ޕީއެސްޖީ ދަނޑުގައި ފަހަތުން އަރައި މޮޅުވެ ސިޓީ ފައިނަލާ ގާތަށް

Apr 28, 2021, 9:23 PM
ލަނޑު ޖެހުމަށް ފަހު ސިޓީގެ މާރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ސިޓީގެ މާރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (އޭޕްރީލް 29) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މިރޭ ރަށުންބޭރުގައި ފަހަތުން އަރައި 2-1 އިން ޕީއެސްޖީ ބަލިކޮށް މެންޗެސްޓާ ސިޓީ މުބާރާުތުގެ ފައިނަލާ ގާތަށް ޖެހިލައިފި އެވެ.

އަންނަ ހަފްތާގައި ސިޓީ ދަނޑުގައި ކުޅޭ މެޗު އެއްވަރުކޮށްލައިގެން ނޫނީ 1-0 އިން ޕީއެސްޖީ މޮޅުވިޔަސް ފައިނަލުގެ ޖާގަ ލިބޭނީ ސިޓީ އަށެވެ. މެޗު އިތުރު ވަގުތު ކުޅެން ޖެހޭނީ 2-1 އިން ޕީއެސްޖީ މޮޅުވެގެންނެވެ. އެ އަށް ވުރެ ބޮޑު ސްކޯ އަކުން ޕީއެސްޖީ މޮޅުވެއްޖެނަަމަ އެ ޓީމަށް ޖެހިޖެހިގެން ދެ ވަނަ ސީޒަނުގައި ފައިނަލުގެ ފުރުސަތު ލިބޭނެ އެވެ. ޕީއެސްޖީ މިދިޔަ އަހަރުގެ ފައިނަލުން ބަލިވީ ބަޔާން މިއުނިކް އަތުންނެވެ.

މިއީ ސިޓީން އެ ކްލަބްގެ ތާރީހުގައި ސެމީ ފައިނަލްގައި ކުޅޭ ދެ ވަނަ ފަހަރެވެ. ސިޓީގެ ކޯޗުކަމާ 2016 ވަނަ އަހަރު ޕެޕް ގާޑިއޯލާ ހަވާލުވިފަހުން އެ ޓީމުން ސެމީ ފައިނަލަށް ދަތުރުކުރީ މި ފަހަރު އެވެ.

މިރޭގެ މެޗު ފަށައިގެން 15 ވަނަ މިނިޓްގައި އެންހެލް ޑި މާރިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ޕީއެސްޖީ އަށް ލީޑުނަގައިިދިނީ އެ ޓީމުގެ ކެޕްޓަން މާކުއީނިއޯސް އެވެ. ޑި މާރިއާ ނެގި ކޯނަރަކުން ސިޓީ ޑިފެންޑަރުންގެ ތެރެއިން އަރައި މާކުއީނިއޯސް މި ގޯލު ޖެހީ ބޮލުންނެވެ. މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ އާއި ސެމީގައި ވެސް މާކުއިނީއޯސް ގޯލު ޖެހި ގޮތަށް މި ފަހަރު ވެސް އޭނާ އެކަން ތަކުރާރުކުރީ އެވެ.

ނަތީޖާ ހަމަހަމަކުރަން ސިޓީން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 64 ވަނަ މިނިޓްގަ އެވެ. އޭރިއާބޭރުން ސިޓީގެ ކެޕްޓަން ކެވިން ޑިބްރޭނާ ހުރަސްކުރަން އޭރިއާތެރެއަށް ފޮނުވާލި ބޯޅަ އެއްވެސް ކުޅުންތެރިއަކު ގައިގައި ނުޖެހި އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ. ޕީއެސްޖީގެ ކީޕަރު ކޭލޯ ނަވާސް ވިސްނައިގެން ހުރީ އެ ބޯޅަ ގޯލަށް ފޮނުވާލަން ކުޅުންތެރިއަކު އަރާނެ ކަމަށެވެ. އެކަމަކު ގޯލަށް ބޯޅަ ވަނީ އެ ހުއްޓުވަން އެރި ޕީއެސްޖީ ޑިފެންޑަރަކަށް ވެސް ނުލިބި އެވެ.

ސިޓީން އެއްވަރުކުރިތާ ހަތް މިނިޓް ފަހުން ވަނީ ދެ ވަނަ ގޯލެއް ޖަހައިފަ އެވެ. މިއީ މެޗުގެ 71 ވަނަ މިިނިޓްގައި ހިލޭ ޖެހުމަކުން ރިޔާދު މާރޭޒް ވައްދާލި ގޯލެކެވެ. މާރޭޒް ފޮނުވާލި ހިލޭ ޖެހުން ގޯލަށް ވަނީ ޕީއެސްޖީގެ ދިފާއީ ފާރުގެ ތެރެއިންނެވެ. އެ ބޯޅަ ގޯލަށް ވަން ގޮތުން ޕީއެސްޖީގެ ކީޕަރު ނަވާސް ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ.

ޕީއެސްޖީ މެޗު ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 77 ވަަނަ މިނިޓްގައި ޕީއެސްޖީގެ އިދްރީސާ ގާނާ ގޭ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. ކުރިން އެވަޓަން އަށް ކުޅުނު ގޭ އަށް ރަތް ކާޑެއް ދެއްކީ ސިޓީގެ އިލްކާއި ގުންޑޮގާން އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.

މިދިޔަ ޖެނުއަރީ މަހު ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި މައުރީސިއޯ ޕޮޗެޓީނޯގެ ކޯޗުކަމުގައި އެ ޓީމުން ވަނީ ނޮކައުޓް ފުރަތަމަ ބުރުގައި ބާސެލޯނާ ކަޓުވާލައިފަ އެެވެ. އަދި ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކްގެ މައްޗަށް ކުރިހޯދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox