މިޔަންމާގެ ބަގާވާތާ ދެކޮޅަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައިފި

މިޔަންމާގެ އެކި ހިސާބުތަކުގައި ދަނީ ބަގާވާތާ ދެކޮޅަށް އެއްވުންތައް ބާއްވަމުން.-- ފޮޓޯ: އޭއެފްޕީ

މިޔަންމާގެ އެކި ހިސާބުތަކުގައި ދަނީ ބަގާވާތާ ދެކޮޅަށް އެއްވުންތައް ބާއްވަމުން.-- ފޮޓޯ: އޭއެފްޕީ

މިޔަންމާގެ ބަގާވާތަށް ފަހު އުވާލި ގާނޫނު ހަދާ މަޖިލިސް ތަމްސީލް ކުރާ ކޮމިޓީން އެއްބައިވަންތަކަމުގެ ސަރުކާރެއް އިއުލާނުކޮށްފި އެވެ.

އެ ސަރުކާރުގައި ހިމެނެނީ މަޖިލީހުން ވަކިކުރި ބައެއް މެމްބަރުންނާއި ބަގާވާތާ ދެކޮޅަށް އިސްކޮށް އުޅޭ ލީޑަރުންނެވެ. އެ ސަރުކާރުގެ ލަނޑުދަނޑިއަކީ އަސްކަރީ ވެރިކަން ނިމުމަކަށް ގެނައުމެވެ.

އެއްބައިވަންތަ ސަރުކާރު އުފެއްދިކަން އިއުލާނު ކުރެއްވީ އުވާލާފައިވާ މަޖިލީހުގެ ފަރާތުން އދ. އަށް ކަނޑައަޅާފައި ހުންނަ މަންދޫބު ޑރ. ސާސާ އެވެ.

"މިޔަންމާގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލައިފިން،" ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ސާސާ ވިދާޅުވި އެވެ.

އެ ސަރުކާރުގެ ރައީސްގެ ގޮތުގައި ކަނޑައަޅާފައި ހުންނެވީ ވިން މިންޓް އެވެ. އަދި މި ވަގުތު ހައްޔަރުކޮށްފައި ހުންނެވީ ލީޑަރު އަންގް ސަންގް ސޫ ކީ ކަނޑައަޅާފައި ވަނީ ދައުލަތަށް ލަފާދޭ ކައުންސިލަރެއްގެ މަގާމަށެވެ.

މިޔަންމާގެ ނައިބު ރައީސް މަން ވިން ހައިން ތަން ކަނޑައަޅާފައި ވަނީ ވަގުތީ ބޮޑުވަޒީރު ކަމަށެވެ. އަދި ސާސާ ކަނޑައަޅާފައި ވަނީ ބައިނަލްއަގްވާމީ ގުޅުންތަކާ ބެހޭ މިނިސްޓަރުގެ މަގާމަށެވެ.

ފެބްރުއަރީ އެއް ވަނަ ދުވަހުގެ އަސްކަރީ ބަގާވާތަށް ފަހު މިޔަންމާގެ އެކި ހިސާބުތަކުގައި ދަނީ މެދުކެނޑުމެއް ނެތި އެއްވުންތައް ބާއްވަމުންނެވެ. އެއްވުންތަކުގައި ލޭއޮހޮރުވުން ބޮޑުވެ މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox