އިންޑިއާގެ ކޮވިޑް ބަލި މީހުން ގޭގައި އޮކްސިޖަން ގުޅައިގެން އަމިއްލައަށް ފަރުވާ ކުރަނީ

އިންޑިއާ މީހަކު ކަޅު ބާޒާރުގައި އަގުބޮޑުކޮށް އޮކްސިޖަން ސިލިންޑަރެއް ގަނެގެން ގެންދަނީ. -- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާ މީހަކު ކަޅު ބާޒާރުގައި އަގުބޮޑުކޮށް އޮކްސިޖަން ސިލިންޑަރެއް ގަނެގެން ގެންދަނީ. -- ފޮޓޯ: ގެޓީ އިމޭޖަޒް

ކޮވިޑުގެ ދެ ވަނަ ރާޅަކާ ހަނގުރާމަ ކުރަމުންދާ އިންޑިއާގެ ހާލަތު ވަރަށް ގޯހެވެ. ވެރިރަށް ނިއު ދިއްލީ އާއި އެހެން ބޮޑެތި ސިޓީތަކުގެ ހޮސްޕިޓަލްތައް ހުރީ ފުރިފަ އެވެ. އޮކްސިޖަން ސަޕްލައި ހުސްވުމުގެ ސަބަބުން ބަލި މީހުންނަށް ފަރުވާ ކުރެވޭނެ ގޮތެއް ނެތި އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. އެހެންކަމުން ބައެއް މީހުން މިހާރު ހިޔާރު ކުރަމުން ދަނީ އާއިލާގައި ކޮވިޑް ޖެހިފައި ތިބި މީހުންނަށް އަމިއްލައަށް ގޭގައި ފަރުވާ ދިނުމަށެވެ.

ގޭގައި އާއިލާގެ މެމްބަރުންނަށް ފަރުވާ ކުރަން ބޭނުންވާ ތަކެތި ވެސް ގަންނަން ޖެހެނީ ކަޅު ބާޒާރުގައި އަގު ބޮޑުކޮށެވެ. އޮކްސިޖަން ސިލިންޑަރާއި، އޮކްސިޖަން ކޮންސެންޓްރޭޓަރާއި، ޒަރޫރީ ބޭސް ފަދަ ތަކެތީގެ އަގުތައް ވަނީ ހިފެހެއްޓުމެއް ނެތި މައްޗަށް އަރާފަ އެވެ. ބޭސް ފިހާރަތަކުން މި ތަކެތި ހުސްވެފައި ވާތީ ގަންނަން ޖެހެނީ ކަޅު ބާޒާރުންނެވެ. އޮކްސިޖަން ސިލިންޑަރެއްގެ އަގު ހުރީ 670 ޑޮލަރަށެވެ. މީގެ ކުރިން ސިލިންޑަރެއް ލިބެނީ 80 ޑޮލަރަށެވެ.

އިންޑިއާގެ އާއްމުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބިނާކޮށް ބީބީސީން އޮކްސިޖަން ސަޕްލައި ކުރާ ފަރާތްތަކަށް ގުޅުމުން ވެސް އަގުގެ ގޮތުގައި ބުނެފައި ވަނީ ކުރިން ވިއްކާ ވަރަށް ވުރެ 10 ގުނަ އިތުރު އަދަދެކެވެ.

ފުދުންތެރިކަން ހުރި އާއިލަތަކުން ދަނީ ޕްރައިވެޓް ނަރުހުންނާއި ޑޮކްޓަރުންނަށް ފައިސާ ދީގެން ގޭގައި ތިބި ބަލި މީހުންގެ ފުރާނަ ސަލާމަތް ކުރެވޭ ތޯ ބަލަމުންނެވެ.

އޮކްސިޖަން ހުސްވެފައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެވެން ނެތް ކަމަށް އަންގާފައިވާ ނޯޓިސް.-- ފޮޓޯ: ގެޓީ އިމޭޖަޒް
އޮކްސިޖަން ހުސްވެފައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެވެން ނެތް ކަމަށް އަންގާފައިވާ ނޯޓިސް.-- ފޮޓޯ: ގެޓީ އިމޭޖަޒް

އޮކްސިޖަން ހުސްވެފައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެވެން ނެތް ކަމަށް އަންގާފައިވާ ނޯޓިސް.-- ފޮޓޯ: ގެޓީ އިމޭޖަޒް

ފާއިތުވި ހަތަރު ދުވަހު ވެސް އިންޑިއާގައި ކޮންމެ ދުވަހަކު ތިން ލައްކައަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވެފައި ވެއެވެ. މި ކުއްލި އިތުރުވުމާ ގުޅިގެން ގިނަ ސިޓީތަކުގެ ސިއްހީ ނިޒާމަށް ވަނީ ލޮޅުން އަރާފަ އެވެ. އެހެންވެ ގޭގައި އާއިލާ މެމްބަރުންނަށް ފަރުވާ ދޭން ހިޔާރު ކުރާ މީހުން ދަނީ އިތުރުވަމުންނެވެ. އެކަމަކު އެމީހުންނަށް ވެސް ލޭގެ ޓެސްޓުތައް ހެދުމާއި ސީޓީ ސްކޭން ހެދުން ފަދަ ކަންކަން ކުރުމަށް ދައްޗެވެ.

އިންޑިއާގެ ލެބޯޓަރީތަކުގައި ޓެސްޓެއްގެ ނަތީޖާ ނިމުމަށް ދަނީ ތިން ދުވަސް ނަގަމުންނެވެ. މިހާ ވަގުތު ނެގުމަކީ ބަލި މީހާއަށް އަންނަމުންދާ ބަދަލު ދެނެގަނެ، އަވަސް ފަރުވާއަށް ހުރަސް އެޅޭނެ ކަމެކެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ޓެސްޓުގެ ނަތީޖާ ލަސްވުމަކީ ވެސް ގިނަ ބަޔަކު މަރުވާން ދިމާވާ ސަބަބެކެވެ. ހާލަތު މިހެން ހުރިއިރު، ހޮސްޕިޓަލްތަކުން ވަނީ ސަޕްލައި ހުސްވެ، މީހުން މަރުވާތީ އެހީއަށް އެދިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox