މައްސަލަ އޮތް ހައްލެއް ނޫން ކަމަށެވެ.

އަދި އެހެން ގައުމުތަކުގައި ވެސް ވެހިކަލްތަކުގެ އަދަދު ކޮންޓްރޯލް ކުރަނީ ގަރާޖު ސިޓީން ނޫން ކަމަށާއި، ރަށެއްގެ މަގުތަކުގައި އެންމެ ގިނަ އަދަދެއްގެ ވެހިކަލް ދުއްވޭނެ އަދަދު ކަނޑައެޅޭނެ އިޖުއާރަތްތަކާ މެދު މަޖިލީހުން ވެސް ވިސްނަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox