މިޔަންމާ އަސްކަރީ ލީޑަރުގެ ފުރަތަމަ ދަތުރުގައި ބޮޑެތި ފިއްތުންތަކެއް

މިޔަންމާގެ އަސްކަރީ ލީޑަރު ޖެނެރަލް މިން އޯންގް ލެއިންގް (ވ).-- ފޮޓޯ: އިންޑޮނީޝިއަން ޕްރެޒިޑެންސީ

މިޔަންމާގެ އަސްކަރީ ލީޑަރު ޖެނެރަލް މިން އޯންގް ލެއިންގް (ވ).-- ފޮޓޯ: އިންޑޮނީޝިއަން ޕްރެޒިޑެންސީ

މިދިޔަ ފެބްރުއަރީ މަހު އަސްކަރީ ބަގާވާތެއް ގެނައި މިޔަންމާގައި ހިނގަމުންދާ ލޭ އޮހޮރުވުންތައް ހުއްޓާލަން ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ލީޑަރުން މިޔަންމާގެ އަސްކަރީ ވެރިޔާއަށް ގޮވާލައިފި އެވެ.

ދެކުނު އިރުމަތީ އޭޝިއާ ގައުމުތަކުގެ "އާސިއާން" ސަމިޓުގައި އެހެން ގައުމުތަކުގެ ލީޑަރުން އެމަނިކުފާނަށް ގޮވާލެއްވީ ލޭ އޮހޮރުވުން ހުއްޓާލުމަށާއި ހައްޔަރުކޮށްފައިވާ މީހުން މިނިވަން ކުރުމަށެވެ. މިއީ އަސްކަރީ ލީޑަރު ޖެނެރަލް މިން އޯންގް ލެއިންގް ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން ގައުމުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ބަގާވާތަށް ފަހު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައި ވެއެވެ.

އިންޑޮނީޝިއާގައި އޮތް އޭސިއާން ސަމިޓަކީ މިޔަންމާގެ ކާރިސާ ނިމުމަކަށް ގެންނަން ބައިނަލްއަގްވާމީ ފެންވަރެއްގައި ކުރި އެންމެ ފުރަތަމަ މަސައްކަތެވެ.

ސަމިޓަށް ފަހު ނެރުނު ބަޔާނެއްގައި ވާ ގޮތުގައި، އާސިއާންގެ 10 ގައުމުގެ ލީޑަރުންނާއި ފޮރިން މިނިސްޓަރުން ފަސް ކަމަކަށް ވަނީ އެއްބަސްވެފަ އެވެ.

އެއީ ލޭ އޮހޮރުވުންތައް ވަގުތުން ހުއްޓާލުމާއި، އަސްކަރިއްޔާ އާއި އާއްމުންގެ ލީޑަރުންނާ ދެމެދު މަޝްވަރާ ފެށުމާއި، އެ މަޝްވަރާގެ ފާރަވެރި ފަރާތެއްގެ ގޮތުގައި އޭސިއާންގެ މަންދޫބެއް ހަމަޖެއްސުމާއި، އެ މަންދޫބު ހާއްސަ ޓީމަކާ އެކު މިޔަންމާއަށް ދަތުރު ކުރުމެވެ. މީގެ އިތުރުން އޭސިއާން ގައުމުތަކުން މިޔަންމާއަށް އިންސާނީ އެހީ ފޯރުކޮށްދޭން ވެސް ނިންމި އެވެ.

މިޔަންމާގައި ބަގާވާތަށް ފަހު އުވާލި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުންނާއި އާއްމުން ތަމްސީލް ކުރާ ލީޑަރުން އެކުވެގެން އުފައްދާފައިވާ އެއްބައިވަންތަކަމުގެ ސަރުކާރުން ވަނީ އާސިއާންގެ ނިންމުންތަކަށް މަރުހަބާ ކިޔާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox