އިންޑިއާގެ ކޮވިޑް މަރުތައް ދެ ލައްކައާ ގާތަށް، ސިފައިން އެހީވާން ނިކުމެއްޖެ!

އިންޑިއާގައި ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް އަންދަނީ.-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގައި ކޮވިޑުގައި މަރުވާ މީހުންގެ ހަށިތައް އަންދަނީ.-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގައި ފާއިތުވި 24 ގަޑިއިރު ތެރޭގައި ކޮވިޑް ޖެހިގެން މަރުވި 2،771 މީހުންނާއެކު ޖުމްލަ މަރުވި މީހުންގެ އަދަދު ދެ ލައްކައާ ގާތްކޮށްފި އެވެ.

ކޮވިޑުގެ ދެ ވަނަ ރާޅެއްގައި ވަރަށް ބޮޑަށް ހާލަތު ގޯސްވެފައިވާ އެ ގައުމުގައި ކަންކަން ކޮންޓްރޯލް ވާން އުޅޭ ކަމުގެ ނިޝާނެއް އަދިވެސް ނުފެނެ އެވެ. އެހެންކަމުން ސިފައިން ވަނީ އެހީވާން ނިކުމެފަ އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 323،144 މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. މިއީ އޭގެ ކުރީ ތިން ދުވަހާ އަޅާ ބަލާއިރު ކުޑަ ތަންކޮޅެއް މަދު އަދަދެކެވެ.

ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި ކުއްލިއަކަށް ކޭސްތައް އިތުރުވުމުން ބާރު ބޮޑުވެފައިވާ ހޮސްޕިޓަލްތަކުން އަދިވެސް އުޅެނީ ބަލި މީހުންނަށް ފަރުވާ ކުރެވޭނެ ގޮތެއް ނެތިގެންނެވެ.

ގާތްގަނޑަކަށް 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާގައި މިއަދާ ހަމައަށް ޖުމްލަ 17.64 މިލިއަން މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. މަރުވެފައި ވަނީ 197،894 މީހުންނެވެ. ނަމަވެސް ތަޖުރިބާކާރުން ދެކޭ ގޮތުގައި މަރުވި މީހުންގެ އަދަދު އެއަށް ވުރެ މާ މަތިވާނެ އެވެ.

"ދުވާލެއްގެ މައްޗަށް އަންނަ ކޭސްތައް ދަށްވެފައި ވަނީ ޓެސްޓު ކުރާ މިންވަރު ދަށްވުމުންކަން ހަނދާން ބަހައްޓާތި،" ދެކުނު ކެރަލާ ސްޓޭޓުގެ އިންޑިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓުގެ ޕްރޮފެސަރު އަދި ހެލްތު އިކޮނޮމިސްޓް ރިޖޯ އެމް ޖޯން ޓްވިޓާގައި ވިދާޅުވި އެވެ.

"މިއީ ކޭސްތައް މަދުވުން ކަމުގައި ދެކިގެން ނުވާނެ، އެކަމަކު މިއީ ޕޮޒިޓިވް ކޭސްތައް ދެނެނުގަނެވޭ ކަމުގެ ނިޝާނެއް!.

އިންޑިއާ ސަރުކާރުން ވަނީ މި ކާރިސާގައި އާއްމުންނަށް އެހީވުމަށް ސިފައިން ނިކުތުމަށް ގޮވާލާފަ އެވެ.

ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރަވާތް ވިދާޅުވީ ސިފައިންނަށް ހާއްސަ އޮކްސިޖަން އަސްކަރީ ރިޒާވުން ނެގުމަށް ފަހު އާއްމުންނަށް ދޭނެ ކަމަށެވެ. އަދި ރިޓަޔާކޮށްފައިވާ މެޑިކަލް ސިފައިން ވެސް މަސައްކަތް ނިކުންނާނެ ކަމަށް ވިދާޅުވި އެވެ.

ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ސިފައިން ކުރާ މަސައްކަތާ ބެހޭ މައުލޫމާތު އަރުވަމުން ރަވާތް ވިދާޅުވީ ސިފައިން އަތުގައި ހުރި ހުރިހާ އޮކްސިޖަން ސިލިންޑަރެއް ބޭނުން ޖެހިފައިވާ ހޮސްޕިޓަލްތަކަށް ބަހާލާނެ ކަމަށެވެ.

ރިޓަޔާކޮށްފައިވާ ސިފައިންނަށް ވެސް އަންގާފައިވަނީ އެމެޖެންސީ ހެލްޕްލައިންތައް މެދުވެރިކޮށް އާއްމުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އޭގެ އިތުރުން ހޮސްޕިޓަލުތަކުގައި ވަރުބަލިވެފައިވާ ސިއްހީ މަސައްކަތްތެރިންނަށް އެހީވުމުގެ ގޮތުން ސިފައިންގެ ނަރުހުންނާއި މެޑިކަލް އޮފިސަރުން ވެސް މަސައްކަތް ފަށާނެ އެވެ.

މުޅި އިންޑިއާއަށް އޮކްސިޖަންގެ ދަތިކަން

ވެރިރަށް ނިއު ދިއްލީއަށް ބޭނުންވާ 70 ޓަނުގެ އޮކްސިޖަން ހިފައިގެން ފުރަތަމަ "އޮކްސިޖަން އެކްސްޕްރެސް" މިއަދު ހެނދުނު އެ ސިޓީއަށް ގޮސްފައި ވެއެވެ. ނަމަވެސް މިއީ އެ ތަނަށް ބޭނުންވާ އޮކްސިޖަންގެ ކުޑަ މިންވަރެކެވެ.

އެހެންކަމުން 20 މިލިއަން މީހުން ދިރިއުޅޭ ދިއްލީގެ ހާލަތު އަދިވެސް ދަނީ ގޯހުން ގޯހަށެވެ. އިންޑިއަން ސްޕައިނަލް އިންޖަރީޒް ސެންޓަރުގެ ޗީފް އޮފް މެޑިކަލް އެޑްމިނިސްޓްރޭޝަން ޑރ. ކޭ ޕްރީތަމް ވިދާޅުވީ ދެ ޕޭޝަންޓުންނަށް އެއް އޮކްސިޖަން ސިލިންޑަރު ބޭނުންކޮށްގެން މީހުން ސަލާމަތް ކުރެވޭތޯ ހޮސްޕިޓަލްތަކުން ބަލަމުންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުން ނުނިދާތާ ހަތް ދުވަސް ވެއްޖެ. އޮކްސިޖަންގެ ދަތިކަމުގެ ސަބަބުން އަޅުގަނޑުމެންނަށް ޖެހެނީ އެއް ސިލިންޑަރުން ދެ ޕޭޝަންޓުންނަށް ފަރުވާ ދޭން. މި ކަމަށް ބޭނުންވާ ދިގު ޓިއުބު ލިބެން ނެތުމުން މިއީ ވަރަށް ވަގުތު ނަގާ ކަމެއް،" އޭނާ ވިދާޅުވި އެވެ.

ހުރިހާ ބޮޑެތި ސިޓީއެއްގެ ހޮސްޕިޓަލްތަކާއި، ބަލި މީހުންނާއި، އެ މީހުންގެ އާއިލާ އަދި ރައްޓެހިން ވެސް އަންނަނީ މެޑިކަލް އޮކްސިޖަނާއި، ހޮސްޕިޓަލް އެނދާއި، ބޭސް ހޯދަން އެދި އާދޭސް ކުރަމުންނެވެ.

ގިނަ ބަލި މީހުންނާއި އެ މީހުންގެ އާއިލާތައް މިހާރު ތަކެތި ހޯދަން އެނބުރެނީ ކަޅު ބާޒާރަށެވެ. ކަޅު ބާޒާރުގައި އޮކްސިޖަން ސިލިންޑަރާއި ބޭހުގެ އަގު ވަނީ އަތް ނުފޯރާ ފަށުގަ އެވެ.

އެންމެ ބޮޑަށް އަސަރުކޮށްފައިވާ ބައެއް ސިޓީތަކުގައި މަރުވާ މީހުންގެ ހަށިތައް އެއް ފަހަރާ އަންދަން ބޮޑެތި ފެސިލިޓީތައް ގާއިމްކޮށްފައިވަނީ ޕާކުތަކާއި ޕާކިން ލޮޓުތަކުގަ އެވެ.

އެގޮތުން ދިއްލީގައި ހުންނަ ސަރައި ކޭލް ހާން ފެސިލިޓީއަކީ މީގެ ކުރިން ދުވާލަކު 22 މީހުންގެ ހަށި އަންދަމުންދިޔަ ތަނެކެވެ. މިހާރު އެ ތަނުގެ ކެޕޭސިޓީއަށް ވުރެ އެތައް ގުނައެއް އިތުރުކޮށް ކޮންމެ ދުވަހަކު ވެސް 70-60 މީހުންގެ ހަށިގަނޑު އަންދަން ޖެހެ އެވެ.

އޭގެ އިތުރުން ހަށިގަނޑު ވަޅުލާން ބޭނުންވާ އާއިލާތަކަށް ބިމުގެ ދަތިކަން ވެސް ބައެއް ސިޓީތަކުގައި އެބަ އޮތެވެ. ދެކުނު ކަރްނާޓަކާ ސްޓޭޓުގެ މިނިސްޓަރު އާރް އާޝޯކާ އެންޑީޓީވީއަށް ވިދާޅުވީ ބެންގަލޫރުގެ ހިސާބަކުން މީހުން ވަޅުލާނެ ބިމެއް ލިބޭތޯ ބަލަމުންދާ ކަމަށެވެ.

އިނގިރޭސިވިލާތުގެ އެހީގެ ފުރަތަމަ ޝިޕްމަންޓް ލިބިއްޖެ

އެމެރިކާގެ ޗެމްބާ އޮފް ކޮމާސް އިން ވަނީ ދުނިޔޭގެ ހަ ވަނައަށް އެންމެ ބޮޑު އިންޑިއާގެ އިގްތިސާދު ކުއްލިއަކަށް ހުއްޓިދާނެ ކަމުގެ އިންޒާރު ދީފަ އެވެ.

"އަޅުގަނޑުމެންނަށް ބެލެވެނީ މި ހާލަތު ރަނގަޅުވުމުގެ ކުރިން އަދި އިތުރަށް ގޯސްވާނެ ކަމަށް،" ޗެމްބާ އޮފް ކޮމާސްގެ އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓް މައިރަން ބްރިލިއަންޓް ރޮއިޓާޒްއަށް ވިދާޅުވި އެވެ.

މި ހާލަތުގައި ގިނަ ގައުމުތަކުން ވަނީ އިންޑިއާއަށް އެހީވާން ވައުދުވެފަ އެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތް، ޖަރުމަނު، އެމެރިކާ އަދި ފްރާންސް ހިމެނެ އެވެ.

އިނގިރޭސިވިލާތުގެ ފުރަތަމަ ޝިޕްމަންޓް، 100 ވެންޓިލޭޓަރާއި 95 އޮކްސިޖަން ކޮންސެންޓްރޭޓަރު މިއަދު ހެނދުނު ވަނީ ދިއްލީއަށް ފޯރާފަ އެވެ.

ފްރާންސުން ނިންމީ 250 ހޮސްޕިޓަލް އެނދަށް އެއް އަހަރަށް ވާ ވަރަށް އޮކްސިޖަން އުފެއްދޭނެ ޖެނެރޭޓަރު ފޮނުވުމަށެވެ. އެމެރިކާއިން ވެސް ނިންމާފައިވަނީ އޮކްސިޖަން ފޮނުވާށެވެ. އޭގެ އިތުރުން އެ ގައުމުގެ ސްޓޮކުގައި ރައްކާކޮށްފައި ހުރި އޮކްސްފޯޑް ވެކްސިން އިންޑިއާއަށް ފޯރުކޮށްދިނުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox