އިންޑިއާގައި ކުއްލިއަކަށް ކޭސް އިތުރުވީ އެންޓިބޮޑީޒް މަދުވުމުން: ދިރާސާ

ހަށިގަނޑުގައި އެންޓިބޮޑީ ހުރި މިންވަރު ބަލަން ސާމްޕަލެއް ނަގާފައި. -- ފޮޓޯ: ގެޓީ އިމޭޖަޒް

ހަށިގަނޑުގައި އެންޓިބޮޑީ ހުރި މިންވަރު ބަލަން ސާމްޕަލެއް ނަގާފައި. -- ފޮޓޯ: ގެޓީ އިމޭޖަޒް

މިދިޔަ މާޗް މަހުން ފެށިގެން އިންޑިއާގައި ކުއްލިއަކަށް ކޮވިޑް ކޭސް އިތުރުވީ ހަށިގަނޑުގައި އެންޓިބޮޑީޒް މަދުވުން ކަމަށް ވެދާނެ ކަމަށް ދިރާސާއިން ދައްކައިފި އެވެ.

ކައުންސިލް ފޯ ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް (ސީއެސްއައިއާރް) ގެ ދިރާސާގައި ބުނީ މިދިޔަ އަހަރު ކޮވިޑް ޖެހުނު މީީހުންގެ ގައިގައި އެންޓިބޮޑީޒް މަދުވުމަކީ ކޭސް އިތުރުވި ސަބަބަކަށް ވެދާނެ ކަމަށެވެ.

އެ ދިރާސާގައި 10،427 މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ސީއެސްއައިއާރްގެ 40 ލެބޯޓަރީގެ މުވައްޒަފުންނާއި އެ މީހުންގެ އާއިލާތައް ހިމެނެ އެވެ. އެ މީހުންގެ ހަށިގަނޑުގެ އެވްރެޖް ސީރޯޕޮޒިޓިވިޓީ ހުރީ 10.14 ޕަސެންޓުގަ އެވެ. ސީރޯޕޮޒިޓިވިޓީއަކީ މީހެއްގެ ހަށިގަނޑުގައި ވަކި ވައިރަހަކާ ދެކޮޅަށް އެންޓިބޮޑީޒް އުފެދިފައި ހުރުމެވެ.

ދިރާސާއިން ދެއްކި ގޮތުގައި ކުރިން ކޮވިޑް ޖެހުނު މީހުންގެ ހަށިގަނޑުގައި 6-5 މަސް ފަހުން އެންޓިބޮޑީޒް މަދުވާން ފަށާ ކަމަށް ބެލެވެ އެވެ. އެހެންކަމުން އަލުން ބަލި ޖެހުމުގެ ފުރުސަތު ބޮޑުވެ އެވެ.

އިންޑިއާގައި ކޮވިޑް ކޭސްތައް މިދިޔަ އަހަރު ޕީކަށް އެރީ ސެޕްޓެމްބަރު ގައެވެ. އޭގެ ފަހުން އޮކްޓޯބަރުން ފެށިގެން ކޭސްތައް ދިޔެއީ މަދުވަމުންނެވެ. ދިރާސާގައި އިސްކޮށް އުޅުނު ޝަންތަނު ސެންގުޕްތާ ވިދާޅުވީ ކުރިން ކޮވިޑް ޖެހުނު މީހުންގެ 20 ޕަސެންޓު މީހުންނަށް 6-5 މަސް ފަހުން ކޮވިޑާ ދެކޮޅަށް ރައްކާތެރިކަމެއް ނޯންނަ ކަމަށެވެ.

"އަޅުގަނޑުމެންނަށް ބެލެވޭ ގޮތުގައި ސެޕްޓެމްބަރު 2020 ގައި އައި ޕީކަށް ފަހު މާޗް 2021 ގައި ކުއްލިއަކަށް ކޭސް އިތުރުވީ މިކަމާ ގުޅުމެއް އޮވެގެން،" އޭނާ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox