މޯދީއަކީ ކޮވިޑުގެ "ސުޕަ ސްޕްރެޑާ" އެއް ގޮތަށް ސިފަކޮށްފި

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ.-- ފޮޓޯ: އިންޑިއާ ޓީވީ ނިއުސް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ.-- ފޮޓޯ: އިންޑިއާ ޓީވީ ނިއުސް

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަކީ ކޮވިޑު ބަލީގެ "ސުޕަ ސްޕްރެޑާ" އެއް ގޮތުގައި އިންޑިއަން މެޑިކަލް އެސޯސިއޭޝަނުގެ ނައިބު ރައީސް ސިފަކުރައްވައިފި އެވެ.

ޑރ. ނަވްޖޯތު ދަހިޔާ ވިދާޅުވީ މޯދީއަކީ "ސުޕަ ސްޕްރެޑާ" އެއް ނުވަތަ ހަލުވިކަމާ އެކު މި ބަލި ފެތުރުމަށް މެދުވެރިވި ސަބަބެއް ކަމަށެވެ. އެމަނިކުފާނު ވަނީ "ކޮވިޑާ ގުޅިގެން ގެނައި ހުރިހާ ބަދަލެއް ބައިގެ ތެރެއަށް އެއްލާލާފައި" ކަމަށް ވެސް ދަހިޔާ ތުހުމަތު ކުރެއްވި އެވެ.

އިންޑިއަން މެޑިކަލް އެސޯސިއޭޝަނުން މޯދީއަށް ފާޑުކިޔާފައި ވާއިރު، ކޮވިޑުގެ ދެ ވަނަ ރާޅެއްގައި ކުއްލިއަކަށް އިންޑިއާގެ ހާލަތު ގޯސްވުމާއި، އެ ހާލަތާ މެދު އަމަލު ކުރި ގޮތުގެ ސަބަބުން ގިނަ ބަޔަކު ތިބީ ސަރުކާރާ މެދު ހިތްހަމަނުޖެހިފަ އެވެ.

ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ވެސް ސްޓޭޓް އިންތިހާބުތަކަށް ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން އާއްމުންގެ ރުޅިގަނޑު އަމާޒުވަނީ ސްޓޭޓު ސަރުކާރުތަކުގެ އިތުރުން މައި ސަރުކާރަށެވެ.

ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި މޯދީ ވަނީ ސައިންޓިފިކް އިންޒާރުތަކަށް ބީރު ކަންފަތެއް ދެއްވައި، ކެމްޕޭން އެއްވުންތައް ކުރިއަށް ގެންދިޔުމަށާއި، ހިންދޫ ދީނުގެ އެންމެ ބޮޑު ފެސްޓިވަލް ބޭއްވުމަށް ހުއްދަ ދެއްވާފަ އެވެ.

އޭގެ އިތުރުން ހާލަތު ގޯސްވެ، އޮކްސިޖަނާއި ބޭސް އަދި ވެކްސިން ހުސްވާ ކަމަށް ހޮސްޕިޓަލްތަކުން ބުނުމުން ހަގީގަތް އޮޅުވާލަން މަސައްކަތް ކުރެއްވި ކަމަށް ބުނެ ވެސް މޯދީއަށް ފާޑުކިޔުން އަމާޒުވެ އެވެ.

މޯދީ ވިދާޅުވީ އޮކްސިޖަނާއި ސިއްހީ އިންފްރާސްޓްރަކްޗާ އިތުރު ކުރެވޭނެ ގޮތް ބެލުމަށް އިއްޔެ ވެސް ތިން ބައްދަލުވުމެއް ބޭއްވި ކަމަށެވެ. އަދި އޮކްސިޖަން ސަޕްލައި އަވަހަށް ފޯރުކޮށްދިނުމަށް ރޭލުތަކާއި، އަސްކަރީ ވައިގެ އުޅަނދުތައް ބޭނުން ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.

އެކަމަކު އާއްމުން ގަބޫލުކުރާ ގޮތުގައި މި ކާރިސާއާ މެދު ސަރުކާރުން ފިޔަވަޅު އަޅަމުން ދަނީ ވަރަށް ލަސް ދުވެއްޔެއްގަ އެވެ. އަދި އެންމެ އަވަހަށް ބޭނުންވާ ހިދުމަތްތަކަށް އިސްކަން ނުދޭ ކަމަށް އާއްމުން ދެކެ އެވެ.

އެގޮތުން އާއްމުންނަށް އެހީވާން ސިފައިން ނެރުނީ ވެސް މާ ލަހުން ކަމަށާއި، އެމެޖެންސީ ހޮސްޕިޓަލްތައް އެޅުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ތުހުމަތު ކުރެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީސްޓާ ސަންޑޭ ހަމަލާ: 15 މީހެއްގެ މައްޗަށް ކުށް ސާބިތު

2019 ވަނަ އަހަރު ސްރީލަންކާގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާތަކާ ގުޅިގެން ދައުވާ އުފުލި 15 މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް އެ ގައުމުގެ ހައިކޯޓުން ވަނީ ކަނޑައަޅާފަ އެވެ. ކުށް ސާބިތުވި މީހުންގެ ތެރޭގައި ހަމަލާ ރޭވުމުގައި އިސްކޮށް ހުރި ނައުފަރު މައުލަވީ ހިމެނޭއިރު، މި މައްސަލާގައި ދައުވާކުރި އިތުރު 9 މީހެއްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ނިންމާފަ އެވެ.

ވައިޓް ހައުސްއަށް ވަނުން މަނާކުރުމުން ނޫސްތަކުން ކޯޓަށް

ސީއެންއެން އާއި ޕޮލިޓިކޯ ފަދަ މީޑިއާތައް ވައިޓް ހައުސްއަށް ވަނުން ރައީސް ޓްރަމްޕްގެ ސަރުކާރުން މަނާކުރުމާ ގުޅިގެން، އެ މުއައްސަސާތަކުން ސަރުކާރާ ދެކޮޅަށް ދައުވާކުރަން ނިންމައިފިއެވެ. ނޫސްވެރިކަމުގެ މިނިވަންކަން ދިފާއުކުރުމަށް މި ފިޔަވަޅު އެޅި ނަމަވެސް، ޓްރަމްޕް ވަނީ އެއީ ދޮގު ޚަބަރު ފަތުރާ މީޑިއާތަކެއް ކަމަށް ބުނެ އެ ނިންމުމަށް ތާއީދުކުރައްވާފައެވެ.

ދެކުނު ކޮރެއާގަ 5 އަހަރުން ދަށުގެ ކުދިން ވިޔަފާރި މަންދޫބުންނަށް

ދެކުނު ކޮރެއާގައި ކޮންމެ އަހަރަކު އެތައް ސަތޭކަ ކުޑަކުދިންނެއް ވިޔަފާރިތަކުގެ މަންދޫބުންގެ ގޮތުގައި ރަޖިސްޓްރީކޮށް، ބޮޑެތި އާމްދަނީތައް ހޯދަމުންދާކަން ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ. މީގެ ތެރޭގައި ފަސް އަހަރުން ދަށުގެ ކުދިންވެސް ހިމެނޭއިރު، ބައެއް ކުދިންނަށް އަހަރަކު 100 މިލިއަން ވޮންއަށްވުރެ ގިނައިން އާމްދަނީ ލިބޭކަމަށް ރިޕޯޓުތަކުން ދައްކައެވެ. މިކަމަކީ އެ ގައުމުގެ މުޖުތަމައުގައި އޮތް އިގްތިސާދީ ނުހަމަހަމަކަން ހާމަކޮށްދޭ ކަމެއް ކަމަށް މަސްއޫލުވެރިން ފާހަގަކުރައްވައެވެ.

410 މިލިއަން ޑޮލަރުގެ ޑީލްތަކުގައި 25000 މީހުން ޑީޕޯޓުކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން 410 މިލިއަން ޑޮލަރުގެ ސިއްރު އެއްބަސްވުންތަކެއްގެ ދަށުން، 25،000 އަށްވުރެ ގިނަ ހިޖުރަވެރިން އެމީހުންނާ ގުޅުމެއް ނެތް ތިންވަނަ ގައުމުތަކަށް ޑީޕޯޓްކޮށްލާފައިވާކަން ތަހުގީގީ ރިޕޯޓަކުން ހާމަވެއްޖެއެވެ. މި އެއްބަސްވުންތަކަށް އެއްބަސްވުމަށް ބައެއް ގައުމުތަކަށް މަޖުބޫރުކުރުވާފައިވާއިރު، ގާނޫނީ އެއްވެސް ހިމާޔަތެއް ނެތި މި މީހުން ފޮނުވާލަނީ ނުރައްކާތެރި ހާލަތަކަށް ކަމަށް ވަކީލުން ބުނެއެވެ.

ދެކުނު އެފްރިކާގައި ނުވަ އަންހެނެއްގެ ހަށިގަނޑު ފެނިއްޖެ

ދެކުނު އެފްރިކާގެ ޖޯހަނަސްބާގުން ނުވަ އަންހެނެއްގެ ހަށިގަނޑު ފެނުނު މައްސަލައިގެ ތަހުގީގަށް ފިރިހެނަކާއި ދެ އަންހެނުން މިހާރު ވަނީ ހައްޔަރުކޮށްފައެވެ. މި މަރުތަކަކީ ސިލްސިލާ ގާތިލެއްގެ އަމަލުތަކެއްކަން އަދި ކަށަވަރުނުވި ނަމަވެސް، މިއީ އެ ގައުމުގައި އަންހެނުންނަށް ކުރާ އަނިޔާ އިންތިހާއަށް އިތުރުވެފައިވާކަން ހާމަވާ ކަމެކެވެ.

އޮސްޓްރޭލިއާގައި އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވަނީ

އޮސްޓްރޭލިއާގައި އުފަންވާ މީހުންނަށް ވުރެ މަރުވާ މީހުންގެ އަދަދު 2060 ގެ އަހަރުތަކުގައި އިތުރުވެ، އާބާދީ މުސްކުޅިވުމުގެ މައްސަލަ ބޮޑުވާނެ ކަމަށް އެ ގައުމުން ލަފާކޮށްފިއެވެ. މިއީ އުފަންވާ މިންވަރު ދަށްވުމާއި ހިޖުރަކުރާ މީހުން މަދުވުމުގެ ސަބަބުން ކުރިމަތިވާ ބަދަލެއް ކަމަށާއި، މީގެ ސަބަބުން ކުރިއަށް އޮތް 40 އަހަރު ދުވަހުގެ ތެރޭގައި އެ ގައުމުގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.

އިމްރާން ޚާންގެ ކޮއްކޯފުޅު ހައްޔަރުކޮށްފި

ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން މިނިވަންކުރުމަށް ގޮވާލައި ބާއްވާ މުޒާހަރާތަކުގެ ކުރިން، އޭނާގެ ކޮއްކޮ އަލީމާ ޚާނަމް 30 ދުވަހުގެ މުއްދަތަށް ހައްޔަރުކޮށްފިއެވެ. ކަމާބެހޭ އިދާރާތަކުން ބުނާގޮތުގައި އޭނާ ހައްޔަރުކުރީ ގައުމުގެ އަމަންއަމާންކަން ގެއްލުވާލުމަށް މީހުން އެއްކޮށް، ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރަމުންދާތީއެވެ.

Newsletter

Get the latest news delivered straight to your inbox