ރަށްރަށުގެ ކޭސްތައް މައްޗަށް، މާފުއްޓާއި މަތިވެރީގެ ހާލަތު ގޯސް

ރަށެއްގެ ގޮނޑުދޮށުގައި ބަޔަކު މަޑުކޮށްލައިގެން: ރަށްރަށުން ކޮވިޑް ކޭސް ފެންނަ މިންވަރު ވަނީ އިތުރުވެފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ރަށެއްގެ ގޮނޑުދޮށުގައި ބަޔަކު މަޑުކޮށްލައިގެން: ރަށްރަށުން ކޮވިޑް ކޭސް ފެންނަ މިންވަރު ވަނީ އިތުރުވެފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ކޮވިޑްގެ ގިނަ ކޭސްތަކެއް ރަށްތަކުން ފެނި، ރެކޯޑް އަދަދަކަށް މީހުން މިދިޔަ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭން ހާމަކޮށްފި އެވެ.

މިއަދު، އެކި ރަށްރަށުން ޖުމްލަ 182 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިއީ އެއް ދުވަހެއްގައި ރަށްރަށުން މިފަހުން އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ.

މާލޭން ވެސް މިއަދު ވަނީ 108 މީހަކު ޕޮޒިޓިވްވެފައިވާއިު ރިސޯޓްތަކުން 21 މީހަކު ޕޮޒިޓިވްވި އެވެ. އެއާއެކު، ޖުމްލަ އަދަދު 319 އަށް އަރާއިރު ވޭތުވެދިޔަ ދެ ހަފުތާ ތެރޭގައި ވެސް ކޮވިޑްގެ އަދަދު މިހާ މައްޗަށް އަރައިގެން ގޮސްފައިނުވެ އެވެ.

އެގޮތުން، މާލެ އާއި ރަށްރަށް ހިމެނޭ ގޮތަށް މި ނިމިދިޔަ ހަފުތާ ކޮވިޑްގެ ކޭސްތަކުގެ އަދަދު ހުރީ 100 އާއި 200 އާ ދެމެދު އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑްގެ ޖުމްލަ 3،207 މީހަކު ކޮވިޑް ބަލީގައި އެބަ ތިއްބެވެ. އޭގެ ތެރޭގައި ހޮސްޕިޓަލްގައި 98 މީހަކަށް ދަނީ ދަރުވާދެމުންނެވެ.

މިއަދު ކޭސްތަކުގެ އަދަދު ރެކޯޑް މިންވަރަކަށް ރިޕޯޓް ކުރެވިފައިވާ އެއް ސަބަބަކީ، އއ. މަތިވެރި އާއި ކ. މާފުށީގައި ބަލި ހަލުވިކަމާއެކު ފެތުރުމެވެ. އެގޮތުން މަތިވެރީގައި މިއަދު އެކަނި 65 މީހަކު ޕޮޒިޓިވެފައިވާއިރު، މާފުށީގައި ކޮވިޑްގެ ބަލީގެ 42 މީހަކު އެބަ ތިއްބެވެ. މި ދެ ރަށަކީ ވެސް ގިނަ އަދަދެއްގެ ގެސްޓްހައުސްތައް ހުންނަ ދެ ރަށަށްވާއިރު ޓޫރިސްޓުން ވެސް އެ ރަށްރަށުގައި އެބަ ތިއްބެވެ.

އެހެންވެ، އެ ދެ ރަށުގައި ބަލި ފެތުރެމުންދާތީ، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން ވަރަށް ބޮޑަށް އެބަ އޮތެވެ.

ދެ ރަށުގެ އިތުރުން، ބ. އޭފުއްޓަށް ވެސް ވަނީ ކޮވިޑް ބަލި ފެތުރިފަ އެވެ. އެގޮތުން، އެ ރަށުގައި ކޮވިޑް ބަލީގެ 25 މީހުން ތިބިއިރު، އޭގެ ތެރޭގައި އެ ރަށު ހޮސްޕިޓަލްގެ ބައެއް ފަރާތްތައް ވެސް ހިމެނެ އެވެ.

އޭދަފުއްޓާއި މާފުށި އަދި، މަތިވެރީގެ އެއްކޮށް މިވަގުތު، އަރާފޭބުން މަނާކޮށް މޮނީޓަރިން ހާލަތުގައި ޖުމްލަ 16 މީހުން ދިރިއުޅޭ ރަށާއި ސިނާއީ ދެ ރަށް ކަމަށްވާ، ތިލަފުށި އަދި މަންދޫ އެބަ އޮތެވެ. މަނަދޫގައި ޕޮޒިޓިވް 10 މީހުން ތިބިއިރު، ތިލަފުށީގައި ހުރީ އެކަކެވެ.

އެހެން ރަށްރަށުގައި ވެސް ކޮވިޑްގެ ކޭސްތައް ފެނިފައިވާއިރު ކަރަންޓީނުގައި ވެސް ގިނަ އަދަދެއްގެ މީހުން އެބަ ތިއްބެވެ.

ރަށްރަށުން ކޮވިޑްގެ ކޭސްތައް ފެންނަ މިންވަރު އިތުރުވެފައިވާއިރު، އެޗްޕީއޭއިން މާލޭން ރަށްރަށަށް ދިޔުމުގައި ކޮވިޑް ވެކްސިނާ ގުޅިގެން ބޮޑެތި ލުއިތަކެއް ވެސް ދީފަ އެވެ. އެގޮތުން ރަށްރަށަށް މާލޭން ކަރަންޓީނުވެގެން ނޫނީ ނުދެވޭ ގޮތަށް މީގެ އެއް އަހަރު ދުވަސް ކުރިން އަމަލު ކުރަން ފެށި އުސޫލަށް ވަނީ ބަދަލު ގެނެސްފަ އެވެ.

އެގޮތުން، އެޗްޕީއޭން އެންމެފަހުން ނެރެފައިވާ ގައިޑްލައިންގައިވާ ގޮތުން އާބާދީގެ 60 ޕަސެންޓް މީހުންނަށް ކޮވިޑްގެ ވެކްސިންގެ ދެ ޑޯޒް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނުވުމަކާ ނުލައި ދަތުރުކުރެވޭނެ އެވެ. އަދި، އާބާދީގެ 60 ޕަސެންޓް މީހުންނަށް ވެކްސިން ފުރިހަމަކޮށްފައި ނުވާ ރަށްރަށަށް، ވެކްސިންގެ ދެ ޑޯޒް ޖެހުމަށްފަހު ދެ ހަފުތާވެފައިވާ ފަރާތްތަކަށް ކަރަންޓީނުވުމަކާ ނުލައި މިހާރު ދަތުރު ކުރެވޭނެ އެވެ.

ނަމަވެސް، މިހާތަނަށް އެއްވެސް ރަށެއްގައި އާބާދީގެ 60 ޕަސެންޓް، ކޮވިޑް ވެކްސިން ފުރިހަމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox