ކޮވިޑް ބަލި މީހުންނަށް ފަރުވާ ދެވޭނެ ގޮތެއް ނެތި އިންޑިއާ ހޮސްޕިޓަލްތަކުން އެހީއަށް އެދިއްޖެ

ނިއު ދިއްލީގެ ހޮސްޕިޓަލް އެނދެއްގައި އެއް ފަހަރާ ދެ ބަލި މީހުން ބާއްވައިގެން ފަރުވާ ދެނީ.-- ފޮޓޯ: ރޮއިޓާޒް

ނިއު ދިއްލީގެ ހޮސްޕިޓަލް އެނދެއްގައި އެއް ފަހަރާ ދެ ބަލި މީހުން ބާއްވައިގެން ފަރުވާ ދެނީ.-- ފޮޓޯ: ރޮއިޓާޒް

އޮކްސިޖަން ސަޕްލައި ހުސްވުމުގެ ސަބަބުން ކޮވިޑް ބަލި މީހުންނަށް ފަރުވާ ކުރެވޭނެ ގޮތެއް ނެތިފައިވާ އިންޑިއާގެ ހޮސްޕިޓަލްތަކުން އެހީއަށް އެދިއްޖެ އެވެ.

އިންޑިއާއިން ވަނީ ޖެހިޖެހިގެން ތިން ވަނަ ދުވަހަކު ރިކޯޑް އަދަދަކަށް އެއް ދުވަހެއްގެ ތެރޭގައި މީހުން ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އިއްޔެ އެކަނިވެސް 346،786 މީހުން ޕޮޒިޓިވްވި އެވެ. އެހެންކަމުން ތިން ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް މިލިއަނެއްހާ މީހުން ޕޮޒިޓިވްވެފައި ވެއެވެ.

ވެރިރަށް ނިއު ދިއްލީގައި ހުންނަ ޖައިޕޫރު ގޯލްޑަން ހޮސްޕިޓަލުގައި ރޭ ވެސް އޮކްސިޖަން ނުލިބި 20 މީހުން މަރުވި ކަމަށް އެ ތަނުގެ އޮފިޝަލުން ބުނެ އެވެ.

ދިއްލީގެ ހޯލީ ފެމިލީ ހޮސްޕިޓަލުން ބުނީ އައިސީޔޫ އެނދުތައް ފުރިފައިވާ ކަމަށާއި އިތުރު ބަލި މީހަކު އެޑްމިޓު ކުރެވޭނެ ޖާގަ ނެތް ކަމަށެވެ.

އިންޑިއާގެ މައި ސަރުކާރުން ބުނީ އޮކްސިޖަނާއި އެހެން ތަކެތި ސަޕްލައި ކުރަން ރޭލުތަކާއި އަސްކަރީ ވައިގެ އުޅަނދުތައް އެންމެ ބޮޑަށް އަސަރުކޮށްފައިވާ ހިސާބުތަކަށް ފޮނުވާނެ ކަމަށެވެ.

ޖައިޕޫރު ގޯލްޑަން ހޮސްޕިޓަލުން ބުނީ އެ ތަނަށް 3.6 ޓަނުގެ އޮކްސިޖަން ހުކުރު ދުވަހު ފޮނުވާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ލިބިފައި ވަނީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.

ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއެއްގައި ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދް ކެޖްރިވާލް ވަނީ ވީ އެންމެ އަވަހަކަށް އެ ސިޓީއަށް އޮޮކްސިޖަން ފޯރުކޮށްދިނުމަށް އާދޭސް ދަންނަވާފަ އެވެ.

އޭނާ ގޮވާލެއްވީ އިންޑިއާގެ ހުރިހާ އޮކްސިޖަން އުފައްދާ ޕްލާންޓުތަކެއް ސަރުކާރުގެ ދަށަށް ގެނެސް، އަސްކަރިއްޔާއިން ޕްރޮޑަކްޝަނާއި ސަޕްލައި ބެލެހެއްޓުމަށެވެ.

މިދިޔަ ހުކުރު ދުވަހު 2،263 މީހުން މަރުވި އެވެ. އިއްޔެ މި އަދަދު ވަނީ 2،624 އަށް އިތުރުވެފަ އެވެ. ގިނަ ބަޔަކު މަރުވަމުން ދަނީ އެއްވެސް ފަރުވާއެއް ނުލިބި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނީ އިންޑިއާގެ ހާލަތަކީ މި ކޮރޯނާވައިރަހުން ކުރާ ނޭދެވޭ އަސަރު އެންމެންނަށް ހަނދާންކޮށްދޭ ހާލަތެއް ކަމަށެވެ.

މި އަހަރު ފެށިއިރު އިންޑިއާ ސަރުކާރުން ގަބޫލުކުރީ އެ ގައުމަށް މި ވައިރަސް ބަލި ކުރެވިފައިވާ ކަމަށެވެ. ފެބްރުއަރީ މަހު އެ ގައުމުން ޕޮޒިޓިވްވީ ދުވާލަކު 11،000 އެއްހާ މީހުންނެވެ. އެއާއެކު ވެކްސިން ޕްރޮގްރާމް ފަށާ، އެހެން ގައުމުތަކަށް ވެކްސިން އެކްސްޕޯޓް ކުރަން ފެށި އެވެ. އެކަމަކު މާޗް މަސް ފެށިއިރު، އިންޑިއާ އަނެއްކާވެސް އޮތީ ނުރައްކާތެރި ފައްތަރެއްގަ އެވެ.

އޭގެ ފަހުން ހިފެހެއްޓުމެއް ނެތި އަދަދުތައް އިތުރުވާން ފަށާފައި ވާއިރު، އިންޑިއާއިން ވަނީ މި ވައިރަހުގެ އާ ވޭރިއަންޓެއް ވެސް ފެނިފަ އެވެ. އަދަދުތައް މަތިވި ނަމަވެސް ހިންދޫ ދީނުގެ މީހުން ވަނީ އެ ދީނުގެ އެންމެ ބޮޑު ފެސްޓިވަލަށް މިލިއަން މީހުން ޖަމާކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox