އިންޑިއާ ކޮވިޑް ވޭރިއެންޓާ ދެކޮޅަށް ވެކްސިން މަސައްކަތް ކުރާނެތަ؟

އިންޑިއާގެ ޖައްމު ކަޝްމީރުގައި ކޮވިޑަށް ޓެސްޓު ކުރަން ކިޔު ދަމާލާފައި.-- ފޮޓޯ: އީޕީއޭ

އިންޑިއާގެ ޖައްމު ކަޝްމީރުގައި ކޮވިޑަށް ޓެސްޓު ކުރަން ކިޔު ދަމާލާފައި.-- ފޮޓޯ: އީޕީއޭ

ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް ބަލިމަޑުކަމުގައި އަވައްޓެރި އިންޑިއާގެ ހާލަތު ކުއްލިއަކަށް މިދިޔަ މާޗް މަހުން ފެށިގެން ވަރަށް ބޮޑަށް ގޯސްވެއްޖެ އެވެ. ކޮންމެ ދުވަހަކު ރިކޯޑު އަދަދަކަށް މީހުން ޕޮޒިޓިވްވެ، މަރުވަމުން އެބަ ދެ އެވެ. ހިފެހެއްޓުމެއް ނެތި ކޭސްތައް އިތުރުވާން ފަށައި، ސައިންސްވެރިންނަށް ވަނީ މި ބަލި ފަތުރާ ކޮރޯނާވައިރަހުގެ މުޅިން އާ ވޭރިއެންޓެއް އިންޑިއާއިން ހޯދައިފަ އެވެ.

އެކަމަކު މި ވޭރިއެންޓު ފެތުރިފައިވަނީ ކިހާ މިންވަރަކަށް ކަމެއް ސައިންސްވެރިންނަކަށް ނޭނގެ އެވެ. އަދި އިންޑިއާގެ ހާލަތު އެހާ ގޯސްވެފައި ވަނީ ވެސް މި ވޭރިއެންޓުގެ ސަބަބުން ކަމެއް ބުނަން ވެސް ސައިންސްވެރިންނަކަށް ނޭނގެ އެވެ. މިއީ މުޅިން އަލަށް ފެނުނު ވޭރިއެންޓަކަށް ވާތީ ތަހުލީލުތައް ދަނީ ކުރިއަށެވެ. ތިރީގައި އެ ވަނީ މިހާތަނަށް މި ވޭރިއެންޓާ ގުޅޭ ގޮތުން ހޯދިފައިވާ ބައެއް މައުލޫމާތެވެ.

އިންޑިއާ ކޮވިޑް ވޭރިއެންޓަކީ ކޮބާ؟

ކޮންމެ ވައިރަހެއް ވެސް ބަދަލުވަމުން ދެ އެވެ. އެގޮތުން ބަދަލުވަމުން ގޮސް އޮރިޖިނަލް ވައިރަހާ ތަފާތު ވޭރިއެންޓު ނުވަތަ ބާވަތްތައް އުފެދެ އެވެ.

މިގޮތަށް ވައިރަހަކަށް އަންނަ ގިނަ ބަދަލުތަކަކީ އޭގެން މާ ބޮޑު އަސަރެއް ކުރާ ބަދަލެއް ނޫނެވެ. ބައެއް ބަދަލުގެ ސަބަބުން ވައިރަހުގެ ނުރައްކާތެރިކަން ކުޑަވާ ފަހަރު ވެސް އާދެ އެވެ. އެކަމަކު ބައެއް ފަހަރު އަންނަ ބަދަލެއްގެ ސަބަބުން ވައިރަހުގެ ނުރައްކާ އިތުރުވެ، ވެކްސިނުން ކުރާ އަސަރު ކުޑަ ވެ އެވެ.

އިންޑިއާއިން ފެނުނު ވޭރިއެންޓް ބީ.617.1 އެންމެ ފުރަތަމަ ފާހަގަވީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

ކިހާ ވަރަކަށް ފެތުރިއްޖެ؟

އިންޑިއާގައި ސާމްޕަލް ޓެސްޓު ކުރުން މަދުކަމުން މި ސުވާލުގެ ޖަވާބު ހޯދަން އުނދަގޫ ވެ އެވެ.

އިންޑިއާގެ ހުޅަނގު މަހަރާޝްތްރަ ސްޓޭޓުގައި މިދިޔަ ޖެނުއަރީ މަހާއި މާޗް މަހާ ދެމެދު ނެގި 361 ސާމްޕަލެއްގެ ތެރެއިން 220 ސާމްޕަލް ޕޮޒިޓިވްވީ މި ވޭރިއެންޓަށެވެ.

ކޮވިޑް ބަލި މީހަކަށް އެމްބިއުލާންސެއްގައި އޮކްސިޖަން ގުޅައިގެން ފަރުވާ ދެނީ--
ކޮވިޑް ބަލި މީހަކަށް އެމްބިއުލާންސެއްގައި އޮކްސިޖަން ގުޅައިގެން ފަރުވާ ދެނީ--

ކޮވިޑް ބަލި މީހަކަށް އެމްބިއުލާންސެއްގައި އޮކްސިޖަން ގުޅައިގެން ފަރުވާ ދެނީ--

މިހާތަނަށް 21 ގައުމަކުން ވެސް މި ވޭރިއެންޓު ފެނިފައި ވެއެވެ.

އިނގިރޭސި ވިލާތުގެ އާއްމު ސިއްހަތާ ބެހޭ އިދާރާއިން މި ވޭރިއެންޓު ލިސްޓުކޮށްފައިވަނީ ތަހުގީގު ކުރަމުންވާ ވޭރިއެންޓެއްގެ ގޮތުގަ އެވެ. މިހާތަނަށް މިއީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓެއްގެ ގޮތުގައި އެ އިދާރާއިން ކަނޑައަޅާފައެއް ނުވެ އެވެ.

ފެތުރެނީ ކޮން ދުވެއްޔެއްގައި އަދި ކިހާ ނުރައްކާތެރި؟

މި ވެކްސިން ހަލުވިކަމާއެކު ފެތުރޭ ކަމެއް އަދި ވެކްސިނުން އެއާ ދެކޮޅަށް މަސައްކަތް ކުރާ މިންވަރެއް މިހާތަނަށް ސައިންސްވެރިންނަށް ހޯދިފައެއް ނުވެ އެވެ.

ލުއިޒިއާނާ ސްޓޭޓް ޔުނިވާސިޓީގެ ވައިރޮލޮޖިސްޓް ޑރ. ޖެރެމީ ކަމިލް ވިދާޅުވީ މި ވޭރިއެންޓަށް އައިސްފައިވާ ބަދަލެއް ދެކުނު އެފްރިކާ އާއި ބްރެޒިލުން ފެނުނު ވޭރިއެންޓުތަކާ އެއް ގޮތް ކަމަށެވެ.

މި ބަދަލަކީ ކުރިން ކޮވިޑް ޖެހިގެން ނުވަތަ ވެކްސިން ޖެހުމުން ހަށިގަނޑުގެ ދިފާއީ ނިޒާމުގައި އުފެދޭ އެންޓި ބޮޑީޒްއަށް ވުރެ ބާރު ގަދަވުމަށް ވައިރަހަށް އެހީވާ ބަދަލެކެވެ.

އޭނާ ވިދާޅުވީ އިންޑިއާ ވޭރިއެންޓަށް ވުރެ އިނގިރޭސިވިލާތުން ފެނި، 50 އަށް ވުރެ ގިނަ ގައުމަށް ފެތުރިފައިވާ ވޭރިއެންޓާ މެދު ކަންބޮޑުވާ މިންވަރު ބޮޑު ކަމަށެވެ.

"އަޅުގަނޑަކަށް ހިޔެއް ނުވޭ އިނގިރޭސި ވިލާތުގެ ވޭރިއެންޓަށް ވުރެ ހަލުވިކަމާއެކު އިންޑިއާ ވޭރިއެންޓު ފެތުރޭހެން. އަޅުގަނޑުމެން ހާސްވެގެން ނުވާނެ،" ޑރ. ކަމިލް ބީބީސީއަށް ވިދާޅުވި އެވެ.

މި ވޭރިއެެންޓާ ބެހޭ ގޮތުން އެހާ ކުޑަ މިންވަރެއް އެނގެނީ ކީއްވެ؟

އިންޑިއާގެ ވޭރިއެންޓާ ގުޅޭ ތަފާސްހިސާބު ފުރިހަމަ ނޫން ކަމަށް ސައިންސްވެރިން ބުނެ އެވެ. މިހާތަނަށް އިންޑިއާއިން ސައިންސްވެރިންނަށް ލިބުނީ މި ވޭރިއެންޓުގެ އެންމެ 298 ސާމްޕަލެވެ. މުޅި ދުނިޔެއިން ލިބުނީ 656 ސާމްޕަލެވެ. ނަމަވެސް އިނގިރޭސިވި ލާތުގެ ވޭރިއެންޓުގެ 384،000 ސާމްޕަލް ސައިންސްވެރިން ދިރާސާކޮށްފައި ވެއެވެ.

އިންޑިއާއިން މި ވޭރިއެންޓު ފުރަތަމަ ކޭސްތައް ފެނުނު ފަހުން މުޅި ދުނިޔެއިން އަދި އަދަށް ފެނިފައިވަނީ 400 އަށް މަދު ކޭސް ކަމަށް ޑރ. ކަމިލް ވިދާޅުވި އެވެ.

އިންޑިއާގެ ދެ ވަނަ ރާޅުގެ ފަހަތުގައި ވަނީ މި ވޭރިއެންޓުތަ؟

އޭޕްރިލް 15 ވަނަ ދުވަހުން ފެށިގެން އިންޑިއާގައި ކޮންމެ ދުވަހަކު ވެސް 200،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވި އެވެ. މި ހަފްތާގައި އަދަދު ވަނީ 300،000 އަށް ވުރެ މަތިވެފަ އެވެ.

ކޭސްތަކާއެކު މަރުވާ މީހުންގެ އަދަދުތައް ވެސް ދަނީ އިތުރުވަމުންނެވެ.

ކޮވިޑުގައި މަރުވި މީހެއްގެ އާއިލާއިން ހިތާމަފާޅު ކުރަނީ--
ކޮވިޑުގައި މަރުވި މީހެއްގެ އާއިލާއިން ހިތާމަފާޅު ކުރަނީ--

ކޮވިޑުގައި މަރުވި މީހެއްގެ އާއިލާއިން ހިތާމަފާޅު ކުރަނީ--

"އިންޑިއާގެ ބޮޑު އާބާދީ އާއި ތޮއްޖެހުމުގެ މައްސަލައަކީ މި ވައިރަހަށް ބަދަލުތައް އައިސް ބޭނުން ގޮތަކަށް އުޅެލަން ލިބޭ އެންމެ ރަނގަޅު ފުރުސަތު،" ކެމްބްރިޖް ޔުނިވާސިޓީގެ ކްލިނިކަލް މައިކްރޯބަޔޮލޮޖީ ޕްރޮފެސަރު ރަވީ ގުޕްތާ ވިދާޅުވި އެވެ.

އެހެން ނަމަވެސް ދެ ވަނަ ރާޅު ކުރިމަތިވި ސަބަބަކީ ބޮޑެތި އެއްވުންތައް ބޭއްވުމާއި، މާސްކު އެޅުމާއި ގައިދުކުރުން ބެހެއްޓުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އަމަލު ނުކުރުން ކަމަށް ވެސް ވެދާނެ އެވެ.

ވެކްސިންތަކުން ފައިދާއެއް ކުރާނެތަ؟

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ވޭރިއެންޓު ޖެހިއްޖެ ނަމަ ހާލު ގޯސްވުމުން ދުރުކޮށްދިނުމަށް މިހާރު ލިބެން ހުރި ވެކްސިންތަކުން މަސައްކަތް ކުރާނެ އެވެ.

ޕްރޮފެސަރު ގުޕްތާ އާއި އޭނާގެ ޓީމުން ނޭޗާ ޖާނަލްގައި ޝާއިއުކުރި ދިރާސާއެއްގައިވާ ގޮތުން މިހާރު ލިބެން ހުރި ވެކްސިންތަކަށް ވުރެ ބައެއް ވޭރިއެންޓުތައް ބާރުގަދަވުން އެކަށީގެންވެ އެވެ. މިކަން ހައްލު ކުރުމުގެ ގޮތުން ވެކްސިނަށް ބަދަލު ގެންނަމުން ދާން ޖެހޭނެ އެވެ.

ނަމަވެސް މިހާރު ލިބެން ހުރި ވެކްސިނަކީ ބަލި ފެތުރުން ކުޑަކޮށްދޭނެ ކަމަށް ބެލެވޭ ވެކްސިންތަކެވެ.

"މި ވެކްސިންތަކުގެ ސަބަބުން ގިނަ މީހުންނަށް ބަލި ނުޖެހޭ އަދި ހާލު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހި މަރާ ކުރިމަތިލާން ޖެހުން ކުޑަވޭ،" ޑރ. ކަމިލް ވިދާޅުވި އެވެ.

"އެންމެ ފުރަތަމަ ލިބޭ ވެކްސިނެއްގެ ބޭނުން އަވަހަށް ހިފާ. ފަސްޖެހި، އެންމެ ފުރިހަމަ ވެކްސިނެއް ލިބޭނެ އިރަކަށް މަޑު ކުރުމުގެ ނުރަނގަޅު ވިސްނުން ދޫކޮށްލާ."

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox