އޮކްސިޖަން ނުލިބޭތީ ދިއްލީ ހައި ކޯޓުން މޯދީގެ ސަރުކާރަށް ފާޑުކިޔައިފި

އިންޑިއާގެ ކޮވިޑް ބަލި މީހަކަށް އޮކްސިޖަން ގުޅައިގެން އެމްބިއުލާންސެއްގައި ފަރުވާ ދެނީ. އޮކްސިޖަން ނުލިބޭތީ އެއްވެސް ފަރުވާއެއް ނުލިބި ގިނަ ބަޔަކު ދަނީ މަރުވަމުން.-- ފޮޓޯ: އީޕީއޭ

އިންޑިއާގެ ކޮވިޑް ބަލި މީހަކަށް އޮކްސިޖަން ގުޅައިގެން އެމްބިއުލާންސެއްގައި ފަރުވާ ދެނީ. އޮކްސިޖަން ނުލިބޭތީ އެއްވެސް ފަރުވާއެއް ނުލިބި ގިނަ ބަޔަކު ދަނީ މަރުވަމުން.-- ފޮޓޯ: އީޕީއޭ

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި އޮކްސިޖަން ނުލިބި ބޮޑު ކާރިސާއެއް ކުރިމަތިވެފައި ވާތީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ހައި ކޯޓުން ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރަށް ފާޑުކިޔައިފި އެވެ.

އިއްޔެ އިންޑިއާގައި ވަނީ ކޮވިޑް ޖެހިގެން 2،023 މީހުން މަރުވެފަ އެވެ. މަރުވި މީހުންގެ ތެރެއިން 200 އަށް ވުރެ ގިނަ މީހުން ނިސްބަތްވަނީ ދިއްލީ އަށެވެ.

އިންޑިއާގައި ކޮވިޑުގެ ހާލަތު އެންމެ ގޯސްކޮށް އޮތް ދިއްލީގައި ހޮސްޕިޓަލްތައް ފުރި، ބަލި މީހުންނަށް ފަރުވާ ދޭނެ އޮކްސިޖަން ވެސް ނުލިބެ އެވެ. އެހެންވެ ގިނަ ބަޔަކު މަރުވަނީ ފަރުވާއަށް އާދޭސް ކުރަނިކޮށެވެ.

އިއްޔެ ދިއްލީ ހައި ކޯޓުން ވަނީ އަމިއްލަ ފަރާތްތަކުން ހިންގާ ހަ ހޮސްޕިޓަލަކުން ހުށަހެޅި މައްސަލައެއްގެ ބަލާފަ އެވެ. އެގޮތުން ކޯޓުން ސަރުކާރަށް އަމުރު ކުރީ ފެކްޓަރީތަކުން އިންޑިއާގެ ހުރިހާ ހޮސްޕިޓަލަކަށް ފަސޭހަކަމާއެެކު އޮކްސިޖަން ފޯރުކޮށްދެވޭނެ އިންތިޒާމް ރޭވުމަށެވެ.

"މިއީ ގަބޫލުކުރަން ދަތި ހާލަތެއް. އަޅުގަނޑުމެން ބަލަން ބޭނުންވާ މައި ސަރުކާރުން އޮކްސިޖަން ސަޕްލައިއަށް ހަދަމުންދާ ގޮތެއް،" ހުކުމް އިއްވަވަމުން ފަނޑިޔާރަކު ވިދާޅުވި އެވެ.

އޭގެ އިތުރުން ރައްޔިތުންނަށް އޮކްސިޖަން ސަޕްލައި ޔަގީން ކުރުމަށް "ސަލާން ޖަހައިގެން، ދަރަންޏަށް ނަގައިގެން ނުވަތަ ވަގަށް ނަގައިގެން" މަސައްކަތް ކުރުމަކީ މައި ސަރުކާރުގެ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް އޮކްސިޖަން ނުލިބިގެން މަރުވީ ކިހާ އަދަދެއްގެ މީހުން ކަމެއް ސާފެއް ނޫނެވެ. އެކަމަކު އިންޑިއާގެ ސޯޝަލް މީޑިއާއަށް ބަލާލި ނަމަވެސް މި ވަގުތުން ފެނިގެން ދަނީ އޮކްސިޖަނަށް އެދި އާދޭސް ކުރާ މީހުންގެ ޕޯސްޓުތަކެވެ.

އިންޑިއާގެ ހުރިހާ ބޮޑެތި ސިޓީއެއްގެ ހޮސްޕިޓަލްތައް ފުރިބަރާވެފައި ވާއިރު، ފަރުވާ ބޭނުންވާ އާއްމުން ދަނީ ހޮސްޕިޓަލްތަކުގެ ބޭރަށް ޖަމާވަމުންނެވެ. އެކަމަކު ކޭސްތައް އިތުރުވެފައި ވަނީ ސިއްހީ ފަރާތްތަކަށް ނުކަތާ ވަރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox