މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ދައުލަތުން އެއްބަސްވެއްޖެ

މަންދު ކޮލެޖްގެ އިވެންޓެއްގައި ވެރިޔާ، އިބްރާހިމް އިސްމާއިލް: އެ ކޮލެޖް ހިންގާ ކުންފުންޏަށް 15 މިލިއަންގެ ބަދަލު ދޭން ވަނީ އެއްބަސްވެފައި

މަންދު ކޮލެޖްގެ އިވެންޓެއްގައި ވެރިޔާ، އިބްރާހިމް އިސްމާއިލް: އެ ކޮލެޖް ހިންގާ ކުންފުންޏަށް 15 މިލިއަންގެ ބަދަލު ދޭން ވަނީ އެއްބަސްވެފައި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އިބްރާހިމް އިސްމާއިލްގެ މަންދު ކޮލެޖް ހިންގި އިމާރާތް ކުއްލި ގޮތަކަށް އަތުލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން ސިވިލް ކޯޓުގައި މިއަދު އެއްބަސްވެއްޖެ އެވެ.

މަންދު ކޮލެޖް ހިންގާ، މާލެ ހައި ޕްރައިވެޓް ލިމިޓެޑަށް، އެމްއީއެސް ސްކޫލް ކުރިން ހިންގި އިމާރާތް ދޫކޮށްފައިވަނިކޮށް 2015 ވަނަ އަހަރު ތެރޭ އެ އެއްބަސްވުން ބާތިލްކޮށް އިމާރާތް އޮތީ އަތުލައިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ އިމާރާތް އަތުލީ އެ ތަނުގައި އިންޓަނޭޝަނަލް ސްކޫލެއް ހިންގުމުގެ ބޭނުމުގައި ކަމަށް ބުނެ އެވެ.

އެގޮތަށް މަންދު ކޮލެޖް އެ އިމާރާތުން ބޭރުކޮށްލުމާ ގުޅިގެން ވަގުތުން ވަގުތަށް ކޮލެޖްގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ތަނެއް ހޯދައި އަލާތަތްތައް ހޯދަން ޖެހުނެވެ. ކޮލެޖު ހިންގާ ކުންފުނިން ކޯޓަށް ދިޔައީ އެ ބުރަ މަންދު ކޮލެޖަށް އުފުލަން ޖެހުނީ ދައުލަތުން ގޯސްކޮށް އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ކަމަށް ބުނެ އެވެ.

Advertisement

އެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމް ކުރި ނަމަވެސް ހައިކޯޓުން އެ ހުކުމް ވަނީ ބާތިލްކޮށްފަ އެވެ. އަދި، އޭގެފަހުން ސުޕްރީމް ކޯޓުން މި އަހަރުގެ ތެރޭގައި ވަނީ ހައިކޯޓުގެ ހުކުމް ދަމަހައްޓައި، އެއްބަސްވުން ދައުލަތުން ބާތިލްކުރީ ގޯސްކޮށް ކަމަށް ނިންމައިފަ އެވެ. އޭގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ވަކިން މަންދު ކޮލެޖަށް ދައުވާ ކުރެވޭނެ ކަމަށް ވެސް އެންމެ މަތީ ކޯޓުން އޮތީ ކަނޑައަޅައިފަ އެވެ.

މަންދު ކޮލެޖުން ހުށަހެޅީ ކުންފުނިން ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ދައުލަތުން ނަގައިދިނުމަށް އެދި އެވެ. މި މައްސަލާގައި ޝަރީއަތުގެ މަރުހަލާއާ ހަމައަށް ނުގޮސް، ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތާއި ކުންފުންޏާ ދެމެދު ވަނީ އެއްބަސްވުމަކަށް ގޮސްފަ އެވެ.

އެގޮތުން ދައުލަތުން އެއްބަސްވީ އެގްރިމެންޓު އުވާލުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެގޮތަށް މަންދު ކޮލެޖް ހިންގާ ކުންފުނިން ވެސް އެއްބަސްވާތީ، ކޯޓުން ވަނީ މައްސަލަ އެ އެގޮތަށް ނިންމައިފަ އެވެ.

މާލޭ އިންގްލިޝް ސްކޫލް (އެމްއީއެސް) ހިންގި އިމާރާތް މަންދު ކޮލެޖަށް 2010 ވަނަ އަހަރު ދީފައިވަނީ އޭރުގެ ސަރުކާރު، ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. އެ އިމާރާތުގައި ކޮލެޖް ހިންގަމުން ދަނިކޮށް ކުއްލިއަކަށް ރައީސް ޔާމީންގެ ސަރުކާރުން އިމާރާތް އަތުލީ ސިޔާސީ ސަބަބުތަކާހުރެ ކަމަށް އޭރު އަޑު ފެތުރުނުއިރު، މަންދު ކޮލެޖްގެ ވެރިޔާ އިބްރާހިމް އިސްމާއިލަކީ، ރައީސް ޔާމީންއާ މުޅިން ފިކުރު ތަފާތު، އެމްޑީޕީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ.

މަންދު ކޮލެޖު ހިންގާ ކުންފުންޏަށް މި ސަރުކާރުން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައިވާއިރު، ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަކީ އިބްރާހިމް އިސްމާއިލްގެ ކޮއްކޮ އެވެ. މީގެކުރިން އެ އާއިލާގެ ބޭފުޅުންގެ މަސްލަހަތު އޮންނަ ބިގް ކުންފުންޏަށް ވެސް ބަދަލު މި ސަރުކާރުގައި ނަގައިދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox