ރެޑް ނޯޓިސް ނެރެގެން ވެސް އަލީ ހާޒިރުކުރަން މަސައްކަތް ކުރާނަން: ޕީޖީ

Apr 20, 2021, 7:29 AM
ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: އަލީ ވަހީދު ޝަރީއަތަށް ހާޒިރުކުރަން ކުރެވެން އޮތް ކަމެއް ކުރައްވާނެ ކަަމަށް ވިދާޅުވި.

ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް: އަލީ ވަހީދު ޝަރީއަތަށް ހާޒިރުކުރަން ކުރެވެން އޮތް ކަމެއް ކުރައްވާނެ ކަަމަށް ވިދާޅުވި.

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ ފުރައްސާރައިގެ ދައުވާތަކުގެ ޝަރީއަތަށް، ރެޑް ނޯޓިސް ނެރެގެން ވެސް އޭނާ ހާޒިރުކުރުމުގެ މަސައްކަތް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދޫކޮށްނުލާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި، ކޯޓުން ދޫވެ އަލީ ވަހީދު ބޭރުގައި ހުންނެވި މައްސަލައާ ގުޅޭ ގޮތުން ޕްރެޒެންޓަރު ސުވާލު ކުރުމުން ޝަމީމް ވިދާޅުވީ އެ މައްސަލައިގައި ހައްލެއް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް ކަަމަށެވެ.

ހަތް ދައުވާއެއް އުފުލާފައިވާ އަލީ ވަހީދަށް ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންނެވުނީ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓް ދޫކޮށްލުމުންނެވެ. އެކަމަކު ކޯޓުގައި ޕީޖީ އޮފީހުން އެދުނީ ޓްރެވަލް ޑޮކިއުމެންޓެއްގައި އޭނާއަށް ފަރުވާގެ ހުއްދަ ދޭށެވެ.

Advertisement

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރާ މެދު ހިތްހަމަނުޖެހިގެން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފްކުރުމުން، ޕީޖީ އޮފީހަށް އަލީ ވަހީދު ދިރިއުޅުއްވާ އެޑްރެސް ނުހޯދުނީ ކަމަށް ނިންމައި މައްސަލަ ބޭރުކޮށްލީ އެވެ.

"އަޅުގަނޑު ކައިރީގައި ބުނެފައެއް ނޫން މީހުން ރާއްޖެ އިން ފުރައިގެން ދަނީއެއް. މި ދެންނެވީ ހައި ކޯޓުގެ މި މިންގަނޑު ހިފަހައްޓަންޏާ މީގެ މާނައަކީ މީގެ ފަހުން އެއްވެސް ދިވެހި ރައްޔިތަކު ރާއްޖެ އިން ބޭރަށް ދަންޏާ ޕީޖީ އޮފީހަށް އަންގަވައިފައޭ ދާންވާނީ،" ޝަމީމް ވިދާޅުވި އެވެ.

ހައި ކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު އެ ކޯޓުން އަދި ޖަވާބެއް ނުލިބޭ ކަމަށާއި އެ ކޯޓުން މައްސަލަ ބަލައިގެންފި ނަމަ ހަތް ދުވަސް ތެރޭގައި ނިންމަން ޖެހޭ ކަން ޕީޖީ ފާހަގަކުރެއްވި އެވެ.

ޝަމީމް، އުއްމީދުކުރައްވަނީ ސުޕްރީމް ކޯޓާ ހަމައިން އެ މައްސަލައިގައި ކޮންމެވެސް ހައްލެއް ލިބިގެން ދިއުމެވެ.

ޝަމީމް ވިދާޅުވި ގޮތުގައި ދައުވާ އުފުލާ މީހާގެ އެޑްރެސް ދައުލަތުގެ އިދާރާތަކަށް ނޭނގޭ ނަމަ ދެން އޮންނަ ގޮތަކީ ފުލހުންގެ މައްޗަށް އަމުރެއްކޮށް ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމެވެ. ހައި ކޯޓުގެ ގަވާއިދާއި ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ވެސް އެކަމާ ގުޅޭ އުންސުރުތަކެއް ކަނޑައަޅާފައި ހުރި ކަން ޕީޖީ ފާހަގަކުރެއްވި އެވެ.

ޕީޖީ ވިދާޅުވި ގޮތުގައި އަމުރުގެ މައްސަލައިގައި ކޮންމެވެސް ހައްލެއް ލިބޭނެ އެވެ.

"އަސްލު މައްސަލަ އަދި އެބައޮތް ކޯޓުގައި، އެ މައްސަލަ ކުރިއަށް ގެންދަން އަޅުގަނޑުމެން ހިފާނަން. އޭރުން ކުރެވޭނެ ބައިވަރު ކަންތައްތައް ހުންނާނެ. މިސާލަކަށް އެ މައްސަލައިގައި ޗިޓު ހަވާލުކޮށް ކޯޓަށް ހާޒިރު ނުވެއްޖިއްޔާ އަމުރެއް ނެރެގެން ވެސް ހާޒިރުކުރެވޭނެ،" ޝަމީމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ފުރައްސާރަ ކުރި މައްސަލާގައި އަލީ ވަހީދުގެ މައްޗަށް ބޮޑެތި ދައުވާތަކެއް އުފުލާފައި ވަނިކޮށް "ފުރުވާލީ" ކަމުގެ ފާޑުކިއުން ބޮޑުވި އެވެ. އަލީ ވަހީދު ހުންނެވީ އެނގިފައިވާ ގޮތުގައި ތުރުކީގަ އެވެ. އޭނާ މަސައްކަތް ކުރެއްވީ ތުރުކީ މަގުން އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ކަމަށް ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox