ޓޫރިސްޓުން ފިޔަވައި އިންޑިއާއިން އަނަން މީހުން ކަރަންޓީންވާން އަންގައިފި

އެއާޕޯޓްގައި ބަޔަކު މަޑުކޮށްލައިގެން: އިންޑިއާއިން އަންނަ މީހުން ދެން ކަރަންޓީނުވާން ޖެހޭނެ - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

އެއާޕޯޓްގައި ބަޔަކު މަޑުކޮށްލައިގެން: އިންޑިއާއިން އަންނަ މީހުން ދެން ކަރަންޓީނުވާން ޖެހޭނެ - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ޓޫރިސްޓުންގެ ގޮތުގައި އަންނަ މީހުން ފިޔަވައި، އިންޑިއާއިން ރާއްޖެ އަންނަ އެހެން މީހުން ގޭގައި ކަރަންޓީނުވުމަށް އަންގައިފި އެވެ.

އިންޑިއާއިން ދަތުރު ކުރާ މީހުން ކަރަންޓީނުވާން ޖެހޭ ގޮތަށް ހަދާފައިމިވަނީ އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯހުން ގޯހަށް ގޮސްފައިވާތީ އެވެ. އެ ގައުމުން އާ ވައްތަރެއްގެ ކޮވިޑް ވޭރިއެންޓެއް ފެނިފައިވާއިރު އެތައް ލައްކަ މީހުންނަކަށް ކޮންމެ ދުވަހަކު ދަނީ ކޮވިޑް ޖެހެމުންނެވެ. ހޮސްޕިޓަލްތައް ފުރި، އެ ގައުމު ވަނީ އޮކްސިޖަންއަށް ވެސް ޖެހިފަ އެވެ.

އިމިގްރޭޝަނުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓޫރިސްޓު ވިސާގައި ރާއްޖެ އަންނަ މީހުން ނޫން އެހެން މީހުން 10 ދުވަހުގެ ކަރަންޓީނު މުއްދަތެއްގައި ގޭގައި މަޑުކުރުން މަޖުބޫރުވާނެ ކަމާއި، މީގެ ތެރޭގައި ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުން އިސްތިސްނާނުވާނެ ކަމަށް ވެސްވެ އެވެ.

އިންޑިއާއިން އަންނަ މީހުންނަށް ފިޔަވަޅު އެޅީ، ދަތުރު ކުރުމުގައި ބޮޑެތި ލުއިތަކެއް އެޗްޕީއޭއިން ދިންތާ ދުވަސްކޮޅެއް ފަހުންނެވެ. އެގޮތުން، އެންމެ ފަހުން އެޗްޕީއޭއިން ނެރުނު ގައިޑްލައިންގައިވާ ގޮތުން، ޓޫރިސްޓުން ހިމެނޭ ގޮތަށް، ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށް ދެ ހަފުތާ ވެފައިވާނަމަ، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީސީއާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނުވާން ނުޖެހޭނެ އެވެ.

އިންޑިއާގެ ހާލަތު ގޯސްވެފައިވާއިރު، ގިނަ ގައުމުތަކަކުން ވަނީ އިންޑިއާއިން ދަތުރު އެ ގައުމުތަކަށް ދަތުރު ކުރުން މަނާ ކުރުން ފަދަ ހަރުކަށި ފިޔަވަޅުތައް އަޅާފަ އެވެ. އޭގެ އެންމެ ބޮޑު ސަބަބަކީ، ބާރަށް ފެތެރެމުންދާ އާ ވެރިއެންޓުން ސަލާމަތްވުމެވެ.

ރާއްޖެއިން އިންޑިއާއިން އަންނަ މީހުން ކަރަންޓީނުވާން އެންގި ނަމަވެސް، އިންޑިއާއިން މިވަގުތު ރާއްޖެއަށް އެންމެ ގިނައިން އަންނަނީ ޓޫރިސްޓުން ކަމުން އެ ފަރާތްތަކާމެދު ފިޔަވަޅެއް ނެތުމުން ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކޮވިޑާ ގުޅޭ ގޮތުން ބޯޑަރު ބަންދު ކުރުމަށްފަހު، އަލުން ހުޅުވާލިފަހުން އެންމެ ގިނައިން ރާއްޖެއަށް އަންނަމުން ދަނީ އިންޑިއާ ޓޫރިސްޓުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

49% ކުދިން ބިޒްނަސް ކިޔަވުން ގޯސް، ރަނގަޅީ %20: ހަސަން ހަމީދު

އޭނާ ވިދާޅުވި ގޮތުގައި ތަރައްގީވެފައިވާ ގައުމުތަކާ އަޅާބަލާއިރު މި އަދަދު ރާއްޖޭގައި މަތިވުމަކީ ހާސްވާންޖެހޭ ކަމެއް ކަމަށާއި، މީގެ ސަބަބުން ފަންނީ ދާއިރާތަކަށް ބޭނުންވާ ދިވެހިން އުފެއްދުމަށް ހުރަސްއެޅޭނެއެވެ.

މާރުކުރުމާއި ޓެކްސް ބަދަލު މަޑުޖައްސާލަދީ: ޑެސްޓިނޭޝަން ފިއުޗާ

ސަރުކާރުން ޑޮލަރު މާރުކުރާ މިންވަރު އިތުރުކުރުމާއި ޓެކްސްއަށް ގެންނަން ނިންމާފައިވާ ބަދަލުތައް މަޑުޖައްސާލުމަށް ޓޫރިޒަމް އެޑްވޮކަސީ ޖަމިއްޔާ، ޑެސްޓިނޭޝަން ފިއުޗާއިން ގޮވާލީ ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށްވަމުންދާ ދަނޑިވަޅެއްގައި މި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އިއާދަނުކުރެވޭ ފަދަ ގެއްލުންތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުމާއެކީ.

ތެލާއި ކާޑު ގަންނާނެ ފައިސާ މާދަމާ ސަރުކާރަކު ނުހުންނާނެ: ނަޝީދު

މިއީ ބަޖެޓު ސަޕޯޓަށް ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލަށް ދައްކަންޖެހޭ އެންމެ ފަހު ފައިސާކޮޅު ކަމަށްވާއިރު، މިދިޔަ މަސް ނިމުނުއިރު ރާއްޖޭގެ ބޭނުންކުރެވޭ ރިޒާވް ވަނީ 200.6 މިލިއަން ޑޮލަރަށް ތިރިވެފަ.

ނަމްޒާ ޕީއެންސީގެ ސެނެޓަަށް، ޕީއެސްއެމްގެ ބޯޑުގައި ނުހުރެވޭނެ

ޕީއެސްއެމްގެ ޗެއާޕާސަން އައިމިނަތު ނަމްޒާ ޕީއެންސީގެ ސެނެޓަށް އިންތިޚާބުވުމާ ގުޅިގެން، ސިޔާސީ ޕާޓީއެއްގެ މަގާމެއްގައި ނުހުރުމަށް ޕީއެސްއެމްގެ ގާނޫނުގައި ބުނާ ޝަރުތު އޭނާގެ ކިބައިން ވަނީ އުނިވެފަ. މިކަމާ ގުޅިގެން ޕީސީބީ އާއި ނަމްޒާގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައެއް ނުވޭ.

ލޮލުގެ ފެނުން ގެއްލިދާނެ ކެރަޓޯކޯނަސްގެ ނުރައްކާ

ކެރަޓޯކޯނަސް ބައްޔަކީ ލޮލުގެ ކޯނިއާގެ ބައްޓަން ބަދަލުވެ، ފަރުވާ ނުހޯދައިފިނަމަ ލޮލުގެ ފެނުން މުޅިން ގެއްލިދާނެ ނުރައްކާތެރި ބައްޔެއް. މި ބަލި އިތުރަށް ގޯސްވުމަށް ދިމާވާ އެންމެ ބޮޑު ސަބަބަކީ ގަދައަށް ލޯ އުނގުޅުން ކަމަށްވާއިރު، ބަލީގެ ކުރީކޮޅު ދެނެގަނެ ފަރުވާ ފެށުމަކީ ފެނުން ސަލާމަތްކުރުމަށް އެންމެ މުހިންމު ކަންތައް.

މާލެ އަދި ހުޅުމާލޭގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެ

މާލޭގެ 90 ޕަސެންޓު ސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށްވެ އެވެ. އަދި ހުޅުމާލޭގެ ފޭސް އެކެއްގައި ވެސް ކަރަންޓު ނެތް ކަމަށް އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަނީ ބުނަމުންނެވެ.

ޓުއާ އޮޕަރޭޓަރުން ގުޅައި ކަންބޮޑުވުންތައް އެބަ ހިއްސާކުރޭ: ނަޝީދު

ރިސޯޓުތަކަށް ލިބޭ އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުވުމުން، ޔޫރަޕްގެ ޓުއާ އޮޕަރޭޓަރުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ހުރިކަން ކުރީގެ ރައީސް ނަޝީދު ހާމަކުރެއްވި. މި ނިންމުމުގެ ސަބަބުން ވިޔަފާރިތަކަށް ލިބޭ ފައިދާ ކުޑަވެ، ރާއްޖޭގެ އިގްތިސާދު ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox