ފިސްތޯލާއި ބޮން ހެދި ކަމުގެ ތުހުމަތުވާ މީހާގެ މައްސަލަ އަލުން ބަލަން ފަށައިފި

ހަތިޔާރާއި ބޮން ހަދައި ގެންގުޅުނު މައްސަލައިގައި ދައުވާ ލިބޭ މޫސާ ޔޫސުފް (ކ) އަދި ހަސަން ނަސީމު މިއަދު ކޯޓަށް ހާޒިރުކޮށްފައި: ދަގަނޑުގެ މަސައްކަތް ކުރާ ނަސީމު 14 ބަޑި ހެދި ކަމަށްވޭ -- ފޮޓޯ: ލައިވް ވީޑިއޯ ކެޕްޗާ

ހަތިޔާރާއި ބޮން ހަދައި ގެންގުޅުނު މައްސަލައިގައި ދައުވާ ލިބޭ މޫސާ ޔޫސުފް (ކ) އަދި ހަސަން ނަސީމު މިއަދު ކޯޓަށް ހާޒިރުކޮށްފައި: ދަގަނޑުގެ މަސައްކަތް ކުރާ ނަސީމު 14 ބަޑި ހެދި ކަމަށްވޭ -- ފޮޓޯ: ލައިވް ވީޑިއޯ ކެޕްޗާ

މާލޭ ގެއަކުން އަމިއްލައަށް ހަދާފައިވާ ގިނަ އަދަދެއްގެ ބަޑިތަކަކާއި ކުޑަ ބޮމެއް ފެނުނު މައްސަލަ ކްރިމިނަލް ކޯޓުން ދެ ވަނަ ފަހަރަށް މިއަދު ބަލަން ފަށައިފި އެވެ.

އެ މައްސަލައިގައި ކޯޓުން 2016 ވަނަ އަހަރު ހުކުމްކޮށްފައި ވަނީ ދައުވާ ލިބުނު ދެ މީހުންގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށެވެ. އެއީ މައްސަލައިގެ ހިމެނޭ ބޮޑު އަދި ހަތިޔާރު ފެނުނު ކޮޓަރި ކުއްޔަށް ހިފައިގެން އުޅުނު ދަފްތަރު، 7102، ހަސަން ނަސީމު ނެތި ތަން ފާސް ކުރި ކަމަށް ބުނެ، ހެކި ހޯދާފައި ވަނީ އަސާސީއާ ހިލާފަށް ކަމަށް ކަނޑައަޅައިގެނެވެ.

އެ މައްސަލަ ފަޅާއަރާފައި ވަނީ ލ. ގަން، ހިމާޔަތް، މޫސާ ޔޫސުފް، ސީރިއާގެ ހަނގުރާމައަށް ދާން އުޅޭތީ އޭނާއަށް ފާރަލައި، އެއާޕޯޓަށް ގޮސް އޭނާ ހުއްޓުވި ހިސާބުންނެވެ. ހަތިޔާރު ފެނުނީ ޔޫސުފުގެ ޖީބުގައި އޮތް ތަޅުދަނޑިއެއް ފުލުހުން ހޯދައި އޭނާ އުޅުނު ކޮޓަރިއަށް ގޮސް އެ ތަން ބަލައި ފާސް ކުރުމުންނެވެ.

އެ ތަން ފާސް ކުރިއިރު އަމިއްލައަށް ހަދާފައި ހުރި 14 ފިސްތޯލަކާއި އެއްކޮށް ހަދައި ނުނިމި އޮތް ކުޑަ އައިއީޑީއެއް ނުވަތަ އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސެއް އަދި ސެޓެލައިޓު ފޯނެއް ފެނިފައިވެ އެވެ.

އެއިރު ކޮޓަރި ކުއްޔަށް ހިފައިގެން އުޅެމުންދިޔަ ހަސަން ނަސީމު، 51، ހުރީ ލ. އަތޮޅުގަ އެވެ. ބަޑިތައް ހެދުމުގެ މޭސްތިރި ކަމަށް ފުލުހުން ޝައްކު ކުރާ ނަސީމަކީ އެއިރު ވެސް ފަލިވަޅު ވޯކްޝޮޕް ނަމަކަށް ކިޔާ މާފަންނުގައި ހުންނަ ދަގަނޑުގެ މަސައްކަތް ކުރާ ތަނެއްގައި ވަޒީފާ އަދާކުރާ މީހެކެވެ. ފަލިވަޅު ވޯކްޝޮޕް ފާސް ކުރިއިރު ވެސް ފުލުހުން ވަނީ ހަތިޔާރުގެ ބައެއް ބައިތައް ހޯދައިފަ އެވެ.

މައްސަލައިގައި ބަންދުން ހަސަން ނަސީމު ވީއްލުމުން އަނެއްކާ ވެސް އޭނާ ފަހުން މަސައްކަތްކޮށްފައި ވަނީ ފަލިވަޅު ވޯކްޝޮޕުގަ އެވެ.

ފުލުހުން ވަނީ ނަސީމު ހަދާފައި ކަމަށް ބެލެވޭ އެ ބަޑިތައް މާލޭގައި ޓެސްޓު ވެސް ކޮށްފަ އެވެ. ބަޑިތައް ޓެސްޓު ކުރި ވަގުތު އެ ތަނުގައި ހާޒިރުވެ ހުރި މީހަކު ކުރިން ބުނެފައި ވަނީ ސިފައިންގެ ބެލުމުގެ ދަށުން އެ ބަޑިތައް ޓެސްޓު ކުރިއިރު ގާތްގަނޑަކަށް 100 މީޓަރު ނުވަތަ 380 ފޫޓަށް ވުރެ ދުރަށް ވަޒަން ދަތުރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައިގައި ކުރިން ކްރިމިނަލް ކޯޓުގައި ހެކިބަސް ދިން ތަޖުރިބާކާރަކު ބުނެފައި ވަނީ ބަޑިތައް ހަދާފައި ހުރީ މިލިޓަރީ ގުރޭޑަށް ނޫން ކަމަށެވެ. ބަޑީގެ އިގްނިޝަނަށް ބެޓެރި ބޭނުންކޮށްފައި ހުރިއިރު ފަހަރަކު އެ ބަޑިން ފޮނުވާލެވެނީ އެއް ވަޒަނެވެ. އަދި ބަޑީގެ ހިފާތަން ނުވަތަ ހޭންޑަލް ހުރީ ޑިޒައިނަކަށް ރީތިކޮށްފަ އެވެ.

އެ މައްސަލަ ހައި ކޯޓުން ޖެނުއަރީ މަހު ބެލުމަށްފަހު ކަނޑައަޅާފައި ވަނީ ފުލުހުން ހެކި ހޯދާފައި ވަނީ ގާނޫނު އަސާސީއާ ހިލާފަށް ނޫން ކަމަށެވެ. އަދި އެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބަލަންޖެހޭ ކަމަށް ހައި ކޯޓުން ކަނޑައެޅި އެވެ.

ހައި ކޯޓުގެ ހުކުމާ އެއްގޮތަށް ދަށު ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި އެންމެ ފުރަތަމަ އޮތީ މައްސަލަ ފަށާނެ ހިސާބަކާމެދު މަޝްވަރާ ކުރުމެވެ. ގާޒީ މުހައްމަދު މިސްބާހުގެ ސުވާލަކަށް ޖަވާބު ދެމުން ދައުލަތުގެ ފަރާތުން ބުނެފައި ވަނީ މައްސަލަ ފަށަންޖެހޭނީ ހެކި ވަޒަން ކުރުމާ ގުޅޭ ހިސާބުން ކަމަށެވެ. ނަމަވެސް ދައުވާ ލިބޭ ދެ މީހުން އެކަމަށް އިންކާރުކޮށް އެދުނީ މައްސަލަ އަލުން އެއްކޮށް ބަލައިދިނުމަށެވެ.

ދެ ފަރާތުގެ ވާހަކަތައް ވެސް އަޑުއެއްސެވުމަށްފަހު، ގާޒީ މިސްބާހު ވިދާޅުވި ގޮތުގައި ހައިކޯޓުން އަންގާފައިވަނީ މައްސަލާގައި އަލުން ހެކި ވަޒަން ކުރަން ޖެހޭކަން ކަމާއި އެ ކޯޓުން އެހެން އަންގާފައިވަނިކޮށް، އެއަށްވުރެ ފުޅާކޮށް މައްސަލަ އަލުން ކުރިއަށް ގެންދިޔުމުގެ އިހުތިސޯސް އޭނާއަށް ނެތް ކަމެވެ.

އެހެންކަމުން މައްސަލަ ކުރިއަށް ގެންދާނީ ހެކި ވަޒަން ކުރުމުމުގެ ގޮތުން ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދެ ފަރާތަށް ފުރުސަތު ދިނުމުގެ އަޑުއެހުމަކާއި ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ކަމަށެވެ. އެއަށްފަހު މައްސަލަ ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކުރިން ޝަރީއަތް ހިންގިއިރު ޖަލުގައި ހުރުމުން ނަފުސާނީ ގޮތުން ގިނަ އަސަރުތަކެއް ކޮށްފައިވާ ކަމަށާއި ޝަރީއަތުގައި ކަންތައްތައް ހިނގައިދިޔަ ގޮތް މާބޮޑަށް ސާފު ނޫން ކަމަށް ނަސީމް ބުންޏެވެ.

ކުރިން މައްސަލަ ކުރިއަށްދިޔައިރު ނަސީމު ވަނީ ދިފާއީ ތިން ހެއްކެއް ހުށަހެޅި އެވެ. އޭގެ ތެރެއިން ދެ މީހެއްގެ ހެކި ބަސް ކޯޓުން ވަނީ ކުރިން ނަގައިފަ އެވެ. އެކަމަކު އެފަހަރު މޫސާ ޔޫސުފްގެ ފަރާތުން ހެކި ހުށަހަޅާފައެއް ނުވެ އެވެ.

މިހާރު ލ. ގަމުގައި ހުރި، މޫސާ ޔޫސުފް ބުނި ގޮތުގައި އޭނާ ވެސް ދިފާއުވާން މިހާރު ހެކި ހުށަހަޅަން ބޭނުންވެ އެވެ. އަދި، ހައިކޯޓުން މައްސަލަ އަލުން ބެލުމަށް އަންގާފައިވުމުން އެ ފުރުސަތު ލިބެން ޖެހޭ ކަމަށް ގަބޫލު ކުރާ ކަމަށާއި އެކަމަށް ވަރަށް ބޮޑަށް އެދޭ ކަމަށް ޔޫސުފް ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox