ޑަބްލިއުއެޗްއޯއިން ބުނަނީ އިންޑިއާއަކީ "ފުރިހަމަ ތޫފާނެއްގެ" ނަތީޖާ ކަމަށް

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ އާއިލާއިން ހޮސްޕިޓަލް ބޭރުގައި ހިތާމަ ފާޅުކުރަނީ.-- ފޮޓޯ: އޭޕީ

އިންޑިއާގައި ކޮވިޑް ޖެހިގެން މަރުވި މީހެއްގެ އާއިލާއިން ހޮސްޕިޓަލް ބޭރުގައި ހިތާމަ ފާޅުކުރަނީ.-- ފޮޓޯ: އޭޕީ

އިންޑިއާއަށް މިހާރު ކުރިމަތިވެފައިވާ ކޮވިޑުގެ ދެ ވަނަ ރާޅަކީ ބޮޑެތި އެއްވުންތައް ބޭއްވުމާއި، ނުރައްކާތެރި ވޭރިއެންޓުތައް އެކުވުމާއި، ވެކްސިން ޖެހުން ލަސްވުމުގެ "ފުރިހަމަ ތޫފާނެއްގެ" ނަތީޖާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

އިއްޔެ އިންޑިއާގައި ޕޮޒިޓިވް ކޭސްތަކުގެ އަދަދު ހުރީ ޖެހިޖެހިގެން ހަ ވަނަ ދުވަހަކަށް ތިން ލައްކައިން މަތީގަ އެވެ. ހޮސްޕިޓަލްތަކާއި ސިއްހީ މަސައްކަތްތެރިން ވަރުބަލިވެ، ހަށިތައް އަންދާނެ ޖާގަ ނެތުން ފަދަ މައްސަލަތައް ދިމާވުމާއެކު ސިފައިން އިއްޔެ ވަނީ އެހީވާން ނުކުމެފަ އެވެ.

ޑަބްލިއުއެޗްއޯގެ ތަރުޖަމާނު ތާރިކް ޖަސަރެވިޗް ވިދާޅުވީ އެ ޖަމިއްޔާއިން އިންޑިއާއަށް ބޭނުންވާ ކުއްލި އެހީގެ ސާމާނާއި އިތުރު ސަޕްލައި ފޮނުވަމުންދާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ލިބުން ދަތިވެފައިވާ އަދި ފުރާނަ ސަލާމަތް ކުރަން މުހިއްމު 4،000 އޮކްސިޖަން ކޮންސެންޓްރޭޓަރު ހިމެނެ އެވެ.

މި ބަލީގައި އިންޑިއާއިން ދެ ލައްކަ މީހުން މަރުވެފައި ވާއިރު، ހާލު ބޮޑުވާ މީހުންނަށް ފަރުވާ ދޭނެ އޮކްސިޖަނާއި އިތުރު ސާމާނު ނެތުމުން ގިނަ ހޮސްޕިޓަލްތަކުން ވަނީ މީހުން އެޑްމިޓު ކުރުން ހުއްޓާލާފަ އެވެ.

"މި ވަގުތު މައްސަލަ ޖެހޭ އެއް ސަބަބަކީ ރަނގަޅު މައުލޫމާތު ނެތުމުގެ ސަބަބުން މީހުން ހޮސްޕިޓަލަށް ދާތީ. ވިސްނަން ޖެހޭ ކަމަކީ ގޭގައި ވެސް ރައްކާތެރި ކަމާއެކު ފަރުވާދެވިދާނެކަން،" ޖަސަރެވިޗް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮވިޑު ބަލި ޖެހޭ މީހުންގެ ތެރެއިން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހެނީ އެންމެ 15 ޕަސެންޓް މީހުންނަށެވެ. އޭގެ ތެރެއިން އޮކްސިޖަން ބޭނުން ވަނީ އެއަށް ވުރެ މަދު ބަޔަކަށެވެ.

ޖަސަރެވިޗް ވިދާޅުވީ ކޮމިއުނިޓީ ސެންޓަރުތައް ހަދާ، އެ ތަންތަނުން ބަލި މީހުންނަށް ގޭގައި ފަރުވާ ކުރެވޭނެ ގޮތުގެ މައުލޫމާތު ދޭން ޖެހޭ ކަމަށާއި ބަލި މީހުންނަށް ހާއްސަ ހޮޓްލައިންތައް ވެސް ގާއިމްކުރަން ޖެހޭ ކަމަށެވެ.

އިންޑިއާގެ ހާލަތު އޮތް ގޮތުގެ ސަބަބުން ގިނަ ގައުމުތަކަކުން ވަނީ އެ ގައުމަށް ކުރާ ދަތުރުތައް ހުއްޓާލާފަ އެވެ. ގިނަ ގައުމުތަކުން އެހީ ފޮނުވަން ފަށާފައިވީ ނަމަވެސް، ހާލަތު ރަނގަޅުވުމުގެ ނިޝާނެއް އަދި ނުފެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox