ތ. އަތޮޅު ކްލަސްޓާ ބޮޑުވެ، ތިމަރަފުށި ވެސް މޮނީޓަރިންއަށް

އައިޖީއެމްއެޗްގައި ކޮވިޑަށް ޓެސްޓް ހަދަނީ: ތިމަރަފުށިން ވެސް ވަނީ ބަޔަކު ޕޮޒިޓިވްވެފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

އައިޖީއެމްއެޗްގައި ކޮވިޑަށް ޓެސްޓް ހަދަނީ: ތިމަރަފުށިން ވެސް ވަނީ ބަޔަކު ޕޮޒިޓިވްވެފައި - ފޮޓޯ: ހުސެއިން ވަހީދު | އަދަދު

ތ. އަތޮޅުގެ ކްލަސްޓާ އިތުރަށް ބޮޑުވެ، އެ އަތޮޅު ތިމަރަފުށިން ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ތިމަރަފުއްޓަށް އެރުމާއި ފޭބުން މަނާކޮށް މޮނީޓަރިންގެ ހާލަތަށް ގެނައީ، އެ ރަށުން ތިން މީހަކު ކޮވިޑަށް މިއަދު ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ތ. އަތޮޅުން އެންމެ ފުރަތަމަ ކޮވިޑްގެ ކޭސްއެއް ފެނި މޮނީޓަރިންގެ ހާލަތަށް ގެނައި ވިލުފުއްޓެވެ. އޭގެފަހުން، ވޭމަންޑޫ، ކިނބިދޫ، އޮމަދޫ، ގާދިއްފުށި އަދި މަޑިފުށިން ކޭސްތައް ފެނުނެވެ.

މިއިން ކޮންމެ ރަށެއްގައި ވެސް ކޮވިޑަށް ޕޮޒިޓިވް މީހުން ތިބިއިރު ވަރަށް ގިނަ ބަޔަކު ވެސް ތިބީ ކަރަންޓީނުގަ އެވެ. އެތައް ގައެއް ވެސް ކަރަންޓީނުކޮށްފައިވާއިރު، ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

ނަމަވެސް، އެ ރަށްރަށުގެ އާންމު ހާލަތު ރަނގަޅެވެ.

ޕޮޒިޓިވް މީހުންގެ ތެރެއިން ކިނބިދޫން ޕޮޒިޓިވްވި ތެލެސީމިއާ ކުއްޖަކާއި އިތުރު ދެ އަންހެނަކު ވަނީ ހާލު ދެރަވެ، ލ. އަތޮޅުގައި ގާއިމްކޮށްފައިވާ ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައިވެ އެވެ.

ތ. ތިމަރަފުށީގެ އިތުރުން މިއަދު ވަނީ އއ. ބޮޑުފުޅަދޫ، ބ. އޭދަފުށި އަދި ކ. ހިންމަފުށި ވެސް މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެޗްޕީއޭގެ ހިސާބުތައް ދައްކާ ގޮތުން މިއަދު އަތޮޅު ތެރެއިން 72 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

އަތޮޅު ތެރެއިން ކޮވިޑް ފެންނަ މިންވަރު އިތުރުވެފައިވާއިރު މި ވަގުތު ޖުމްލަ 17 ރަށެއް އޮތީ މޮނީޓަރިންގެ އެވެ. މީގެތެރެއިން މޮނީޓަރިންގެ ހާލަތުގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވަނީ ކ. ހުރާ ދިއްފުއްޓާއި ޅ. ނައިފަރު އަދި ފެލިވަރެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ކުދި ޖަޒީރާތަކުން އެކަނި ތަކުލީފު އުފުލަން ޖެހިގެން ނުވާނެ"

މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް އަންނަ ބަދަލުތަކުގެ ތަކުލީފު ހަމައެކަނި ކުދި ޖަޒީރާ ގައުމުތަކުން އުފުލަންޖެހިގެން ނުވާނެ ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ. އިންޑިއާގައި ބޭއްވި ފޯރަމެއްގައި ވާހަކަދައްކަވަމުން، ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދުމުގައި ހަމަހަމަކަން ބޭނުންވާ ކަމަށާއި، ދެމެހެއްޓެނިވި ގޮތުގައި ކުރާ މަސްވެރިކަމަށް އިސްކަންދީ ރާއްޖެ ފަދަ ގައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަންޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ދަރިވަރު މަރުވި މައްސަލަ: މެލޭޝިއާ ޑްރައިވަރަށް ތިން ދައުވާއެއް

މެލޭޝިއާގައި ދިވެހި ދަރިވަރަކު މަރުވި އެކްސިޑެންޓާ ގުޅިގެން، މަސްތުގެ ހާލަތުގައި ހުރެ ފަރުވާކުޑަކޮށް ކާރު ދުއްވި ޑްރައިވަރުގެ މައްޗަށް 26 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ ތިން ދައުވާއެއް ވަނީ އުފުލާފައި. މެލޭޝިއާގެ ރައްޔިތެއް ކަމަށްވާ މި ޑްރައިވަރު ކޯޓުގައި ހުރިހާ ދައުވާތަކަށް ވަނީ އިންކާރުކޮށްފައި.

އޭޑީކޭގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޑރ. އަދީލް

އޭޑީކޭ ހޮސްޕިޓަލުގެ ހިންގުން ހަރުދަނާކޮށް ތަރައްގީގެ އައު މަރުހަލާއަކަށް ތައްޔާރުވުމުގެ ގޮތުން، އެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޑރ. އަދީލް އައްޔަންކޮށްފި. ޑރ. އަދީލް ވަނީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށް، ބައިނަލްއަގުވާމީ ފެންވަރުގެ ކާމިޔާބީތަކާއި ހިންގުމުގެ ދާއިރާގެ އެކި ތަޖުރިބާތައް ހޯދާފައި.

"ކުރީ އަސާސެއް ނެތް ތުހުމަތުތަކެއްކަން އިތުރަށް ސާފުވެއްޖެ"

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ދައުވާނުކުރަން ޕީޖީން ނިންމުން އެނގެނީ ކުރި ތުހުމަތަކީ އަސާސެއް ނެތް ތުހުމަތުތަކެއްކަން ކަމަށް އޭނާގެ ގާނޫނީ ޓީމުން ބުނެފި. ދޮޅު އަހަރުގެ ތަހުގީގު ނިންމީ އަޒްމިރާލްދާއާ ސުވާލެއްނުކޮށްކަން ގާނޫނީ ޓީމުން ފާހަގަކުރި.

މަދަރުސާ ގޮވާލަން އުޅުން: އެކަކު ފިޔަވައި އެންމެން މިނިވަންވެއްޖެ

ތ. ތިމަރަފުށީ މަދަރުސާ ގޮއްވާލަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލި އަށް މީހުންގެ ތެރެއިން ހަތް މީހަކު، ބަންދުގައި ހޭދަކުރި މުއްދަތު ހުކުމަށްވުރެ އިތުރުވުމުން މިނިވަންވެއްޖެއެވެ. މި މައްސަލައިގައި ކުށް ސާބިތުވި މީހުންގެ ތެރެއިން މިވަގުތު ބަންދުގައި ހުރީ ހަނގުރާމައަށް ދާން އުޅުމުގެ ކުށް ސާބިތުވި އަލީ އަރުހަމް އެކަންޏެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ ސާބިތުނުވި ދައުވާތައް އިސްތިއުނާފު ކުރުމާ މެދު ގޮތެއް ނިންމާނީ ކޯޓު ރިޕޯޓު ލިބުމުން ކަމަށެވެ.

ތަހުގީގަށްފަހު ނިންމީ މަހާޒުއަށް ދައުވާ ކުރެވެން ނެތް ކަމަށް

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު މަގާމުގެ ނުފޫޒު ބޭނުންކުރި ކަމަށް ބުނާ މައްސަލައިގައި ޖިނާއީ ކުށެއް ހިނގާފައިވާ ކަމަށް ބެލެވެން ނެތުމުން، ދައުވާ ނުކުރަން ޕީޖީން ވަނީ ނިންމާފައި. ދެ އަހަރުގެ ތަހުގީގަށްފަހު ޕީޖީން މިގޮތަށް ނިންމުމާ ގުޅިގެން ފުލުހުން މިހާރު ވަނީ އެ މައްސަލަ ފައިލްކޮށްފައި.

"ރަސްމާލެ އެގްރިމެންޓުގައި ގާނޫނުއަސާސީއާ ހިލާފު ކަމެއް ނެތް"

"އޭގައި [ލަފާގައި] އޮންނާނީ އެގްރިމެންޓުގައި ބަދަލު ކުރަންޖެހޭ ކަންކަން. ގާނޫނުއަސާސީއާ ހިލާފު އެއްވެސް ކަމެއް އޭގައި [އެގްރިމެންޓުގައި] ނުވެސް ނެތް އަސްލު... އޭގައި [ލަފާގައި] ހުންނާނެ ވަރަށް ގިނަ ކަންކަން. މިހާރު އެގްރިމެންޓެއްގައި ލަފަޔެއް ދޭއިރު ހުންނާނެތާ ވަރަށް ގިނަ ކަންކަން ބަދަލު ކުރަންޖެހޭ،" އުޝާމް ވިދާޅުވި އެވެ.

Newsletter

Get the latest news delivered straight to your inbox