އިންޑިއާގައި އޮކްސިޖަން ހޯދަން ޓްވީޓް ކުރި މީހަކަށް ޖަލުގެ ބިރު

އިންޑިއާ މީހަކު އޮކްސިޖަން ސިލިންޑަރުތަކެއްގެ ކައިރީގައި އިށީނދެގެން.-- ފޮޓޯ: ރޮއިޓާޒް

އިންޑިއާ މީހަކު އޮކްސިޖަން ސިލިންޑަރުތަކެއްގެ ކައިރީގައި އިށީނދެގެން.-- ފޮޓޯ: ރޮއިޓާޒް

މަރުގެ ތުންފަން މަތީގައި އޮތް ކާފައަށް އޮކްސިޖަން ހޯދަން ޓްވީޓު ކުރި މީހަކާ ދެކޮޅަށް ދައުވާ ކުރަން އެދުމަށް އިންޑިއާ ފުލުހުން ނިންމައިފި އެވެ.

އުއްތަރް ޕްރަދޭޝް ސްޓޭޓަށް ނިސްބަތްވާ ޝަޝާންކް ޔާދަވްއަށް ދައުވާ ކުރަނީ އޮކްސިޖަންގެ ދަތިކަމާ ގުޅޭ ވާހަކަތަކެއް ފަތުރައިގެން ބިރުވެރިކަމާއި ކަންބޮޑުވުން އުފައްދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

ޔާދަވް ކުރި ޓްވީޓުގެ ސަބަބުން އޭނާއަށް ޖަލު ހުކުމެއް އައުން އެކަށީގެންވެ އެވެ.

މިދިޔަ ހޯމަ ދުވަހު އުމުރުން 26 އަހަރުގެ ޔާދަވް ކުރި ޓްވީޓުގައި އެދިފައި ވަނީ އޭނާގެ ކާފައަށް އޮކްސިޖަން ސިލިންޑަރެއް ހޯދަން އެހީވުމަށެވެ. އެކްޓަރު ސޯނޫ ސޫދު ޓެގް ކުރި އެ ޓްވީޓުގައި ކޮވިޑާ ގުޅޭ ވާހަކައެއް ނުވަތަ ކާފައެއް ދިމާވެފައިވާ ސިއްހީ މައްސަލައެއް ހިއްސާކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ އެ "ދޮގު ޓްވީޓު" ގެ ސަބަބުން ގިނަ ބަޔަކު ސަރުކާރާ ދެކޮޅަށް ސާބިތު ނުހިފޭ ތުހުމަތު ކުރަމުންދާ ކަމަށެވެ. އަދި ޔާދަވްއަށް ދައުވާ ކުރަން ފޮނުވަން ނިންމީ "އާއްމުންނަށް އޮޅޭ ގޮތަށް" މައުލޫމާތު ފެތުރުމުން ކަމަށް ބުންޏެވެ.

މިއީ އިންޑިއާގައި މަދަނީ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކުޑަވަމުންދާކަން ހާމަވާ ކަމުގެ ހެއްކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ހޯމަ ދުވަހުގެ ރޭ ޔާދަވްގެ ކާފަ މަރުވެފައި ވާއިރު، އެއީ ކޮވިޑާ ގުޅުން ހުރި މަރެއް ނޫން ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ. ނަމަވެސް މަރުވި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.

ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނަތް
ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނަތް

އުއްތަރު ޕްރަދޭޝްގެ ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނަތް.-- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑުގެ ދެ ވަނަ ރާޅުގައި އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ސްޓޭޓަކީ އުއްތަރު ޕްރަދޭޝެވެ. އެ ތަނުގެ ހާލަތާ މެދު ދޮގު މައުލޫމާތު ދޭ ކަމަށް ޗީފް މިނިސްޓަރު ޔޯގީ އަދިތްޔަނަތްއަށް ތުހުމަތު ކުރެވެ އެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ވަފާތެރި އަދިތްޔަނަތް މި ހަފްތާގައި ވަނީ ކޮވިޑާ ގުޅޭ ދޮގު ހަބަރު ފަތުރާ މީހުންގެ މުދާ ހިފެހެއްޓުމަށް ގޮވާލައްވާފަ އެވެ.

އެ ސްޓޭޓުގެ އެއްވެސް ހޮސްޕިޓަލަކަށް އޮކްސިޖަންގެ ދަތިކަން ދިމާ ނުވާ ކަމަށް އޭނާ ވިދާޅުވި ނަމަވެސް އެހީއަށް އެދި އާދޭސް ކުރާ މީހުން ހޮސްޕިޓަލްތައް ކައިރިއަށް ޖަމާވެފައި ވެ އެވެ.

މި ކާރިސާގެ ސަބަބުން މޯދީއަށް ޕްރެޝަރު ބޮޑުވެ ފާޑުކިޔުން އަމާޒުވެފައި ވާއިރު، އޭނާގެ ސަރުކާރުން ވަނީ ފާޑުކިޔާ ޓްވީޓައް ޓްވިޓާއިން ނެގުމަށް އެދިފަ އެވެ. އިންޑިއާގެ ގާނޫނާ ހަވާލަދީ އެ ގޮތަށް އެދިފައިވުމުން ޓްވިޓާއިން ވެސް އެ އެދުން ތަންފީޒުކޮށްދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox