ތިން ބިލިއަން ޕައުންޑަށް ލިވަޕޫލް ވިއްކާލަން ދެކޮޅު ހަދައިފި

Apr 25, 2021, 11:17 AM
ލިވަޕޫލްގެ ވެރިޔާ ހެންރީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލްގެ ވެރިޔާ ހެންރީ.-- ފޮޓޯ: އޭއެފްޕީ

ލިވަޕޫލް (އޭޕްރީލް 25) - ލިވަޕޫލްގެ ހިންގަމުން އަންނަ އެމެރިކާގެ ފެންވޭ ސްޕޯޓްސް ގްރޫޕް (އެފްއެސްޖީ)ގެ ވެރިޔާ ޖޯން ހެންރީ އެ ކްލަބް ތިން ބިލިއަން ޕައުންޑް (4.1 ބިލިއަން ޑޮލަރު) އަށް ވިއްކާލަން ދެކޮޅު ހަދައިފި އެވެ.

މައްސަލަ ބޮޑުވެފައިވާ ޔޫރަޕިއަން ސުޕަ ލީގުގައި ލިވަޕޫލުން ބައިވެރިވާން އެންމެ ފުރަތަމަ ނިންމުމާ ގުޅިގެން ސަޕޯޓަރުންގެ ނުރުހުން ވަނީ އެފްއެސްޖީ އާއި ހެންރީ އަށް އަމާޒުވެފަ އެވެ. ސުޕަ ލީގުން ރަސްމީކޮށް ވަކިވިކަން ލިވަޕޫލުން އިއުލާނުކުރީ އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕާއި ޓީމުގެ ކުޅުންތެރިން ސީނިއާ މެނޭޖްމަންޓްގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހިފައި ހުއްޓަ އެވެ. އޭގެ ފަހުން ހެންރީ ވަނީ ލިވަޕޫލްގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ދޫކޮށްލި ވީޑިއޯ އެއް މެދުވެރިކޮށް ސަޕޯޓަރުން ކިބައިން ސުޕަ ލީގު މައްސަލައިގައި މައާފަށް އެދިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން ލިވަޕޫލް ގަންނަން ތިން ބިލިއަން ޕައުންޑް ހުށަހެޅީ އަރަބި ގައުމެއްގެ ސަރުކާރަކާ ގުޅުން އޮންނަ ކުންފުންޏަކުންނެވެ. އޮފާ ލިބުނުތަނުން އެފްއެސްޖީން ވަނީ އެ ހުށަހެޅުން އަނބުރާ ފޮނުވާލައިފަ އެވެ. އެފްއެސްޖީން ދާދި ފަހުން ވެސް ވަނީ ލިވަޕޫލަކީ އެ ކުންފުނީގެ ދުރު ރާސްތާ ޕްރޮޖެކްޓެއް ކަމަށް ބުނެފަ އެވެ.

ދާދި ފަހުން އެފްއެސްޖީން ވަނީ އެ މީހުންގެ ހިއްސާގެ ތެރެއިން 10 ޕަސެންޓް އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރަން ޖޭމްސްގެ ރެޑްބާޑް ކެޕިޓަލް އަށް 543 މިލިއަން ޕައުންޑަށް ވިއްކާލައިފަ އެވެ.

ޓޮމް ހިކްސް އާއި ޖޯޖް ޖިލެޓް އަތުން އެފްއެސްޖީން ލިވަޕޫލް ގަތީ 2010 ވަަނަ އަހަރު 300 މިިލިއަން ޕައުންޑް އަށެވެ. އެފްއެސްޖީން އެކި ޕްލޭންތައް ހަދައި ލިވަޕޫލް ވަރުގަދަ ކުރުމުގެ ނަތީޖާ އަކަށްވީ އެ ޓީމުން އިނގިރޭސި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑް ކަޕް ހޯދުމެވެ. އޭގެ އިތުރުން ޔުއެފާ ސުޕަ ކަޕް ތަށި ވެސް އުފުލާލި އެވެ.

އެފްއެސްޖީގެ ދައުރުގައި ލިވަޕޫލުން ވަނީ އެ ކްލަބްގެ ރަސްމީ ސްޓޭޑިއަމްގެ މެއިން ސްޓޭންޑް ތަރައްގީކޮށް ދަނޑަށް ވަދެވޭ ސަޕޯޓަރުންގެ ޖާގަ އިތުރުކޮށްފަ އެވެ. އަދި ލިވަޕޫލުން ޒަމާނުއްސުރެ ބޭނުންކުރަމުން އައި މެލްވުޑް ޓްރެއިނިން ފެސިލިޓީގެ ބަދަލުގައި ކާކްބީގެ ނަމުގައި ޒަމާނީ ފެންވަރުގެ ޓްރެއިނިން ފެލިސިޓީއެއް ގާއިމްކޮށް ދާދި ފަހުން ވަނީ ރަސްމީކޮށް ހުޅުވައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox