އިންޑިއާގެ އެޖެންސީއެއް މެދުވެރިކޮށް ހެލްތުން މީހުން ގެންނާތީ ކަންބޮޑުވުން ފާޅުކޮށްފި

ހެލްތު މިނިސްޓަރު ނަސީމް: ދިވެހި އެޖެންސީތަކަށް ފުރުސަތު ނުދޭތީ ކަންބޮޑުވުން ފާޅު ކުރޭ-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ހެލްތު މިނިސްޓަރު ނަސީމް: ދިވެހި އެޖެންސީތަކަށް ފުރުސަތު ނުދޭތީ ކަންބޮޑުވުން ފާޅު ކުރޭ-- ފޮޓޯ: ހުސައިން ވަހީދު/އަދަދު

ދިވެހި އެމްޕްލޯއިމަންޓް އެޖެންސީތަކަށް ފުރުސަތު ނުދީ އިންޑިއާގެ އެޖެންސީއެއް މެދުވެރިކޮށް ހެލްތު މިނިސްޓްރީން 520 މަގާމަކަށް މީހުން ހޯދާތީ، ޔޫނިއަން ފޯ އެމްޕްލޯއިމަންޓް އެޖެންސީ އޮފް ދަ މޯލްޑިވްސްއިން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ހެލްތު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން، އެ މިނިސްޓްރީއަށް ބިދޭސީ ޑޮކްޓަރުންނާއި އެހެނިހެން ހެލްތް ޕްރޮފެޝަނަލުން ގެންނަމުން އަންނަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގަމުން އަންނަ އެޖެންސީތައް މެދުވެރިކޮށެވެ.

ހެލްތު މިނިސްޓްރީން މިދިޔަ މަހު ވަނީ ހޮސްޕިޓަލް އަދި ސިއްހީ މަރުކަޒުތަކަށް ބޭނުންވާ ފަންނީ މަގާމުތަކުގެ ތެރެއިން ދިވެހިން ނުލިބޭ މަގާމުތަކަށް ބިދޭސީން ރެކްރޫޓްކުރަމުން ގެންދާ ގޮތަށް ބަދަލުތަކެއް ގެނެސްފަ އެވެ.

Advertisement

އެގޮތުން ބިދޭސީން ރެކްރޫޓް ކުރުމުގެ މަސައްކަތްތައް މިނިސްޓްރީގެ ފޮރިން ރެކްރޫޓްމަންޓް ސެކްޝަނުން ކުރިއަށް ގެންދާގޮތަށް ނިންމައި، އެޕްލިކޭޝަންތައް އެ ދުވަހުން ފެށިގެން ބަލައިގަންނަމުންދާނީ، އެކެނޑިޑޭޓެއްގެ ޕާސަނަލް އީމެއިލުން ކަމަށް ހެލްތުން ނިންމި އެވެ.

އެޖެންސީތަކުގެ ޔޫނިއަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މިދިޔަ ހޮނިހިރު ދުވަހު އިންޑިއާގެ ނޫސްތަކުގައި އިންޑިއާގެ އެމްޕްލޯއިމަންޓް އެޖެންސީއެއް ކަމުގައިވާ "ނޮރަކަ ރޫޓްސް" މެދުވެރިކޮށް 520 މަގާމަށް މީހުން ހޯދަން އިއުލާން ކޮށްފައިވާ ކަމަށެވެ. އެއީ ދިވެހި އެޖެންސީތަކުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވަޒީފާ ހަމަޖައްސައިދޭ އެޖެންސީތައް އެއްފަރާތްކޮށް، މިނިސްޓްރީ އޮފް ހެލްތުން ކުރަމުން މިގެންދާ މަސައްކަތަކީ، ގާނޫނު ނަންބަރު 6/2013 ހިލާފަށް، ދިވެހިރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ވިޔާފަރިތައް ސީދާ ފުނޑުފުނޑު ކޮށްލުން،" ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އެޖެންސީތައް ބާކީ ކޮށް، ސީދާ އިންޑިއާގެ އެޖެންސީތައް މެދުވެރިކޮށް، ހެލްތު މިނިސްޓްރީން ފަންނީ މުވައްޒަފުން ހޯދަން ކުރާ މަސައްކަތް، އެ އެސޯސިއޭޝަން އިން ކުށްވެރިކުރާ ކަމަށެވެ.

އަދި އެކަން ހުއްޓުވައިދިނުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ މުއައްސަސާތަކަށް ވަނީ ގޮވައިލައިފަ އެވެ.

އެޖެންސީތަކުގެ އެސޯސިއޭޝަންގެ އެކަންބޮޑުވުމާ ގުޅޭގޮތުން ހެލްތު މިނިސްޓްރީގެ ކަމާބެހޭ ބޭފުޅާއާ ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ މިނިސްޓްރީގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox