ޑްރަގް މައްސަލާގައި ޕެސްޓްގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލައިފި

ޕެސްޓް ޝޯއެއްގައި ޕާފޯމް ކުރަނީ: އޭނާގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ޕެސްޓް ޝޯއެއްގައި ޕާފޯމް ކުރަނީ: އޭނާގެ މައްޗަށް ފަސް ދައުވާއެއް ވަނީ އުފުލާފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

މަސްތުވާތަކެތީގެ މައްސަލާގައި ސިންބޮލިކް ރެކޯޑްސްގެ ރެޕް އާޓިސްޓު، އިސްމާއީލް އިފްހާމް މުހައްމަދު (ޕެސްޓު)ގެ މައްޗަށް ބޮޑު ފަސް ދައުވާއެއް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އުފުލައި ކުރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޖަލު ބަންދުގައި ހުރި ޕެސްޓްގެ މައްޗަށް އުފުލާފައިވަނީ، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.

މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ޕެސްޓާއި އޭނާގެ އެކުވެރިންތަކެއް ހައްޔަރުކުރީ، މަސްތުވާތަކެއްޗާއެކު ކަމަށް ފުލުހުން ބުނެފައިވާއިރު، މާލޭގެ ހަތަރު ގެއަކާއި ސައިކަލަކާއި ނޯތު ހާބަރުގައި އޮތް ބޯޓެއް ބަލައިފާސްކޮށް ދެ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދުނު ކަމަށް ބުނެފައިވެ އެވެ.

Advertisement

ޕެސްޓްގެ އިތުރުން ދެން ހައްޔަރުކުރި މީހުންގެ މައްޗަށް ވެސް ވަނީ ދައުވާތައް ކޮށްފަ އެވެ.

އެގޮތުން، ލ. ގަން-ތުނޑި، އަބަދަށްއުފާ، މުހައްމަދު ސުއައިދުގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާއަކީ، ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާގެ އިތުރުން، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ އެވެ.

ލ. ގަން-ތުނޑި، ރޯޝަންހިޔާ، އަހުމަދު ހުސާމްގެ މައްޗަށް އުފުލާފައިވަނީ، ކެނެބިސް ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ އެވެ. ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ބޭނުންކުރުމާއި އަތުގައި ބެހެއްޓުމާއި ސިއްރުކުރުމުގެ ކުށުގެ ދައުވާ ލ. ގަން-ތުނޑި، ހަނދުވަރީހިޔާ، އަހުމަދު ޝަމްއޫންގެ މައްޗަށް ވެސް އުފުލި އެވެ.

މައްސަލާގައި ދެން ހިމެނޭ، މ. އަސަރީހަދާން، އާއިޝަތު ހަސްނާ ނާހިދުގެ މައްޗަށް، ކެނެބިހުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާ ވަނީ އުފުލާފަ އެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ޕެސްޓާއި އޭނާގެ އެކުވެރިންތަކެއްގެ މައްޗަށް ބޮޑެތި ދައުވާތަކެއް އައިސްފައިވާއިރު، ރާއްޖޭގެ ރެޕް ދާއިރާއަކީ ޕެސްޓަކީ އެންމެ ފާހަގަކޮށްލެވޭ އާޓިސްޓެވެ. އޭނާގެ ގިނަ ރެޕް ލަވަތަކާއި އަލްބަމްތައް ނެރެފައިވާއިރު، އެއީ މަގުބޫލުކަން ވަރަށް ބޮޑަށް ހޯދި އުފެދުންތަކެކެވެ.

ފެބުރުއަރީ މަހުގެ 13 ވަނަ ދުވަހު ޕެސްޓު ހައްޔަރުކުރި ފަހުން އޭނާގެ ބަންދު އެކި ފަހަރު މަތިން އިތުރު ކުރަމުން ގޮސްފައިވެ އެވެ. ފުލުހުން މައްސަލާގެ ތަހުގީގު ނިންމައި ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވުމުން ދައުވާކޮށް ކޯޓަށް ފޮނުވާފައިވަނީ، މިދިޔަ ބުރާސްފަތި ދުވަހު އެވެ. ޝަރީއަތް އަވަހަށް ފެށިގެންދާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox