ބެޓިސްއާ އެއްވަރުވެ ރެއާލް އިން ފުރުސަތު ނަގާލައިފި

Apr 25, 2021, 4:31 AM
ބެޓިސްއާ އެއްވަރުވެ ރެއާލް އިން ފުރުސަތު ނަގާލައިފި

މެޑްރިޑް (އޭޕްރީލް 25) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ރެއާލް ބެޓިސްއާ 0-0 އިން އެއްވަރުވެ ލީގުގެ އެއް ވަަނަ އަށް އަރަން ލިބުނު ފުރުސަތު އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ނަގާލައިފި އެވެ.

ރޭގެ ނަތީޖާއާ އެކު ރެއާލް ދެ ވަނައިގައި އޮތީ 33 މެޗުން 71 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 32 މެޗުން 73 ޕޮއިންޓް ލިބިފައިވާއިރު، މިރޭ އެތުލެޓިކް ބިލްބާއޯ ބަލިކޮށްގެން އެތުލެޓިކޯ އަށް އެއް ވަނައިގައި ލީޑުފުޅާކުރެވޭނެ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 31 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ލީގުގެ ރޭހުގައި ރެއާލަށް މި ދެ ޕޮއިންޓާ އެކު ގެއްލިގެންދިޔައީ ބޮޑު ފުރުސަތެއް ކަމަށެވެ.

"އަހަރެމެން ވަރަށް ޑިފެންސިވްލީ މި މެޗުގައި ރަނގަޅު. އެކަމަކު އެޓޭކް ފެނުނީ ވަރަށް ދަށްކޮށް. އެކަމަކު މިއީ ނިމުމެއް ނޫން. އަހަރެމެން އެންމެ ފަހު ވަގުތާ ހަމައަށް މި ރޭހުގައި އޮންނަން ބޭނުން. އަދި މެޗުތަކެއް އެބަހުރި އަހަރެމެންނަށް ވެސް ފައިދާނެގޭނެ،" ޒިދާން ބުންޏެވެ.

ރޭގެ މެޗުގައި ރެއާލަށް ގޯލެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ބްރެޒިލްގެ ވިންގް ރޮޑްރީގޯ އެވެ. އޭނާ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވެފަ އެވެ. މި މެޗުގައި ރެއާލް ހުއްޓުވަން ބެޓިސްގެ ތަޖުރިބާކާރު ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާ ވަނީ ރެއާލުން ފޮނުވި ފަސް ހަމަލާއެއް މަތަކޮށްފަ އެވެ. ރޭގެ ނަތީޖާއާ އެކު ބެޓިސް ވެފައިވަނީ ރެއާލް ދަނޑުގައި ޖެހިޖެހިގެން ހަތަރު މެޗުގައި ލަނޑެއް ނުވައްދައި މެޗު ނިންމާލި ފުރަތަމަ ޓީމަށެވެ.

ބެޓިސް އަށް ވެސް މި މެޗުން މޮޅުވާން ފުރުސަތު ލިބުނެވެ. އެ ޓީމުގެ ގީޑޯ ރޮޑްރިގޭޒް ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

ރޭގެ މެޗުގައި ރެއާލްގެ ބެލްޖިއަމް ތަރި އެޑެން ހަޒާޑް ވަނީ 77 ވަނަ މިނިޓްގައި ކުޅެން ނިކުމެފަ އެވެ. މިއީ މިދިިޔަ މަހު 13 ވަނަ ދުވަހަށް ފަހު ހަޒާޑް އަނިޔާއިން ރަނގަޅުވެގެން ކުޅުނު ފުރަތަމަ މެޗެވެ. ރެއާލް ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ކުޅޭނީ ހަޒާޑްގެ ކުުރީގެ ކްލަބް ޗެލްސީއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox