ރުގުޔާގެ ނަމުގައި ޖިންސީ އަނިޔާކުރި މީހުންގެ ބަންދު ލުއި ނުކުރި

ކުރިމިނަލް ކޯޓު: ރުގުޔާގެ ނަމުގައި އަނިޔާ ކުރި މީހުންގެ ބަންދަށް ލުޔެއް ނުދިން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކުރިމިނަލް ކޯޓު: ރުގުޔާގެ ނަމުގައި އަނިޔާ ކުރި މީހުންގެ ބަންދަށް ލުޔެއް ނުދިން - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ރުގުޔާއިން ފަރުވާކޮށް ދިނުމަށް ކަމަށް ބުނެ، ގެއެއްގެ ތެރޭގައި އަންހެނަކާއި އޭނާގެ ކުޑަ ދަރިފުޅު ބަންދުކޮށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދިން މައްސަލާގައި ދައުވާ އުފުލާފައިވާ ދެ މީހުން ބަންދަށް ލުއި ނުދޭން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ހިނގައިދިޔަ މި ހާދިސާއާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ. ކަނދޮޅުދޫ، މިރިހިމާގެ، އިސްމާއީލް ވަހީދާއި ރ. ކަނދޮޅުދޫ، ދިލްސާދުއާގެ މުހައްމަދު އަސީލްގެ މައްޗަށެވެ. މީގެ ތެރެއިން އިސްމާއިލް ވަހީދަކީ އަނިޔާ ލިބުނު އަންހެންމީހާގެ ފިރިމީހާ އެވެ. އަސީލަކީ، ރުގުޔާ ކުރުމަށް އެގެއަށް ގެނައި މީހެކެވެ.

މި ދެ މީހުންގެ މައްޗަށް ވެސް ގިނަ ދައުވާތަކެއް އުފުލާފައިވާއިރު، އޭގެ ތެރޭގައި ކުޑަ ކުއްޖަކަށް ޖިންސީ އަނިޔާކުރުމުގެ ދައުވާ ވެސް ހިމެނޭތީ، މައްސަލަ ކުރިމިނަލް ކޯޓުން ކުރިއަށް ގެންދަނީ އާންމުކޮށް ހުޅުވާނުލަ އެވެ. އެއީ، އެފަދަ ޝަރީއަތްތައް ސިއްރުކުރަން ވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާތީ އެވެ.

Advertisement

މިއަދު ކުރިމިނަލް ކޯޓުގައި ސިއްރުކޮށްގެން ކުރިއަށް ދިޔަ އަޑުއެހުމުގައި، ދައުވާ ލިބޭ ދެ މީހުންގެ ބަންދު މުރާޖައާކުރުމަށާއި އިބްތިދާއީ ކަންކަން ކުރިއަށް ގެންދިޔުމަށެވެ.

އަޑުއެހުމުގައި ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި ތިބުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތް ކަމެވެ. އޭގެ ސަބަބުތަކެއްގެ ގޮތުގައި ވަކީލް ފާހަގަ ކުރެއްވީ، އެމީހުންނާ ދެކޮޅަށް ހެކި ބަސް ދޭން ތިބީ އާންމުންގެ ބަޔަކަށްވެފައި، އެ ހެކިންގެ މައްޗަށް ނުފޫޒު ފޯރުވަދާނެތީ އެވެ. އަދި، އަސީލަކީ ރުގުޔާގެ ނަމުގައި މީހުންގެ އިތުބާރު ހޯދައި އޭގެން ނާޖައިޒު ފައިދާ ނަގާފައިވާ މީހެއްކަމުން އޭނާއަކީ މުޖުތަމައުއަށް ނުރައްކާތެރި ވެސް މީހެއް ކަމެވެ.

އޭގެއިތުރުން، ދައުވާ ލިބޭ ވަހީދު ވަނީ މައްސަލާގައި އަނިޔާ ލިބުނު މީހުންނާ މުއާމަލާތް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމާއި، އޭނާ އަމަލު ހިންގާފައިވާ ގޮތުން އޭނާއަކީ ވެސް މުޖުތަމައުއަށް ނުރައްކާވާ މީހެއް ކަމަށެވެ.

ހެކިންނަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތުމާއި މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ ހާލަތެއް އޮތުމަކީ، މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓޭނެ ކަމަށް ގާނޫނުގައި ބަޔާންކުރާ ސަބަބެކެވެ. ދިފާއީ ވަކީލުން އެމީހުންގެ ބަންދާ ގުޅޭ ގޮތުން ކަމެއް ފާހަގަކޮށްފައެއް ނުވެ އެވެ.

އެހެންވެ، މައްސަލަ ބައްލަވާ ގާޒީ ވަނީ އެމީހުންގެ ބަންދަށް ލުއި ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅުއްވައި ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޮށްފައިވާ އަމުރު ދަމަހައްޓަވާފަ އެވެ.

ދެން އަޑުއެހުމުގައި ކުރިއަށް ދިޔައީ އިބްތިދާއީ ކަންކަމެވެ. އެގޮތުން، ދައުވާ ލިބޭ މީހުން ދިފާއުގައި ހުށަހަޅާފައިވާ ހެކި ލިސްޓާއި ހުށަހެޅުންތައް ދައުލަތަށް ލިބިފައިވާކަމާއި، ދައުލަތުގެ ރައްދާއި ހުށަހެޅުންތައް ދައުވާ ލިބޭ މީހުންނަށް ލިބުނުކަން ކަށަވަރުކޮށްފައިވެ އެވެ.

އަސީލުގެ ފަރާތުން އެކަށީގެންވާ ބޭސްފަރުވާ ނުލިބޭ ކަމުގެ ޝަކުވާ ކޮށްފައިވާތީ، އެކަން ސާފުކޮށް ލިޔުމުން ކޯޓަށް އެންގުމަށް ވެސް މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ އަންގަވާފަ އެވެ.

މައްސަލަގައި ދެން އަޑުއެހުމެއް ތާވަލުކޮށްފައިވަނީ، އަންނަ މަހުގެ 20 ވަނަ ދުވަހަށެވެ.

ރުގުޔާގެ ނަމުގައި އަނިޔާކުރި އަސީލަށް އުފުލި ދައުވާތައް

  • ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާ
  • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
  • އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ
  • ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާ
  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖެއްގެ ހާޒިރުގައި ކުޑަކުއްޖަކަށް ދެއްކުމުގެ ނިޔަތުގައި ނުވަތަ ކުޑަކުއްޖަކަށް ފެންނާނެ ކަމަށް ގަބޫލުކޮށްގެން ޖިންސީ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ

މި ދައުވާތައް އަސީލުގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް އުމުރު ދުވަހުގެ (25 އަހަރުގެ) ޖަލު ހުކުމެއް އަންނާނެ އެވެ.

އަނިޔާ ލިބުނު މީހާގެ ފިރިމީހާ ވަހީދަށް ކުރާ ދައުވާތައް

  • ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ކުށުގެ ދައުވާ
  • މީހަކު ނުވަތަ ބަޔަކު ކުޑަކުއްޖަކާމެދު އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގާކަން އެނގިހުރެ އެކުށް ރިޕޯޓްނުކުރުމުގެ ކުށުގެ ދައުވާ
  • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
  • ގައިގާ އަތްލުމުގެ ކުށުގެ ދައުވާ
  • ކުޑަކުއްޖަކާމެދު އިހުމާލުވުމުގެ ކުށުގެ ދައުވާ

މި ދައުވާތައް ވަހީދުގެ މައްޗަށް ސާބިތުވެއްޖެނަމަ، އޭނާގެ މައްޗަށް 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox