އޮތީ އިދާރީ އޮޅުމެއް، ޒިޔާދަށް ދައުވާ ނުކުރެވޭނެ: ވަކީލުން

ޒިޔާދު: ދައުވާ ކުރިއަށް ނުގެންގޮސް ބޭރުކޮށް ދިނުމަށް ވަނީ އެދިފައި

ޒިޔާދު: ދައުވާ ކުރިއަށް ނުގެންގޮސް ބޭރުކޮށް ދިނުމަށް ވަނީ އެދިފައި

ޒިކުރާ މިސްކިތުގެ އެއްބަސްވުމުގެ މައްސަލާގައި، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ކުރެވޭނެ ދައުވާއެއް ނޫން ކަމަށް ބުނެ އެ މައްސަލަ ކޯޓުން ބޭރުކޮށްދިނުމަށް އޭނާގެ ވަކީލް އެދިވަޑައިގެންފި އެވެ.

އެ މައްސަލާގައި ޒިޔާދާއި އެ މިނިސްޓްރީގެ ކުރީގެ އިސް ވެރިއެއް ކަމަށްވާ އަބްދުﷲ ސައީދުގެ މައްޗަށް ދައުވާކުރީ މިސްކިތުގެ މަސައްކަތް ހަވާލުކުރި، އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ހިލާފަށް އެއްބަސްވުން ގާއިމުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާތީ އެވެ.

ދައުލަތުން ބުނާ ގޮތުން، މަޝްރޫއު އެސްޖޭ ކުންފުންޏާ ހަވާލުކުރީ ސައީދު ހެއްދެވި ފަންނީ ރިޕޯޓަކަށް ރިއާޔަތްކޮށެވެ. ނަމަވެސް، އެ ރިޕޯޓް އެސްޖޭއަށް ފައިދާވާ ގޮތަށް ތައްޔާރުކޮށްފައިވަނީ ނަހަމަ ފައިދާ ނަގައިދިނުމުގެ ނިޔަތުގައި ކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

Advertisement

މަޝްރޫއު ޕްލޭންކޮށްފައިވަނީ އެސްޖޭ ކުންފުންޏަށް 10 ފްލޯގެ އިމާރާތުގެ ތެރެއިން ހަ ފްލޯ ދިނުމަށްފަހު ސަރުކާރަށް ހަތަރު ފްލޯ ލިބޭ ގޮތަށެވެ. ނަމަވެސް، ކުންފުންޏާއެކު މިނިސްޓްރީން ހެދި އެއްބަސްވުމުގައި އެއާ ހިލާފަށް އޮތީ، ކުންފުންޏަށް ހަތް ފްލޯ އަދި ސަރުކާރަށް ތިން ފްލޯ ލިބޭ ގޮތަށެވެ.

ދައުލަތުން، ޒިޔާދާއި ސައީދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އުފުލީ, އިމާރާތުގެ ފްލޯތައް އެގޮތަށް ބަދަލުކޮށްފައިވަނީ ކުންފުންޏަށް ފައިދާތަކެއް ހޯދައިދިނުމުގެ ބޭނުމުގައި ދައުލަތަށް އޭގެން ގެއްލުންވާނެތީ އެވެ.

މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުގައި ކުރިއަށްދިޔައިރު، އެއީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ. ޒިޔާދުގެ ފަރާތުން ޝަރީއަތް ފެށުމުގެ ކުރިން ވަނީ ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ.

އެގޮތުން، ޒިޔާދުގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވި ގޮތުގައި އެއްބަސްވުމުގައި އިމާރާތުގެ ފްލޯތައް ކަނޑައެޅުމުގައި ނަންބަރު އެގޮތަށް ޖެހިފައި އޮތީ އިދާރީ އޮޅުމެއްގެ ތެރެއިން ކަމަށެވެ. އެއީ، ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމާއި އެކަން، މިނިސްޓަރުގެ ސަމާލުކަމަށް އައުމާއެކު އިސްލާހު ކުރުމަށް މަސައްކަތް ވެސް ކުރައްވާފައިވާ ކަމަށެވެ.

"އެކަން އިސްލާހު ކުރެއްވުމަށް ޒިޔާދުގެ މިނިސްޓަރު ކަމުގައި، މަގާމުގެ ބާރުގައި ހުންނެވިއިރު މަސައްކަތް ކުރެއްވި، އެއީ މި މައްސަލާގައި ގޯހެއް އޮވެގެން ބަޔަކު ތަހުގީގެއް ހިންގުމުގެ ވެސް ކުރިން، މިކަމެއް މީޑިއާ ފަދަ ތަނަކުން ތިލަކުރުމުގެ ވެސް ކުރިން އެކަން އިސްލާހު ކުރުމަށް ޒިޔާދު އުޅުއްވި، އެކަން ސާބިތުވާނެ އިސްލާމިކް މިނިސްޓްރީގެ ލިޔެކިޔުން އެބަހުރި،" ނޫރުއްސަލާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މިއީ ޖިނާއީ ދައުވާއެއް އުފުލައި އޭގެ އުންސަރުތައް ސާބިތުކޮށްދެވެން އޮތް މައްސަލައެއް ނޫނެވެ.

ނޫރުއްސަލާމް ވިދާޅުވީ، މައްސަލާގައި ހިމެނޭ އެއްބަސްވުމުގައި ސައްހަ ކަމަށް ދައުލަތުން ވެސް ގަބޫލު ކުރާއިރު އޭގެ ދަށުން ދައްކަން ޖެހޭ ފައިސާއެއް ވިއްޔާ ކުންފުންޏަށް ދައްކަން ޖެހޭނެ ކަމަށެވެ. އެއީ، އެ ކުންފުންޏަށް ފައިދާ ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.

އޭގެއިތުރުން އޭނާ ވިދާޅުވީ، އެސްޖޭ ކުންފުންޏަށް ޒިކުރާ މިސްކިތުގެ އާ އިމާރާތް އެޅުމަށް ހަވާލުކުރަން ނިންމީ އޭރުގެ ރައިސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހުގެ ހުއްދައާއެކު، ފިނޭންސް މިނިސްޓްރީން ކުރި ދިރާސާގެ މައްޗަށް އެ ކުންފުނިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށަހަޅާފައި އޮތުމުންނެވެ.

"އެހެންވީއިރު، ސައީދުގެ ފަންނީ ރިޕޯޓުގެ ސަބަބުން އެސްޖޭއަށް ފައިދާ ލިބިގެން ދައުވާ ކުރާނަމަ، މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ އާއި ވަޒީރުންގެ މަޖިލީހާއި ފިނޭންސް މިނިސްޓްރީގެ ރިޕޯޓް ތައްޔާރުކުރި ފަރާތްތައް ކުށްވެރި ނުވޭތޯ،" ނޫރުއްސަލާމް ސުވާލު އުފެއްދެވި އެވެ.

ޒިޔާދުގެ ވަކީލްގެ ވާހަކަތަކަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވި ގޮތުގައި، މައްސަލާގައި ޖިނާއީ ދައުވާގެ އުންސުރުތައް ފުރިހަމަވެ، އަދި އެ ސާބިތު ވެސް ކޮށްދެވޭނެ އެވެ. އެގޮތުން، އޭނާ ވިދާޅުވީ ކުންފުންޏަށް އެއް ފްލޯ އިތުރަށް އަދި ސަރުކާރަށް އެއް ފްލޯ މަދުން އެއްބަސްވުމުގައި ހިމަނާފައި އޮތުމަކީ އޭގައި އޭނާގެ އިހުމާލު އޮތްކަން އެނގޭ ކަމެއް ކަމަށެވެ. އަދި، އެ އެއްބަސްވުމުގައި އެވަރަށް ނުބަލައި ސޮއި ކުރައްވާފައިވުމަކީ ބަލަން ޖެހޭ މިންވަރަށް ނުބަލާ އޮތްކަން ސާބިތުވާ ކަމެއް ކަމަށެވެ.

"މި އެއްބަސްވުމުގެ މައިގަނޑު އެއް އަސާސް ފްލޯތަކަކީ، އެ ނުބައިކޮށް އޮތްވައި ސޮއި ކުރެވިގެން ނުވާނެ،" ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެކަމުން ދިފާއުވުމަށް އެއީ އޮޅުމަކުން ކުރެވުނު ކަމެއްކަން ސާބިތު ކުރަން މެއިލެއް ކުރިކަން ތަހުގީގު މަރުހަލާގައި ޒިޔާދު ފާހަގަ ކުރައްވާފައިވެސް ނުވާ ކަމަށެވެ. އެހެންކަމުން، މި މަރުހަލާގައި އެކަން ސާފު ނުކުރެވޭނެ ކަމާއި އޭގެ ބަދަލުގައި ޝަރީއަތުގެ މަޖިލީހުގައި އެ ހެކިތައް ބަަލައި ހާޒިރުކުރަން ޖެހޭ މީހުން ހާޒިރުކޮށްގެން ނޫނީ އެކަން ނުކުރެވޭނެ ކަމަށެވެ.

އެއަށް ރައްދު ދެއްވަމުން، ނޫރުއްސަލާމް ވިދާޅުވި ގޮތުގައި މައްސަލާގެ ތަހުގީގު އޭސީސީން ވަކި ފޯކަސްއެއްގައި ގެންގޮސްފައިވާއިރު ދައުވާ ކޮށްފައިވަނީ އެހެން ގޮތަށް ކަމާއި އޭގެ ސަބަބުން ތަހުގީގުގައި ދިފާއުވުމަށް އެންމެ އެކަށީގެންވާ ވާހަކަތައް ދެއްކިފައި ނުހެރެދާނެ އެވެ. ނަމަވެސް، ތަހުގީގު ނުނަގައި ދިފާއުއެއް ޝަރީއަތުގެ މަޖިލީހުގައި ނުނެގޭނެ ކަމަކަށް ނެތްކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ނޫރުއްސަލާމް، އެ ވާހަކަތައް ދައްކަމުން ގެންދެވާތީ އަތް ނެންގެވުމުން ގާޒީ ފުރުސަތު ދެއްވަމުން ދައުލަތުގެ ވަކީލް ވިދާޅުވީ، ޝަރީއަތުގެ މަޖިލީހުގައި ތަހުގީގު މަރުހަލާގައި ނުނަގާ ދިފާއުއެއް ނެގިދާނެ ކަމަށް ދައުލަތުން ވެސް ގަބޫލުކުރާ ކަމަށާއި ނަމަވެސް، ޝަރީއަތުގެ ކުރީ މަރުހަލާގައި ޒިޔާދު މިހާރު ބަޔާންކުރާ މެއިލްއާ ގުޅޭ ހެކި ވަޒަން ނުކުރެވޭނެ ކަމަށެވެ.

ނަމަވެސް، ނޫރުއްސަލާމް ވިދާޅުވީ މި މަރުހަލާގައި ވެސް އެއީ، ލިޔެކިޔުންތަކެއް ކަމުން ރިއާޔަތް ކުރުމަށް ހުރަހެއް ނެތް ކަމަށެވެ. އެހެންވެ، މި މައްސަލައަކީ ޖިނާއީ ދައުވާއެއް ކުރެވޭނެ މައްސަލައެއް ނޫން ގޮތުގައި ކަނޑައެޅުމަށް ގާޒީގެ އަރިހުން ނޫރުއްސަލާމް އެދިވަޑައިގެންނެވި އެވެ. ދައުލަތުން އެދުނީ، މައްސަލާގެ ޝަރީއަތް ހިންގުމަށެވެ.

މައްސަލަ ބައްލަވާ ގާޒީ، މުހައްމަދު ސަމީރު ވިދާޅުވީ އަންނަ މަހުގެ ދުވަހެއްގައި ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާމެދު ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވަވާނެ ކަމަށެވެ.

މި މައްސަލަގަނޑާ ހުރެ، ޒިކުރާ މިސްކިތުގެ މަސައްކަތް ހުއްޓި، އެސްޖޭ ކުންފުންޏާއެކު އޮތް އެއްބަސްވުން ބާތިލްކޮށް ބިން އަނބުރާ ނަގާފައިވާއިރު، މިހާރު އެ ބިމުގައި ވަގުތީ މިސްކިތެއް އެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox